ޗައިނާއާ ގުޅުންހުރި 170،000 އެކައުންޓް ވަނީ ޑިލީޓްކޮށްފައި
12 ޖޫން 2020 - 14:49
ވޮޝިންޓަން (ޖޫން 12) - ޗައިނާ ސަރުކާރާ ގުޅިގެން ހުރި 170،000 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށްފައިވާ ކަމަށް ޓްވިޓާ އިން ބުނެފި އެވެ.
ޓްވިޓާއާ އެކު މަސައްކަތް ކުރާ އެކްސްޕާޓުން ބުނެފައި ވަނީ ބަންދުކުރި ގިނަ އެކައުންޓްތަކުން ވަނީ ކޮވިޑް-19 އާއި ހޮން ކޮންގުގެ އިހްތިޖާޖް އަދި އެހެން ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ޗައިނާ ދިފާއު ކުރަން މަސައްކަތްކޮށްފައި ކަމަށެވެ. ކޮވިޑް-19އާ ގުޅޭ ގޮތުން ޗައިނާ ދިފާއުކޮށް ވާހަކަ ދެއްކި ގިނަ އެކައުންޓްތައް ހަދާފައި ވަނީ ވެސް ޖެނުއަރީ މަހު ފަހުކޮޅު ކަމަށް އެ އެކައުންޓްތައް އެނަލައިޒް ކުރި ރިސާޗް މެނޭޖަރަކު ބުނެފައިވެ އެވެ.
ޓްވިޓާ އިން އިއްޔެ ވަނީ ތުރުކީ އަދި ރަޝިޔާ ސަރުކާރު ޕްރޮމޮޓް ކުރަން ހަދާފައިވާ ގިނަ އެކައުންޓްތަކެއް ވެސް ޑިލީޓްކޮށްފަ އެވެ.
ޗައިނާގައި ޓްވިޓާ ރަސްމީކޮށް މަނާކޮށްފައިވީ ނަމަވެސް ގިނަ މީހުން އެކްސެސް ވަނީ ވީޕީއެން މެދުވެރިކޮށެވެ.
ޓްވިޓާ އިން މީގެ ކުރިން ވެސް ވަނީ ޗައިނާއާ ގުޅޭ އެކައުންޓްތައް ޑިލީޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ޗައިނާގައި އޮޕަރޭޓް ކުރާ ކަމަށް ބެލެވޭ 1،000 އަށް ވުރެ އެކައުންޓް ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
13 June 2020
މިހާރަކަށް އައިސް ރާއްޖޭގައިވެސް ސިޔާސީ ވެރިންގެ އަދި ކަމުވޮށިގެން ވާ ރާއްޖޭގެ ވަރަށް ގިނަ އައިޑީތަށް ހަދައިގެން ދޮގުމައުލޫމާތު ފޯރުކޮއްދެމުން އެބަގެންދޭ؟ އަދި ނުވިތާކަށް މޯލްޑިވުސް ޕޮލިސްގެ ނަމުގައިވެސް ވަގުއައިޑީ ހަދައިފާ އެބަހުރި އަހަރެން ހިތަށް އަރާ ޕޮލިހުން އެކަމާ އަޅައި ނުލައި މިތިބެނީ ކީޢްވެބާވައޭ؟
ޖިބު
12 June 2020
އަމިއްލައަށް ރެހެންދި ހެދިގެން އުޅުނު ދިވެއްސެއްގެ އެކައުންޓު ބަންދު ކުރި ހަނދާން އާވަނީ!
ހަރޫން
12 June 2020
ރާއްޖޭގެ ސަރުކާރާއި ސިޔާސީ މީހުން ދިފާއުކޮށް ދޮގު މައުލޫމަތު ފަތުރަން ހަދާފައިވާ ވަގު އައިޑީތައް ޑިލީޓް ކޮށްބަލަ..ޓްވިޓަރ އެފްބީ ވަގު އެކައުންޓްތަކުން ހަޑިހުތުރު ބަސްތައް ބޭނުންކޮށް މީހުންގެ އަބުރު ކަތިލަނީ މަދެއްކޮށްނުން..