ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ މެދުތެރޭގައި ބަޔަކު މިއަދު މަގު ހުރަސްކޮށްފައި ދަނީ؛ އެ ގައުމުން މިއަދު ވަނީ އަލަށް 46 ކޭސް ރިޕޯޓްކޮށްފައި. --ފޮޓޯ:އޭއެފްޕީ
23 ޖޫން 2020 - 13:16
ސޯލް (ޖޫން 23) - ސައުތު ކޮރެއާގައި މިހާރު ފެތުރެމުން ދަނީ ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ސައުތު ކޮރެއާ އިން ކާމިޔާބުކަމާ އެކު ވައިރަސް ކޮންޓްރޯލް ކުރި ނަމަވެސް ފަހަކަށް އައިސް އެ ގައުމުން ވަނީ އާ ކޭސްތައް ފެންނަން ފަށައިފަ އެވެ. އެހެންވެ އޮފިޝަލުން މިހާރު ލަފާކުރަނީ އެ ގައުމުގައި ވައިރަސް މަސްތަކަކަށް ދެމިގެން ދާނެ ކަމަށެވެ.
ކޮރެއާ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ކޭސީޑީސީ) ޑިރެކްޓަރު ޖުންގް އެޔުން-ކިޔެއޮން ވިދާޅުވީ ކޮރޯނާވައިރަހުގެ ފުރަތަމަ ރާޅު ސައުތު ކޮރެއާގައި ނިމިފައި ވަނީ އެޕްރީލް މަހު ކަމަށެވެ.
އޭގެ ފަހުން މެއި މަހުން ފެށިގެން އާ ކްލަސްޓާތައް ވަނީ ފެންނަން ފަށައިފަ އެވެ. ޚާއްސަކޮށް ވެރިރަށުގެ ކްލަބުތަކުގައި ވަނީ ވައިރަސް ފެތުރެން ފަށައިފަ އެވެ.
ސައުތު ކޮރެއާގައި މިއަދު އެކަނިވެސް ވަނީ 46 ކޭސް ފެނިފަ އެވެ. އާ ކޭސްތައް ވަނީ އޮފީސްތަކާއި ގުދަންތަކުގެ ކްލަސްޓާތަކާ ގުޅިފަ އެވެ.
ޑރ. ކިޔެއޮން ވިދާޅުވީ ފަހުގެ ކޭސްތައް އިތުރުވާ މިންވަރަށް ބަލާއިރު އޭނާ ގަބޫލް ކުރަނީ ސައުތު ކޮރެއާގައި މިހާރު ކުރިއަށް ދަނީ ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ކަމަށެވެ.
ވެރިރަށް ސޯލްގެ ދެކުނުން އޮންނަ ޑައެޖެއޮންގައި މިހާރު ވަނީ އާއްމު އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ.
ސޯލްގެ މޭޔަރު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު އަލަށް ފެންނަ ކޭސްތައް އެވްރެޖްކޮށް 30 ގައި ހިފެހެއްޓި، އަދި ހޮސްޕިޓަލްތަކުގެ އެނދުތަކުގެ އޮކިއުޕެންސީ ރޭޓް 70 ޕަސެންޓަށް އަރައިފި ނަމަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅާނެ ކަމަށެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިންގެ އުސޫލުތަކަށް އަލަށް އަމަލު ކުރުން ހިމެނެ އެވެ.
ލޮކްޑައުން ނުކޮށް ސައުތު ކޮރެއާ އިން ވަނީ ވައިރަހުގެ ކަންކަން ކުރިން ހަމައަކަށް އަޅުވައިފަ އެވެ. އަދި ސޯޝަލް ޑިސްޓެންސިން ވެސް އޮންނަނީ މީހުންގެ އިޚްތިޔާރަށް ދޫކޮށްލައިފަ އެވެ.
ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ސައުތު ކޮރެއާ އިން ރިޕޯޓްކޮށްފައި ވަނީ ޖެނުއަރީ 20 ގަ އެވެ. އޭގެ ފަހުން އެ ގައުމުން ވަނީ 12,484 މީހުން ޕޮޒިޓިވްވެ 281 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 10،908 މީހުންނެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،295 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބިރު
23 June 2020
30 މިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ޤައުމަކުން 30 ކޭސް ޕޮޒިޓިވް ވުމުން ވެސް އެމީހުން ސީރިއަސްވާ ވަރު ނިކަން ބަލާށެވެ. އެކަމަކު ތިންލައްކަ މީހުންގެ އާބާދީ އެއް އޮންނަ ޤައުމަކުން ދުވާލަކި 40 ކޭސް ފެންނަ އިރު އަހަރެމެން ކަންބޮޑެއް ނުވެއެވެ.
ބަބުރަންޖީ ހާޖީ
23 June 2020
ރާޅުއެރުމުގެ ކުރިން ތޮށިގަނޑުގަނޑު ވަރުގަދަކުރާންޖެހޭ.
ބަސީމުބބ
23 June 2020
މާލެއަށް ބޮޑު ރާޅެއް ނޭރުވުމަށް އެއްމެން ފަރުދީ ޒިންމާ އަދާކުރޭ. ގައްޑާ ވެލާފައި މާސްކެއް ނާޅާ ދުއްވަނީ. ދުއްވަމުން ބުރުވާލާ ތިކިތަށް ފަހަތުން ދާ ސައިކަލުތަކުގެ މީހުންގެ މޫނަށް.
ބަސް
23 June 2020
މާލެ އަށް ދެވަނަ ރާޅެއް ނޭރިއްޔާ ރަނގަޅު.