ރައީސް ގޯޓާބޭ (ކ) ކޮވިޑް-19 ފަންޑަށް މުސާރައިގެ ޗެކް ހަވާލު ކުރައްވަނީ. --ފޮޓޯ:ކޮލަމްބޯޕޭޖް
15 މެއި 2020 - 13:30
ކޮލަމްބޯ (މެއި 14) - ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ތިން މަހުގެ މުސާރަ ކޮވިޑް-19 ހެލްތުކެއާ އެންޑް ސޯޝަލް ސެކިއުރިޓީ ފަންޑަށް ހަދިޔާ ކުރައްވައިފި އެވެ.
ތިން މަހުގެ މުސާރައިގެ ގޮތުގައި 292،500 ރުޕީސްގެ ޗެކް ރައީސް ރާޖަޕަކްސާ ވަނީ ރައީސްގެ ސެކްރެޓަރީ ޕީ.ބީ ޖަޔަސުންދަރަ އަށް އިއްޔެ ހަވާލު ކުރައްވައިފަ އެވެ. ލަންކާގެ ކޮވިޑް-19 ފަންޑަށް މިހާތަނަށް ވަނީ 915 މިލިއަނަށް ވުރެ ގިނަ ރުޕީސް ލިބިފަ އެވެ. ފަންޑު އުފެއްދި ބޭނުންތަކުގެ ތެރޭގައި ބޭހާއި މެޑިކަލް ރިސާޗް ސާމާނު ހޯދުން އަދި ހެލްތު ސެކްޓަރުގެ މުވައްޒަފުންނަށް ރައްކާތެރިކަން ހޯދައިދިނުން ހިމެނެ އެވެ. އަދި މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އެހީވުން ވެސް ހިމެނެ އެވެ.
ފަންޑަށް ހަދިޔާ ކުރާ ފައިސާ ޖަމާކުރަނީ ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ޚާއްސަ އެކައުންޓަކަށެވެ. ލަންކާގެ އާއްމު ރައްޔިތުންނާއި ކުންފުނިތައް އަދި ޖަމިއްޔާތަކުން އަންނަނީ އެ ފަންޑަށް އެހީވަމުންނެވެ.
ރައީސްގެ ސެކްރެޓަރީ ޖަޔަސުންދަރަ ކުރިން ވަނީ ލަންކާގެ ސަރުކާރު މުވައްޒަފުންގެ މެއި މަހުގެ މުސާރަ ނުވަތަ މުސާރަ އިން ބައެއް ކޮވިޑް-19 ފަންޑަށް ހަދިޔާ ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އޭނާގެ މުސާރަ ވަނީ ފަންޑަށް ހަދިޔާ ކުރައްވައިފަ އެވެ.
ލަންކާ އިން މިހާތަނަށް ވަނީ 925 މީހުން ޕޮޒިޓިވްވެ ނުވަ މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
16 May 2020
ކޮބާތަ ރައިސާއި ނައިބު، މަޖްލިސްމެންަރުން އަދި ބޮޑުމުސާރަތައްލިބޭ ސިޔާސީ މަގާމުތަކުގަ ތިބި މީހުން
ާާއަލިބެ
16 May 2020
މިރާއްޖޭގެ ރައީސް އަދި މަޖްލިސް މިފަދަ ކަމެއް ހިތަށްވެސް ނާރާނެ. ނިކަމެތި ރައްޔިތުމީހާގެ އަތުގައި ހުރި ލާރިކޮޅު ސަރުކާރަށްދޭްން މިދަނޑިވަޅު މަޖުލީހުގެ މެމްބަރަކުވެސް ގޮވާލީ. މީ މަޖްލިސް މެމްބަރުންގެ ވިސްނުންހުރިވަރު. ލަދުން ބޮއެ ހަލާކު. ރައްޔިތުން ފެލާ ސަރުކާރު
ކީސާނ
16 May 2020
ރައީސް ޔާމިން ހުރިނަމަ މިކަން ކުރާނެ މާ އަވަހަށް
ޢަހުމަދު ބެ ، ބޯގަންވިލާ
16 May 2020
ތިޔަ ލާރިގަނޑު ދީ ސުޕުން އައް ،
ކަބުރު
15 May 2020
ލަންކާ ރައީސްޔަށް ލިބެނީ އެހެންވީމަ 3މަހުން ރާއްޖޭގެ 25000ރުފިޔާތާ އެކަމު ރާއްޖޭގެ ރައީސަށް 3މަހުން 300000
ކޮރަލް
15 May 2020
މަޖްލިސް ކުދީން ވެސް މިހެން ހަދާލަ ބަލާށެވެ.
ސީރިއަސްކޮށް
15 May 2020
ހޭ އެލެކްސް... ޓޮއިލެޓް ޓިޝޫ ބަހައްޓާފަ މި ޗެލެންޖާ އުޅެބަލަ... ތިވެސް ވައްތަރެއްގެ ރައީސެއްނު... އިބޫއަކަށް ނެތިން އެއްޗެއް ބުނާކަށް... ގައިމު ފިނޭންސް މިނިސްޓްރީން މުސާރަތަކާ ކުޅުނުއިރު އެއްވެސް އެއްޗެކޭ ނުބުނޭ ވިއްޔަ