ކޮވިޑް-19 އާ ދެކޮޅަށް އޮކްސްފޯޑުން އުފެއްދި ވެކްސިންގެ ޓްރަޔަލް މެދުކަނޑާލުމަށް ފަހު އަލުން ފަށަން ވަނީ ނިންމާފައި
12 ސެޕްޓެމްބަރ 2020 - 22:26
ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރުމަށް އޮކްސްފޯޑު ޔުނިވަސިޓީ އާއި އަސްޓްރަޒެނެކާ އިން އުފެއްދި ވެކްސިންގެ އަޖުމަ ބެލުމަށް ވެކްސިން ދިން މީހުންގެ ތެރެއިން އެކަކު ބަލިވުމުން ތަހުލީލުތައް މެދުކަނޑާލުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ.
އަޖުމަ ބެލުމުގެ ވެކްސިން ދިން މީހުންގެ ތެރެއިން އެކަކަށް ސައިޑްއިފެކްޓްސްގެ އަސަރު މާބޮޑަށްކޮށް ބަލިވި ކަމަށް ބެލެވުމުން ވެކްސިންގެ ޓްރަޔަލް މެދުކަނޑާލީ އަންގާރަ ދުވަހު އެވެ.
ނަމަވެސް ހޮނިހިރު ދުވަހު އޮކްސްފޯޑުން ވަނީ ވެކްސިން ދިނުން ކުރިއަށް ގެންދިއުން ރައްކާތެރިކަން، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި އެހެންވެ ވެކްސިންގެ ޓްރަޔަލް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ. މިގޮތަށް ނިންމީ ބޭސްތަކުގެ ސަލާމަތީ ކަންކަން ބަލާ މިނިވަން ބޮޑީއެއް ކަމަށްވާ މެޑިސިންސް އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހުއްދަ ދިނުމުން ކަމަށް ވެސް އޮކްސްފޯޑުން ބުންޏެވެ.
މި ވެކްސިނަކީ މިހާރު ކޮވިޑް-19 އާ ދެކޮޅަށް އުފައްދާ ޓެސްޓްކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވާނެ އަދި އެންމެ ރަނގަޅު އެއް ވެކްސިނަށް ވާނެ ކަމުގެ އުންމީދު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކަ އެވެ.
އޮކްސްފޯޑުން ނެރުނު ބަޔާނެއްގައި ބުނީ އެތައް ހާސް ބަޔަކު ބައިވެރިކޮށްގެން މިގޮތަށް ކުރިއަށް ގެންދާ ވެކްސިން ޓްރަޔަލްތަކުގައި މަދު ބަޔަކު ބަލިވުމަކީ ނުވެ ނުދާނެ ކަމެއްކަން އެނގޭ ކަމަށެވެ. މިކަމާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރުގެ ސައިންސްޓިފިކް އެޑްވައިޒަރު ޕެޓްރިކް ވެލާންސޭ ވެސް ވިދާޅުވީ ވެކްސިން ޓްރަޔަލެއްގައި މީހަކު ބަލިވުމަކީ އަލަށް ދިމާވާ ކަމެއް ނޫން ކަމަށެވެ.
އޮކްސްފޯޑްގެ މި ވެކްސިންގެ ފަހު މަރުހަލާ ކުރިއަށް ގެންދަނީ އިނގިރޭސި ވިލާތާއި އެމެރިކާ އާއި ބްރެޒިލް އަދި ސައުތު އެފްރިކާގެ 30،000 މީހުން ބޭނުންކޮށްގެންނެވެ. ފުރަތަމަ ފޭހާއި ދެ ވަނަ ފޭސް ކާމިޔާބުވެ އުންމީދު ބޮޑުވެފައި ވާއިރު މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާ އެވެ.
މި ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ލިބެންވާ އިރަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގައި މިހާރު އަންނަނީ މި ވެކްސިން ގިނަ އަދަދަކަށް އުފައްދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
13 September 2020
އިރާދަކުރެއްވިއްޔާ ހުއްޓުމެއް ނައަރާ ތި ވެކްސިން ކާމިޔާބުކަމާއެކު ކުރިއަށް ގޮސް އާންމުނަށް ވަރަށް އަވަހަށް ލިބެން ފަށާނެ. الحمد لله
ވިސްނަވާ
12 September 2020
އިރާދަ ކުރެއްވިއްޔާ ވެކްސިން ލބޭނެ ނަމަވެސް އެހާހިސާބަށް ކުރިއަށްއޮތް 4 މަސް ހިަފހައްޓާލަން ސަރުކާރުން އިތުރު އެހީތަކެއް ދޭންއެބަޖެހޭ. ފެން ކަރަންޓު ސަބްސިޑީ .. ލޯން މޮރިޓިއުރަމް އިތުރު ކުރަންޖެހޭ. ހާއްސަކޮށް އެޗްޑީއެފްސީ އަދި އިސްލާމިކް ބޭންކްގެ ލޯނުތަކުން ދެބައިކުޅައެއްބައި ނަމަވެސް ދައްކަން ޖެހޭ އަދަދު ކުޑަކޮށް ފަސްކޮށްދޭންޖެހޭ. ވިޔަފާރިތައް ނުފުނޑި ކުރިައަށްދާން ބޫސްޓެއް ދޭންޖެހޭ. ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީއެއް ދިއްކޮށްލާންޖެހޭ.
ތުއްތުނާ 1
12 September 2020
ކިހިނެއް ތިކަން ކަން ކުރާނީ......... މިހާރުވެސް މުސާރައިން 20 ޕަސެންޓް ކަނޑަނީ ......... ހިތަދޫ ޕޯޓް ލިމިޓެޑް އަށް ކޮވިޑް އާއި ގުޅިގެން ހުރިހާ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނި ކުރަންޖެހޭ ވަރުގެ ގެއްލުމެއް ލިބެނީ ކޮންގޮތަކަށް ކަމެއްވެސް ނޭނގޭ.....
ހަސަން ދީދީ
14 September 2020
ޔަހޫދީގައުމުތަކުންއުފައްދާވެކުސިން އަދިއެއުފައްދަނީއިންޑިޔާއިން ދިވެހިން އެވެކުސިން އައުޓުނުބުނާނެބާ؟