ކުޅިވަރު / ލިއޮނަލް މެސީ

އާޖެންޓީނާގެ 10 ނަމްބަރު ޖާޒީ އަކީ ދެންވެސް މެސީގެ ހައްގެއް: ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ސްކަލޯނީ އާއި ކެޕްޓަން މެސީ.-- ފޮޓޯ: އޭއެފްޕީ

ލުސެއިލް (ޑިސެމްބަރު 19) - ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ލިއޮނަލް މެސީ ކުޅެން ބޭނުން ނަމަ 10 ނަމްބަރު ޖާޒީ އޭނާ އަށް ހާއްސަކޮށްފައި ބާއްވާނެ ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފި އެވެ.

ފައިނަލް މެޗުގައި ފްރާންސާ ދެކޮޅަށް 3-3 އިން އެއްވަރު ވެގެން ޕެނަލްޓީ ޖަހައިގެން 4-2 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މިއާ އެކު މެސީ ވަނީ އާޖެންޓީނާ އިން ވޯލްޑް ކަޕް ތަށި އުފުލާލަން ކުރި 36 އަހަރުގެ ދިގު އިންތިޒާރަށް ނިމުން ގެނުވައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.

މެސީ އާއި އެންހެލް ޑި މާރިއާގެ ގޯލުން އާޖެންޓީނާ މޮޅުވާން ދަނިކޮށް ފްރާންސުން އެއްވަރު ކުރީ ކީލިއަން އެމްބާޕޭ ފަހު ވަގުތު ގާތް ގާތުގައި ޖެހި ދެ ގޯލުންނެވެ. އިތުރު ވަގުތުގައި މެސީ އާޖެންޓީނާ އަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދިން ނަމަވެސް އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، މެޗު ޕެނަލްޓީއާ ހަމައަށް ގެންގޮސްފަ އެވެ.

ފްރާންސްގެ އޮރޭލިއަން ޗުއަމެނީ އާއި ކިންގްސްލީ ކޯމަންގެ ޕެނަލްޓީ ނާކާމިޔާބު ވުމާ އެކު އާޖެންޓީނާ އަށް ތަށި ޔަގީން ވީ ގޮންޒާލޯ މޮންޓިއަލް ގެ ޕެނަލްޓީންނެވެ.

މެސީ، ވޯލްޑް ކަޕް ތަށި ހިފައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ކުރިން، 35 އަހަރުގެ މެސީ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް އޭނާ ނުބުނެ އެވެ. އަދި ފައިނަލް މެޗަށް ފަހު މެސީ ވަނީ އޭނާ ގައުމީ ޓީމާއެކު ޗެމްޕިއަނެއްގެ ގޮތުގައި ކުޅެން ބޭނުން ވާކަމަށާއި ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާ ނުކުރާނެކަން ހާމަ ކޮށްފަ އެވެ. ކޯޗު ސްކަލޯނީ ވަނީ މެސީގެ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

"އަހަރެންނަށް ހީވަނީ ކުރިއަށް އޮތް ވޯލްޑް ކަޕް ގައި މެސީ ކުޅެން ބޭނުން ނަމަ 10 ނަމްބަރު ޖާޒީ އޭނާ އަށް ތައްޔާރު ކޮށްފައި ބާއްވަން ޖެހޭހެން. އޭނާގެ ކެރިއަރުގައި ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ހައްގު އޭނާ އަށް ލިބިގެން ވޭ،" ފައިނަލް މެޗަށް ފަހު ސްކަލޯނީ ބުންޏެވެ.

"އޭނާ ޓީމު ކުޅުންތެރިންނަށް ދޭ ހިތްވަރު ގަބޫލު ކުރަން ވެސް ދަތި، ޗޭންޖިން ރޫމުގައި އެހާ ނުފޫޒު ގަދަ ކުޅުންތެރިއެއް އަހަރެން އަދި ނުދެކެން."

ކޮޕާ އެމެރިކާގެ ނާކާމިޔާބީތަކާ އެކު 2016 ވަނަ އަހަރު ގައުމީ ޓީމުން މެސީ ރިޓަޔާ ކުރަން ނިންމި ނިމްމުމާ އެކު އެ ނިންމުން ބަދަލު ކޮށްދޭން މެސީ ގާތުން އެދުނު ފުރަތަމަ ކޯޗަކީ ވެސް ސްކަލޯނީ ކަމަށް ވެދާނެ އެވެ. އޭގެ ހަފްތާއެއް ފަހުން މެސީ އެނބުރި ގައުމީ ޓީމާ ގުޅުނެވެ. މެސީގެ އެ ރިޓަޔާމަންޓަށް ފަހު ކޯޗިން ދާއިރާއަށް ނުކުމެ، ސްކަލޯނީ މިވަނީ މެސީ ގޮވައިގެން އާޖެންޓީނާއާ އެކު ކާމިޔާބު ކުރެވެން ހުރި ބައިނަލްއަގުވާމީ ހުރިހާ ތަށްޓެއް އުފުލާލައިފަ އެވެ.

