ނެވާޑާގެ މީހާކަށް ދެ ވަނަ ފަހަރަށް ކޮވިޑް-19 ޖެހި ހާލު ސީރިއަސްވެފައިވޭ. --ފޮޓޯ:ގެޓީ އިމޭޖަސް
18 އޮކްޓޯބަރ 2020 - 13:14
ޓޯކިޔޯ (އޮކްޓޯބަރު 18) - އިންސާނުންގެ ހަށިގަނޑުގެ ހަންގަނޑުގައި ކޮރޯނާވައިރަސް ނުވަ ގަޑިއިރު ވަންދެން ހުންނަ ކަމަށް ޖަޕާނުގެ ރިސާޗަރުން ބުނެފި އެވެ.
ކްލިނިކަލް އިންފެކްޝަސް ޑިޒީޒް ޖާނަލްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އާދައިގެ ރޯގާގެ ވައިރަސް އިންސާނުންގެ ހަށިގަނޑުގައި ހުންނަނީ 1.8 ގަޑިއިރު ވަންދެންނެވެ. ކޮރޯނާވައިރަސް ހަމުގައި ނުވަ ގަޑިއިރު ހުންނަ ކަމަށް ދިރާސާ އިން ދައްކާފައިވާތީ ތަޖްރިބާކާރުން ބުނެފައި ވަނީ ކޮވިޑް-19އާ ދެކޮޅަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ގިނަގިނައިން އަތް ދޮވުން ކަމަށެވެ.
"ކޮވިޑް-19 ޖައްސާ ސާސް-ކޯވް-2 ވައިރަސް އިންސާނުންގެ ހަށިގަނޑުގައި ނުވަ ގަޑިއިރު ހުރުމުގެ މާނައަކީ އައިއޭވީ (އިންފުއެންޒާ އޭ ވައިރަސް) އަށް ވުރެ ކޮރޯނާވައިރަސް ފެތުރުމުގެ ޗާންސް ބޮޑުކަން،" ޖާނަލްގައި ބުނެފައިވެ އެވެ.
ރިސާޗަރުން ބުނެފައި ވަނީ ހޭންޑް ސެނިޓައިޒަރެއްގެ ގޮތުގައި ބޭނުންކުރާ އެތަނޯލް ބޭނުން ކުރުމުން ކޮރޯނާވައިރަސް 15 ސިކުންތު ތެރޭ މަރުވާ ކަމަށެވެ.
ސާސް-ކޯވް-2 ވައިރަސް ފޯން ސްކްރީނާއި ފައިސާގެ ނޫޓާއި ސްޓެއިންލެސް ސްޓީލްގައި 28 ދުވަސް ވަންދެން ހުންނަ ކަމަށް ރިސާޗަރުން ކުރިން ވަނީ ބުނެފަ އެވެ.
އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް އެޖެންސީގެ އާ ހޯދުމުން އެނގުނު ގޮތުގައި ބައެއް ސާފޭސްތަކުގައި ކޮރޯނާވައިރަސް ހުންނަ މުއްދަތު، ކުރީގެ ހޯދުންތަކަށް ވުރެ މާ އިތުރެވެ. ލެބޯޓްރީގެ ކުރީގެ ހޯދުންތަކުން އެނގޭ ގޮތުގައި ސާސް-ކޯވް-2 ވައިރަސް ފައިސާގެ ނޫޓާއި ބިއްލޫރީގައި ސަލާމަތް ވަނީ ދޭއް ނުވަތަ ތިން ދުވަހަށެވެ. އަދި ޕްލާސްޓިކާއި ސްޓީލްގައި ހަ ދުވަހުގެ މުއްދަތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
18 October 2020
މޮޅުއެއްޗެއް ތިބުނެލީ ސުރުހީއައް އްރުވާލީދޯ