ޕީއައިއޭގައި މަސައްކަތް ކުރާ 150 އަށް ވުރެ ގިނަ ޕައިލެޓުންގެ އަތުގައި އޮތީ ފޭކް ލައިސަންސް. --ފޮޓޯ:ރޮއިޓާސް
26 ޖޫން 2020 - 11:59
އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ 150 އަށް ވުރެ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަންސް އޮތްކަން އެނގުމާ އެކު އެ މީހުން މަގާމުން ދުރުކޮށްފި އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރްވާރު ޚާން ވިދާޅުވީ ގައުމީ އެއާލައިނުގެ ގިނަ އަދަދެއްގެ ޕައިލެޓުންގެ އަތުގައި ވަނީ ވަގު ލައިސަންސް ކަމަށާއި އެ މީހުން ވަނީ އިމްތިހާނުގައި މަކަރު ހަދާފައި ކަމަށެވެ.
އޭވިއޭޝަން މިނިސްޓަރު މިހެން ވިދާޅުވިއިރު މިދިޔަ މަހު ޕީއައިއޭގެ ބޯޓެއް އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިފައި ވަނީ ޕައިލެޓު ހެދި ގޯހަކުން ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ބޯޓު ވެއްޓުމުގެ ހާދިސާގައި ވަނީ 97 މީހުން މަރުވެފަ އެވެ.
އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ މެއި 22 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ޕައިލެޓުންނާއި އެއާ ޓްރެފިކް ޓަވަރާ މުއާމަލާތް ކުރުމުގައި ވެސް އޮޅުންތައް އަރާފައިވާ ކަމަށެވެ. ބޯޓު ފުރަތަމަ ޖައްސަން ދިޔަ އިރު ޕައިލެޓުން ތިބީ ބޭކާރު ވާހަކަތަކެއް ދެއްކުމުގައި ކަމަށާއި ނަތީޖާއެއްގެ ގޮތުން ލޭންޑިން ގިއަރު ޖައްސަން ވެސް ހަނދާން ނެތުނު ކަމަށެވެ. އެ ވަގުތު ބޯޓު މައްޗަށް ނެގުމުގެ ކުރިން ބޯޓު ވަނީ ރަންވޭގައި ޖެހިފައި ކަމަށް ވިދާޅުވި އެވެ. އަދި ދެ ވަނަ ފަހަރު ބޯޓު ޖައްސަން ދިޔަ އިރު ބޯޓުގެ އިންޖީނު ހަލާކުވެފައިވާ ވާހަކަ އެއާ ޓެރެފިކް ކޮންޓޯރުން ޕައިލެޓުންނަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެއްޓުނު ބޯޓުގައި ޓެކްނިކަލް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ޚާން ވިދާޅުވީ ޕާކިސްތާނުގެ 860 ޕައިލެޓުންގެ ތެރޭން 260 އަށް ވުރެ ގިނަ ޕައިލެޓުންގެ އަތުގައި އޮތީ ވަގު ލައިންސަސް ކަމަށާއި ނުވަތަ އެ މީހުން ވަނީ އިމްތިހާނުގައި މަކަރު ހަދާފައި ކަމަށެވެ.
ޕީއައިއޭގެ ތަރުޖަމާނަކު އޭއެފްޕީ އަށް ވިދާޅުވީ އެ އެއާލައިނުގައި މަސައްކަތް ކުރާ 434 ޕައިލެޓުންގެ ތެރޭން 150 ޕައިލެޓުންގެ އަތުގައި އޮތީ ފޭކް ލައިސަންސް ކަމަށެވެ. އަދި އެ ހުރިހާ ޕައިލެޓުން ވަގުތުން ގްރައުންޑް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ޕީއައިއޭގެ ބައެއް ފްލައިޓްތައް ކެންސަލް ވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ބުނީ ޕައިލެޓުންގެ އަތުގައި ފޭކް ލައިސަސް އޮތުމަކީ ސީރިއަސް މައްސަލައެއް ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު2
26 June 2020
ޕާކިސްތާނުންކިޔަވައިގެން އަންނަނީވެސް ފޭކް ސޭހުން.
ބަސް
26 June 2020
މަ މިވާހަކަ ބުނީ ކަލޭމެންކަހަލަ މީހުން ތިބޭނެކަން އެގިހުރެ. ހަގީގަތް ތަޖުރިބާކޮށް ދެކެފަ. އިންޑިއާގަ އުޅުނިން. ޕާކިސްތާނުގަ އުޅުނިން ދެގައުމުގެ ގިނަ ހިސާބުގައި އުޅުނިން. އަހަރުތަކަކަށް އުޅުނިން. މުސްލިމުންނޭކިޔަނީ އެމީހުންގެ ނުބައިކަން ލޯކުރިމަތިން ފެނިފަހުރީ. އިންޑިއާ މީހުން ކިތަންމެ ބޮޑުތަން ރަނގަޅު. މިބުނީ އިންޑިއާގައި ގޯސްނެތެކޭނޫން. ނިސްބަތުން މަދު.
މޯލްދިވިޔަން
26 June 2020
ގަބޫލެއް ނުކުރާނެ ހަރުކަށި ފިކުރު މީހުން.އެމީހުން ގަބޫލު ކުރަނީ މުސްލި މު ގައު މުތަށް ކަ މަށް އެކަނި ރަނގަޅީ
ބަސް
26 June 2020
ބައެއް ދިވެހިން ހިތްހަމަނުޖެހޭނެ. އިސްލާމީ ގައުމަކަށް ވާތީ އެގައުމުގެ ގޯސްވާހަކަ އަޑުއަހަން ބައެއް ދިވެހިންނަށް އުނދަގޫވާނެ. އެކަމަކު ހަގީގަތަކީ މިއީ. މިދުނިޔެއިން އެންމެ ވިޔާނުދާ މީހުން އުޅޭ އެއް ގައުމަކަށް ވާނެ ޕާކިސްތާނު. ފޭކް ޑޮކްޓަރުންވެސް ވަރަށް ގިނަ.
ބުނަން
26 June 2020
މީހެއްގެ ނުވަތަ ބަޔަކުގެ ފުށުން ވިޔާނުދާ ދެރަވަރުކަމެއް ވާ އިރަށް އެއީ މުސްލިމެއް ނަމަ، ދީނަށް ނިސްބަތްވާ ގޮތަށް ވާހަކަ ދައްކާ މީހުން ހިތުން ތިމާމެން މިކުރަނީ ވަރަށް މޮޅުކަމެއް! ޕައިލަޓުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުންގެ ތެރެއިން އަސްލު ސެޓްފިކެޓާއި ފޭކް ސެޓްފިކެޓް ގެންގުޅެނީ ކޮން ބަޔެއް ކަން އެނގިދާނެ، ސާކް ގައުމުތަކުގައި ރަނގަޅު ތަހުގީގެއް ކޮށްލައިފިއްޔާ.
ޏ އައިކު
26 June 2020
އިންޑިއާގެ ހާލަތު އެނގޭނަ މަ
ފޭކްެއތެ3
26 June 2020
ޕާކިސްތަނުގައި ގިނަ ކަންކަން މި ހުންނަނީ ފޭކްކޮށް