މެސީގެ ފުރަތަމަ ވޯލްޑް ކަޕް ގައި، 2006 ވަނަ އަހަރު ސްކަލޯނީ ވަނީ މެސީ އާއެކު އާޖެންޓީނާ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސްކަލޯނީ، ރަން މެޑަލް އޭލުމަށް ފަހު ވޯލްޑް ކަޕް ތަށީގައި އަތް ލައިގެން.-- ފޮޓޯ: އޭއެފްޕީ

ފައިނަލް މެޗަށް ފަހު 44 އަހަރުގެ ސްކަލޯނީ އިތުރުން ބުނީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލްގެ ކާމިޔާބަށް ފަހު އާޖެންޓީނާ ގައުމީ ޓީމާމެދު އެ ގައުމުގެ ރައްޔިތުން ކުރާ އުންމީދުތައް ބޮޑު ވެގެން ދިޔަ ކަމަށެވެ.

"ބްރެޒިލް މެޗަށް ފަހު (ކޮޕާ އެމެރިކާ 2021 ފައިނަލް) އަހަރެން މެސީއާ ވާހަކަ ދައްކައި ވިސްނައިދިނިން، ކުރިމަތީގައި ބޮޑު ޓާސްކެއް އެބަ އޮތް ކަމަށް. އަހަރެމެންގެ ގައުމުގެ ރައްޔިތުން އަހަރެމެންނާ މެދު ކުރާ އުންމީދުތައް (ވޯލްޑް ކަޕް ތަށި ހޯދަން) އިތުރުވެ، ވަރަށް ޕްރެޝަރު ބޮޑުވެގެން ދިޔަ އެ ހިސާބުން،" ސްކަލޯނީ ބުންޏެވެ.

"އޭނާ ބުނީ އަހަރެމެން މި ހިތްވަރާއެކު ކުރިއަށް ދާން ޖެހޭ ކަމަށާއި އިތުރު ކަންކަން މުހިއްމު ނޫން ކަމަށް. އެއާ އެކު އަހަރެނަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު. އަހަރެންނަށް އިތުބާރު ލިބި ވިސްނެން ފެށުނު އަހަރެމެން ބޮޑު ކާމިޔާބީއަކާ ދިމާއަށް މިސްރާބު ޖަހައިފިކަން."

އާޖެންޓީނާ އިން ވޯލްޑް ކަޕް މި ކާމިޔާބުކުރީ އެންމެ ފަހުން 1986 ވަނަ އަހަރު އެޓީމަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޑިއޭގޯ މަރަޑޯނާ މަރުވިތާ ދެ އަހަރު ފަހުންނެވެ. ފައިނަލް މެޗަށް ފަހު ސްކަލޯނީ ވަނީ މަރަޑޯނާގެ ހަނދާން ވެސް އާކޮށްފަ އެވެ.

"އޭނާ (މަރަޑޯނާ) ދުނިޔޭގައި ހުރި ނަމަ އަހަރެމެންނާ އެކު ދަނޑުމަތީގައި އުފާފާޅުކުރާނެ އެންމެ ފުރަތަމަ މީހަކަށް ވާނީ އޭނާ،" މަރަޑޯނާ މަތިން ހަނދާން ކުރަމުން ސްކަލޯނީ ބުންޏެވެ.

"ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމަކީ އަހަރެންގެ ޕްލޭނުގައި ހިމެނޭ ކަމެއް ނޫން. މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް. އަމިއްލަ ގައުމު ތަމްސީލު ކުރުމަށް ވުރެ ބޮޑު ޝަރަފެއް ނުލިބޭނެ، ސަޕޯޓަރުން ފަހުރުވެރި ކޮށްދެވުނު ކަމަށް އަހަރެން އުންމީދު ކުރަން."

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

19 December 2022

ޓީމް އަށް ލިބޭ ހުރިހާ ޕެނަލްޓީ އެއް ޖަހައިގެން ގިނ ގޯލް ޖަހާ ކަމަށް ފެންނަނީ އެވެ. އެހެން މީހަކަށް އެފުރުސަތު ދޭނަމަ މެސީ އަށް ވުރެ ގިނަ ގޯލް އެމީހަކު ޖަހާނެ އެވެ.

The name is already taken The name is available. Register?

މުރަކަ

19 December 2022

ހަޖަމު ކޮށްލާށެވެ. އެއޮތީ ތަށި ނަގާފަ! ކޮބާ ރޮނާލްޑޯ؟ ކޮބާ ނޭމާ؟ ކޮބާ ކޮބާ ކޮބާ؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454