05 މެއި 2020 - 16:09
ތެހެރާން (މެއި 5) - އީރާނުން ކޮވިޑް-19 ޖެހުނު 98,647 މީހުންގެ ތެރޭން ގާތްގަނޑަކަށް 80،000 މީހުން ރަނގަޅުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު އޮފިޝަލުން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ތަރުޖަމާން ކިއަނޫޝް ޖަހަންޕޫރު ވިދާޅުވީ އީރާނުން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެބްރުއަރީ މަހު މެދުތެރޭގައި ރިޕޯޓްކުރި ފަހުން މިހާތަނަށް މަރުވި މީހުންގެ އަދަދު 6,277 އަށް އަރާފައިވާ ކަމަށެވެ. އާދިއްތަ ދުވަހު އީރާނުން މަރުވެފައި ވަނީ 47 މީހުންނެވެ. މިއީ ވޭތުވެދިޔަ 55 ދުވަސްތެރޭ އެންމެ މަދުން މީހުން މަރުވި ދުވަހެވެ.
ޖަހަންޕޫރު ވިދާޅުވީ ކޮރޯނާވައިރަހުން އެންމެ ހަލުވިކަމާ އެކު މީހުން ރަނގަޅުވަމުން އަންނަ ފަސް ގައުމުގެ ތެރޭގައި އީރާން ހިމެނޭ ކަމަށެވެ.
ކޮރޯނާވައިރަހުގެ ނުރައްކާ ކުޑަ ކަމަށް ބެލެވޭ އީރާނުގެ 132 ސަރަހައްދެއްގެ މިސްކިތްތައް ހޯމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ވައިރަހުގެ ނުރައްކާ އޮތް ސަރަހައްދުތައް އެނގޭ ގޮތަށް އީރާނުން ވަނީ "ހުދު"، "ރީނދޫ" އަދި "ރަތް" ކުލައިން ކުލަ ކޯޑުތަކެއް ދީފަ އެވެ.
މިސްކިތްތަކަށް ދާ މީހުން މިސްކިތަށް އަރަން ޖެހޭނީ މާސްކް އަޅައި އަތަށް އަންގިލައްވައިގެންނެވެ. ނަމާދަށްދާ މީހުން އަމިއްލަ މުސައްލާ ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މިސްކިތުން އެއްވެސް ބާވަތެއްގެ ކާބޯތަކެތި ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. އެކަމަކު މިސްކިތްތަކުގެ ތަޅުންގަނޑަށް ބޭސް ޖަހައި ސެނިޓައިޒާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހެ އެވެ.
ވަކި ފަރާތަކަށް ނުޖެހޭ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ އިއްޔެ ވިދާޅުވީ އެ ގައުމުގެ ބޮޑު ސަރަހައްދަކުން ވައިރަސް މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
05 May 2020
އިރާނު ހަބޭސް.
ޗެދާނެ
05 May 2020
ތެދެއްބާ؟
falcon_autho
05 May 2020
ނުވާނެ ތެދަކަށް. ތެދު ބުނާނީ ޓްރަމްޕާއި ބޮރިސް. ދެން އެމްބީއެސް.
ޝާޑު
05 May 2020
ބޮރިސް އެއީ މީހަކީ.
ކާނިވާ ސަރަހައްދުން
05 May 2020
މަރުޙަބާ. ކޮން ބޭހެއްބާ އީރާނުން މި ބޭނުންކުރީ؟ މީހުން ރަނގަޅުވާ ރޭޓް އެމެރިކާ އިންގިރޭސިން ވަރަށްމަތިކޮށް ފެންނަނީ