ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ވެރިރަށް މުޒައްފަރުއާބާދުގައި ކަޝްމީރުގެ ރައްޔިތުންނާ އެކުގައިވާކަން ދެއްކުމުގެ ގޮތުން މިއަދު އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
05 އޯގަސްޓް 2020 - 21:23
ޖެނީވާ (އޮގަސްޓް 5) - ކަޝްމީރުގެ އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންޑިއާ އާއި ބައިނަލްއަގުވާމީ މުޖްތަމަ އަށް، އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ތަޖްރިބާކާރުން ގޮވާލައިފި އެވެ.
ކަޝްމީރަށް ދީފައިވާ މިނިވަންކަމުގެ ޚާއްސަ އިމްތިޔާޒްތައް އިންޑިއާ އިން އުވާލިތާ އެއް އަހަރު ފުރުމާދިމާކޮށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ނެރުނު ބަޔާނުގައި ބުނީ ހާލަތު ރަނގަޅު ކުރަން އިންޑިއާ އިން އިޚްލާސްތެރި ފިޔަވަޅުތަކެއް ނާޅާ ނަމަ، ބައިނަލްއަގުވާމީ މުޖްތަމައުން އެކަމުގެ ތެރެއަށް ވަންނަން ޖެހޭނެ ކަމަށެވެ.
"ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ޚާއްސަ ހާލަތު އިންޑިއާ އިން އޮގަސްޓް 5، 2019 ގައި އުވާލި ފަހުން ޖައްމޫ އެންޑް ކަޝްމީރުގައި އިންސާނީ ހައްގުތައް ވަނީ ދަށަށް ގޮސްފައި. ކޮވިޑް-19 ގެ ރޯގާ ފެތުރެމުންދާ ދުވަސްވަރެއްގައި، ކަޝްމީރުގައި އިހްތިޖާޖް ކުރި އެތައް ބަޔަކު ބަންދުކޮށް އަދި އިންޓަނެޓުގެ ޚިދުމަތަށް ހުރަސް އެޅުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެކެވެ،" އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަންގެ މަގާމުގައި ހުންނެވި ރާއްޖޭގެ އަހުމަދު ޝަހީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އދ. އިންސާނީ ހައްގުތަކާ ބެހޭ ތަޖްރިބާކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން ހުއްޓާލައި، ސުލްހަވެރި އެއްވުންތަކަށް ޖާގަ ދިނުމަށް އެދި އިންޑިއާ ސަރުކާރަށް ތަޖްރިބާކާރުން ގޮވާލިތާ އަހަރެއް ވަނީ ވެފަ އެވެ.
"އިންޑިއާ ސަރުކާރަށް ފޮނުވި ހަތަރު ސިޓީގެ ތެރޭން ތިން ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ،" 18 ސްޕެޝަލް ރެޕަޓުއާގެ އިތުރުން އެހެން ތަޖްރިބާކާރުން ވެސް ހިމެނޭ ގޮތަށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ހިއުމަން ރައިޓްސް ކޮމިޝަން އޮކްޓޯބަރު 2019 ގައި އުވާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ތަޖްރިބާކާރުން ވަނީ ފާޅުކޮށްފަ އެވެ. އދ.ގެ ތަޖްރިބާކާރުން ކަޝްމީރަށް ޒިޔާރަތް ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ނިއު ދިއްލީ އަށް ގޮވާލައިފައިވެ އެވެ.
އިންޑިއާ ސަރުކާރުގެ ސީދާ ބާރު ކަޝްމީރަށް ހިންގޭ ގޮތަށް ފާސްކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު 5 ވަނަ ދުވަހު އެވެ. އިންޑިއާ އިން އޭރު ބުނެފައި ވަނީ ކަޝްމީރަށް ސުލްހަ އާއި ތަނަވަސްކަން ހޯދައިދޭނެ ކަމަށެވެ.
