ނިއު ޔޯކުގެ ވަގުތީ މޯޗަރީއަކަށް މީހެއްގެ ހަށިގަނޑު ގެންދަނީ: ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު ވަނީ 500،000 އަށް އަރާފައި. --ފޮޓޯ:އޭއެފްޕީ
28 ޖޫން 2020 - 11:05
ޖެނީވާ (ޖޫން 28) - ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރައި އެ ބަލީގައި މަރުވި މީހުންގެ އަދަދު ބައި މިލިއަނަށް މިއަދު އަރައިފި އެވެ.
ހަ މަސް ތެރޭ 10 މިލިއަން މީހުންނަށް ބަލި ޖެހުނު އިރު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 5,464,271 އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 4,121,305 އެވެ. އޭގެ ތެރޭން ސީރިއަސް ހާލަތުގައި ތިބީ 57,821 މީހުންނެވެ. އެއީ އެކްޓިވް ކޭސްތަކުގެ އެއް ޕަސެންޓެވެ. ބަލި މީހުންގެ ތެރޭން އާދައިގެ އަލާމާތްތައް ފެންނަ މީހުންގެ އަދަދަކީ 4,121,305 އެވެ. ބަލި މީހުންގެ ތެރޭން ރަނގަޅުވެގެން ދޫކޮށްލި މީހުންނާއި މަރުވި މީހުން އެއްކޮށްލުމުން ޖުމްލައަކީ 5,965,664 އެވެ. އޭގެ ތެރޭން މަރުވި މީހުންގެ ނިސްބަތަކީ އަށް ޕަސެންޓެވެ.
1. އެމެރިކާ - ޕޮޒިޓިވްވި: 2,596,537 މަރުވި: 128,152
2. ބްރެޒިލް - ޕޮޒިޓިވްވި: 1,315,941 މަރުވި: 57,103
3. ރަޝިޔާ - ޕޮޒިޓިވްވި: 627,646 މަރުވި: 8,969
4. އިންޑިއާ - ޕޮޒިޓިވްވި: 529,577 މަރުވި: 16,103
5. ޔޫކޭ - ޕޮޒިޓިވްވި: 310,250 މަރުވި: 43,514
6. ސްޕޭން - ޕޮޒިޓިވްވި: 295,549 މަރުވި: 28,341
7. ޕެރޫ - ޕޮޒިޓިވްވި: 275,989 މަރުވި: 9,135
8. ޗިލީ- ޕޮޒިޓިވްވި: 267,766 މަރުވި: 5,347
9. އިޓަލީ - ޕޮޒިޓިވްވި: 240,136 މަރުވި: 34,716
10. އީރާން - ޕޮޒިޓިވްވި: 220,180 މަރުވި: 10,364
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕުން ބޯބުޅި
29 June 2020
ކަލޯ މީ ރޯގާ އެއްނޫންތަ
ފަހުދު
28 June 2020
ދިވެއްސެއް ކައިރީގައި އަހާލިނަމަ ވަގުތުންބުނާނެ މިއީހަމަ ރޯގާއެކޭ.