ދުނިޔެ

ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

ޕްރިންސް ފިލިޕް. --ފޮޓޯ:ބީބީސީ

ލަންޑަން (އެޕްރީލް 9) - އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި މިއަދު އަވަހާރަވެއްޖެ ކަމަށް ބަކިންހަމް ޕެލަސް އިން އިއުލާންކޮށްފި އެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ޕްރިންސް ފިލިޕްގެ ހިތްޕުޅުގެ އޮޕަރޭޝަނެއް ވެސް ދާދި ފަހުން ވަނީ ކޮށްފަ އެވެ. ފިލިޕަށް ވަނީ މަހެއްހާ ދުވަހު ހޮސްޕިޓަލްގައި ފަރުވާ ދީފަ އެވެ.

"ލޮބުވެތި ފިރިކަލުން ހިޒް ރޯޔަލް ހަޔަނެސް ދަ ޕްރިންސް ފިލިޕް، ޑިއުކް އޮފް އެޑިންބަރާ އަވަހާރަވިކަން ވަރަށް ފުން ހިތާމައާ އެކު ހަ މެޖެސްޓީ ދަ ކުއީން އިއުލާން ކުރައްވައިފި،" ބަކިންހަމް ޕެލަސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕްރިންސަސް އެލިޒަބަތުއާ ފިލިޕް ކައިވެނި ބައްލަވައިގެންނެވީ 1947 ވަނަ އަހަރު އެވެ. އެއީ އެކަމަނާ އަށް ރާނީގެ މަގާމު ލިބިވަޑައިގެންނެވުމުގެ ފަސް އަހަރު ކުރިންނެވެ. ކުއީން އާއި ފިލިޕަށް ވަނީ ހަތަރު ބޭފުޅުން ލިބިވަޑައިގެންފަ އެވެ. ފުރަތަމަ ދަރިކަލުން ޕްރިންސް އޮފް ވޭލްސް، ޕްރިންސް ޗާލްސް އުފަންވެވަޑައިގެންނެވީ 1948 ވަނަ އަހަރު އެވެ.

ޕްރިންސް ފިލިޕް އުފަންވެވަޑައިގެންނެވީ ޖޫން 10، 1921 ވަނަ އަހަރު އެވެ.

8 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 58%
icon angry icon angry 0%
icon wow icon wow 6%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބުޑޫލް

10 April 2021

ޙެޔޮރަހުމަތް ލައްވާ ސުވަރުގެ ދެއްވާށި.ރަނގަޅު އިންސާނެއް

The name is already taken The name is available. Register?

ޖިނާންން

11 April 2021

އެއީ މުސްލިމެއް ބާ؟

The name is already taken The name is available. Register?

ނުލައި 2021

10 April 2021

ކަށަވަރުވާ ކަމަކީ ރަސްކަލަކަސް ރާނި އަކަސް އެންމެ ނިކަމެތި މީހާއަކަސް މަރުގެ އޭގެ ވަގުތުގައި ބައްދަލު ކުރާނޭ ކަމެކެވެ

The name is already taken The name is available. Register?

ހަމް99

09 April 2021

އާއިލައައް ކެއްތެރިކަން މިންވަރުކުރައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި! އާމިން.

The name is already taken The name is available. Register?

Exponential

10 April 2021

އާމީން

The name is already taken The name is available. Register?

ޢެމީހާ

10 April 2021

ކަލޭ ހަމަ ތަ. ކުރާނެ ކަމެއް ނެތިގެން މީހުންގެ އަނގަ ގޮއްވަން ދޯ ތި އުޅެނީ

The name is already taken The name is available. Register?

އައްޑޫ ދީދީގެ ހަސަން ކަލޯ

09 April 2021

ނަމޫނާ ބަދަހި ކައިވެއްޏެއްގެ ފުރިހަމަ މިސާލެކެވެ.ޕްރިންސް ފްލިޕް އަކީ ރާނީއަށް ފުރިހަމައަށް އިޚްތިރާމް އަދާކުރައްވާ އަދި އެކަމަނާގެ އެންމެ އަރިހުގައި ދެގޮތެއްނުވެ ކޮންމެ ކަމެއްގައި ދެމިހުންނެވި "ރޮކް ސޮލިޑް" ފިރިކަލުންނެވެ.

The name is already taken The name is available. Register?

ވަނޑް

09 April 2021

ރެސްޓް އިން ޕީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454