ކަޝްމީރުގެ ރައްޔިތުން "ކަޅު ދުވަހުގެ" ގޮތުގައި ބަލައި އޮގަސްޓް 5 ވަނަ ދުވަހާ ދިމާކޮށް އިންޑިއާ އިން ވަނީ ކަޝްމީރުގައި ދެ ދުވަހުގެ ކާފިއު އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަސަބު
06 August 2020
ކަޝްމީރާއި ފަލަސްޠީނު މައްސަލަ އަކީ މުސްލިމުން އަމިއްލައަށް އުފައްދައިގެން އުޅޭ އަދި މި ދެ މައްސަލައާއި ޗައިނާ ގެ މުސްލިމުންގެ މައްސަލައާއި އަޔޯދިޔާ މައްސަލަ ފަދަ މައްސަލަތަކަކީ މުސްލިމުން ހައްލު ހޯދަން ބޭނުންނުވާ މައްސަލަތަކެވެ. މުސްލިމުން ތެދު ނިޔަތުގައި މި މިމައްސަލަތައް ހައްލުކުރަން އުޅޭނަމަ މަސްދުވަސްނުވެ މި މައްސަލަތައް ހައްލުވާނެއެވެ.
ފޫހި
05 August 2020
މިވަރުބަޔަކަށް ރާއްޖޭން މި އަޅުވެތިވަނީ. ޢިންޑިޔާ ނޫންގޮތެއް.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
05 August 2020
އަޅެ އެއްފަހަރަކުވެސް އިބުރާހީމް މުޙައްމަދު ސޯލިހު ރޮއިފާބުނިތަ ދިވެހިން މިތިބީ ކަޝްމީރުރައްޔިތުންނާާއެއްކޮށޭ.
އަލީ ރަސްގެފާން
05 August 2020
ރާއްޖެ ތަރައްގީ ވަނީ ޗައިނާ ކަހަލަ ޤައުމުތަކާ ގުޅިގެން.
އެމްޑީޕީމީހާ
05 August 2020
އިންޑިޔައަކީ ކުރިން މުސްލިމުން ވެރިކަން ކުރިތަނެއް. ތާރީހު ބަލާ. އަދި މުސްލިމުން އިންޑަޔާގެ މައްޖަ ގަދަކުރާނެ އިންޝާﷲ
ނާސިރު ބޭނުމީ މިނިވަންކަން.
05 August 2020
މޯދީއަކީ ކާކުކަން މުސްލިމުނަ ނޯޅޭނެ. މި ޤައުމުން ދިނީ ރައްޖެގެ ސަރަފްވެރި މެޑަލް މޯދިޔަ. މީ ދިވެހިންނަ ކުރި މަލާމާތެ މިސަރުކާރުން
ތެދުވެރިޔާ
05 August 2020
މިތާއުޅޭ ނުވިސްނޭ އެމްޑީޕީގެ ހަލާކު އުޅެނީ ރާއްޖޭގެ މައްޗަ އިންޑިޔާ އިސްކުރަން. މިކަމުގެ ސަބަބުން ރާއްޖެއަކީ އާރެއްބާރެއް ނެއްތަނަކަން ވެގެން ހިގައިދާނެ. މިނިވަންކަން ގެއްލި ދާނެ. އިންޑިޔައާ ދުރައްޖެހޭ އެހެން ޤައުމުތަކާ ގުޅުން ބަދަހި ކުރޭ.
ވަތަން އިސްކުރަންޖެހޭ
05 August 2020
ކަޝްމީރު އެކަންޏެނުން މުޅި އިންޑިޔާގަވެސް އެދަނީ އަނިޔާދެމުން.
މަންޑޭލާ
05 August 2020
އިންޑިޔާ އަކީ މުސްލިމުނަ ހުރި ބިރެއް މިކަމުން އަރައިގަނެވޭނީ އެކެތިކަޑަކައް ވެގެން.
ޝޮކްތެރަޕީ
05 August 2020
ރާއްޖެއަ އެމްމެ ބޮޑު ނުރައްކަލަކީ އިންޑިޔާ. ރާއްޖެއަކަ އެއްވެސް ޤައުމެއްގެ ނުރައްކަލެ ނެއް އިންޑިޔާ ނޫނީ. މިކަން ދިވެހިންނަ ވިސްނެނީ ކިހާވަރަކައް އަޅުވެތި ވީމަތަ؟