މުހައްމަދު އާއި އޭނާގެ އަންހެނުން ހިބާ މައްކާގެ ހޮޓަލުގައި. --ފޮޓޯ:ސައުދީ ގެޒެޓްމުހައްމަދު އާއި އޭނާގެ އަންހެނުން ހިބާ މައްކާގެ ހޮޓަލުގައި. --ފޮޓޯ:ސައުދީ ގެޒެޓް
01 އޯގަސްޓް 2020 - 12:20
މައްކާ (އޮގަސްޓް 1) - ސައުދީގައި ދިރިއުޅޭ މުހައްމަދު އާއި ހިބާ އަށް މި އަހަރުގެ ހައްޖުގެ ފުރުސަތު ލިބުނު އިރު އެ މީހުންގެ ކައިވެންޏަށް އަދި އަހަރެއް ނުފުރެ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީ ސަރުކާރުން ހޮވި މީހުންގެ ތެރޭގައި މުހައްމަދުގެ ދެމަފިރިން ހިމެނުމުން އެ މީހުން ޖިއްދާ އިން މައްކާ އަށް ގޮސް ތިބީ ފޯ ޕޮއިންޓްސް ހޮޓަލުގަ އެވެ.
މުހައްމަދާއި ހިބާ އަކީ އެރިތުރިއާގެ އާއިލާއަކަށް ނިސްބަތްވާ ބައެއް ނަމަވެސް އެ މީހުން އުޅެ ބޮޑުވީ ސައުދީގަ އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ސައުދީން މި އަހަރު ހައްޖުގެ ފުރުސަަތު ދީފައި ވަނީ މަދު ބަޔަކަށެވެ. ކުރީ އަހަރުތަކުގައި މިލިއަނުން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވި ނަމަވެސް ބުނެވޭ ގޮތުގައި ސައުދީން މި ފަހަރު ފުރުސަތު ދިނީ އެންމެ 1،000 މީހުންނަށެވެ. އެއީ މުޅިން ވެސް ސައުދީގައި އުޅޭ މީހުންނެވެ. އޭގެ ތެރޭގައި ސައުދީގައި އުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނެ އެވެ. އެ މީހުން ހޮވާފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އެހެންވެ ދެމަފިރިއަކަށް އެއްކޮށް މި ފަހަރު ފުރުސަތު ލިބުމަކީ ނާދިރު ކަމެއް ނަމަވެސް އެ ނަސީބު ވަނީ މުހައްމަދުގެ ދެމަފިރިންނަށް ލިބިފަ އެވެ.
"މިއީ ޕްލޭންކޮށްގެން ލިބުނު ހައްޖެއް ނޫން. ހައްޖުގެ ރެޖިސްޓްރޭޝަން ހުޅުވާލުމާ އެކު ހިތަށް އެރީ އަޅުގަނޑު ވެސް އޭގައި ބައިވެރިވާނަމޭ،" ރިޔާޒުގެ އައިޓީ ކުންފުންޏެއްގައި އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރާ މުހައްމަދު ބުންޏެވެ. "އެކަމަކު ނަންތައް އިއުލާންކުރި އިރު އަޅުގަނޑުމެން ދެމަފިރިންގެ ނަން ވެސް އޮތް."
މުހައްމަދު އާއި އޭނާގެ އަންހެނުން ހިބާ މައްކާގެ ހޮޓަލުގައި. --ފޮޓޯ:ސައުދީ ގެޒެޓް
މުހައްމަދުގެ އަންހެނުން ހިބާ ބުނީ ކައިވެނީގެ ފުރަތަމަ އަހަރު ހިލޭ ހައްޖު ދަތުރެއް ލިބުމަކީ އެ ދެ މީހުންގެ ގުޅުމަށް ލިބުނު ހަދިޔާއެއް ކަމަށެވެ.
"އުފަލުން ގޮސް އަހަރެންނަށް ބުނާނެ އެއްޗެއް ވެސް ނޭނގުނު. ހައްޖަށް ރެޖިސްޓްރޭޝަން ހުށަހެޅި އިރު އަޅުގަނޑުގެ މައިންބައިން ކައިރީ ނުބުނަން. އެއީ ނުހޮވިދާނެތީ. އެކަމަކު ހޮވުނީމާ ބުނިން،" ހިބާ ބުންޏެވެ.
މުހައްމަދު ބުނީ މީހުން މަދުވީމާ މި އަހަރުގެ ހައްޖުގެ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހަ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި އެންމެންގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ސައުދީ ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކްނޯރިސް
02 August 2020
ރާއްޖޭގައިވެސް ޔާމީން ސަރުކާރުގައި ސަދަގާތު ފައުންޑޭޝަނުން ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވާގޮތައް ފައިސާ ނެގުމަަށްފަހު އެތައް ސިޔާސީ އެކްޓިވިސްޓުންނާއި ރައްޓެހިންނާއި ތިމާގެ މީހުން ހައްޖައް ފޮނުވި.
އަބްދުއްالله
02 August 2020
އެކިވައްތަރުގެ ރޯގާއިން ފުރިފަ އޮންނަ އެކަހަލަ ތަނަކަށް ދިޔުން އެއީ ނަސީބެއްތަ؟
ުުއުސާ
02 August 2020
މީއަޅެމޮޔަވެފަ ހުރި އިންސާނެއްބާ؟؟
ރީތި މޫސަ
03 August 2020
ހަމަސާބަސް ތިބުނާރޯގާތަކާއި، ބަލިމަޑުކަން ޖައްސަވާފަރާތުންނޫންތަ އެކަންކަންފިއްލަވަނީވެސް އަދި ކިތަށް ބަލިމީހުނަށްބާ ޑޮކުޓަރުން އުންމީދު ކަނޑާލާފަތިއްބާ ހައްޖައްގޮސް ދުއާކޮށްގެން ފަސޭހަވީ ވިސްނާ ފިކުރުކޮށްބަލަ
02 August 2020
Alhamdhulilahi
އަސްލު
01 August 2020
ރަސްގެފާނަށް ހެޔޮ ރަޙްމަތް ލައްވާށި, އަދި ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވެ އެފަދަ ތަނަވަސް ކަމެއް ނެތް މީހުންނަށް މި ފަދަ ގިނަ ފުރުޞަތުތަކެއް މިންވަރުފުޅުކުރައްވާށި! އާމީން
ބުރުގާ
01 August 2020
ހައްޖައް ދާން އެންމެ މޮޅު އިތުރީ ތިމާގެ އަމިއްލަ ބުރަ މަސައްކަތުން ދާ އޮހޮރުވައިގެން ހޯދި ހަލާލު ލާރިން.
ފަލްސޯހަރާމުލްއިޔާޒް
01 August 2020
ތެދުފުޅެއް. އެހެންވެ އަޅުގަނޑު އެއާކޯން އޮފީހުން ކެޑިގެން މިއުޅެނީ ގާތަޅަންފަށަން، ހައްޖައްދެވޭތޯ.
02 August 2020
ހައްޖު ދަތުރު ހިލޭ ލިބުމަކީ އުފަލެއް، ބުރަ މަސެއްކަތް ކޮށްގެން ހޯދާ ފައިސާއިން ހައްޖަށް ދެވުމަކީ ވަރަށް ބޮޑު އުފަލަކާ ފަހުރެއް...
ރަދީފްއޮފިޝިއަލް
01 August 2020
ރަސްގެފާނުގެ ދީލަތިއެހީގެ ކުޑަމިންވަރެއް.ސާބަހޭ ރަސްގެފާނު.
ދާމޫ
01 August 2020
އުފާވެރި ޚަބަރެއް!