އިންތިޚާބު ކާމިޔާބު ކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން. --ފޮޓޯ:އޭއެފްޕީ
20 ނޮވެމްބަރ 2020 - 15:10
ޖޯޖިއާ (ނޮވެމްބަރު 20) - އެމެރިކާގެ ޖޯޖިއާ ސްޓޭޓުގެ ވޯޓު އަލުން ގުނުމުން ވެސް ކުރި ހޯއްދެވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އެވެ.
އެ ސްޓޭޓުގެ އިލެކްޝަން އޮފިޝަލުން ބުނި ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ބައިޑަން ކުރި ހޯއްދެވީ 12،284 ވޯޓުންނެވެ. ޖޯޖިއާގެ ސްޓޭޓް ސެކްރެޓަރީ ބްރެޑް ރަފެންސްޕާގާ ވިދާޅުވީ ވޯޓު އޮޑިޓް ކުރުމުން ވެސް އެ ސްޓޭޓުން ބައިޑަންގެ ކާމިޔާބީ ބަދަލުވެފައި ނުވާ ކަމަށެވެ. މިއީ 1992 ވަނަ އަހަރު ބިލް ކްލިންޓަނަށް ފަހު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކު ޖޯޖިއާގެ ވޯޓު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.
ވޯޓު އަލުން ގުނުމުން އެރާ ރޭޓް 0.73 ޕަސެންޓަށް ވުރެ ކުޑަ އެވެ. ޖޯޖިއާގައި ޓްރަމްޕުގެ މައްޗަށް ބައިޑަން ކާމިޔާބު ހޯއްދެވީ 0.5 ޕަސެންޓުންނެވެ.
އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.
އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ބަލި ގަބޫލް ކުރައްވަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކްނޯރިސް 2
20 November 2020
(ދެވަނަބައި). ވީމާ ރާއްޖޭގެ ގާނޫން ބަދަލުކޮށް ރިޓަޔާ ކޮށްފައިވާ ބޭރުގެ ގައުމުތަކުގެ ރައީސުންނަށް 5 އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރުމުގެ ކޮންޓްރެކްޓެއް ދިނުން ފެނޭ. އަދި ރާއްޖޭގެ ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ތަޖުރިބާ ހުންނާނީ ކުރިންވެސް ބުނިގޮތައް ޑޮނަލްޑް ޓްރަންޕްގެ. އޭނަޔަށް އެނގޭނެ ޔާމީން ކުރިގޮތައް ވެރިކަން ކުރަން. އަދި ނަޝީދު ކުރިގޮތައް ވެރިކަންކުރަންވެސް.
ޗަކްނޯރިސް 1
20 November 2020
ޓްރަންޕަކީ ހާފް ޔާމީން ހާފް ކެނެރީ ނަޝީދު. ގޮތްދޫނުކުރުމާއި ކޮންމެ ގޮތަކަށްވެސް ވެރިކަމުން ނުފައިބަން ހެދުނުހާ އެއްޗެއް ހަދަމުން ދަނީ ކާމިނީގޭ ޔާމީން އާއި އެއްގޮތައް. ދެއުޅިއެއްނުވާ ވާހަކަ ދައްކައި ދެއުޅި އެއްނުވާ ކަންތައްކޮށް އެމެރިކާ ގެ ހައިބަތު މުޅި ދުނިޔޭގައި ވައްޓާލީ ކެނެރީގޭ ނަޝީދު ގޮތައް. ޙަނދާންވަނީ މާމެއިޑް ގެ މަތިން. އެއީވެސް ހާފް އިންސާނެއް. ހާފް މަހެއް. ވީމާ ޓްރަންޕަކީ ޔާމީންގެ ހާފް ނަޝީދުގެ ހާފް މިޒާޖު ލިބިފައި ހުރި މީހެއް.
ގަދަހުސޭން
20 November 2020
ވަރަށް ފުރިހަމަ ވާހަކަކޮޅެއް.
ހާފް މޭން
20 November 2020
100 ގެ ވާހަކައެއްތިޔަބުނީ. ނަޝީދުއާއި ޔާމިނު ސިޔާސީ ދާއިރާއިން ދުރަށްގޮސް މުޅިން އާބައެއް އައިސްގެންނޫނީ މިޤައުމަކަށް ކުރިއެރުމެއްނުލިބޭނެ. އިދިކޮޅުންވެސް ވިސްނެންޏާ ޔާމިނުނޫން އެހެން ގޮތެއް ހޯދީސް. ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ޔާމިނުނޫން އެހެން މީހެއް ނެރުނުނަމަ އިންތިޚާބު ކާމިޔާބުކުރީސްކަން ޔަޤީން. މިބުނީ އާމޫނެއްގެ ވާހަކަ.
އާދަމް ބާއީ
20 November 2020
ދެން ތިކަން ހުއްޓާލާ.
މުލޭ
20 November 2020
ޓުރަމްޕް ވާނީ ހަމަ ޓުތަމްޕަށް.