ކުޅިވަރު

ޕެލޭ އާއި މެރަޑޯނާ ފައިނަލު ކުޅުނު މެކްސިކޯގެ ތާރީހީ ސްޓޭޑީއަމަށް ތިންވަނަ ވޯލްޑް ކަޕް

މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި މެރަޑޯނާ 1986 ވޯލްޑް ކަޕް އުފުލާލަނީ: 2026 ގެ ވޯލްޑް ކަޕުގެ ބައެއް މެޗުތައް ވެސް އެ ދަނޑުގައި ކުޅޭނެ --- ފައިލް ފޮޓޯ: ބޮބް ތޯމަސް ދްޕޯޓްސް ފޮޓޯ ގްރަފީ

18 ޖޫން 2022 - 02:43

3 comments

ނިޔޯން (ޖޫން 17) - ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ، ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ ޑިއޭގޯ މެރަޑޯނާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި، ތާރީހީ ސްޓޭޑިއަމް މެކްސިކޯގެ އަޒްޓެކާގައި ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކުޅެން ފީފާއިން އިއުލާން ކޮށްފި އެވެ.

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގައި 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭނެ ސްޓޭޑިއަމްތައް ފީފާއިން ވަނީ އިއުލާން ކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ ހާއްސަ ސްޓޭޑިއަމަކަށް ވާނީ މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގެ ދެ މުބާރާތުގައި ވެސް ފައިނަލު މެޗު ކުޅުނު އަޒްޓެކާ އެވެ.

ޕެލޭ ބޮޑު ހިއްސާ އަކާ އެކު އިޓަލީ ބަލިކޮށް 1970 ގެ ވޯލްޑް ކަޕް ޗެމްޕިއަންކަން ބްރެޒިލުން ހޯދީ މި ދަނޑުގައި ކުޅުނު ފައިނަލް މެޗުގަ އެވެ. އެ މެޗުގައި ބްރެޒިލަށް ފުރަތަމަ ލަނޑު ޖަހައިދީ ލީޑް ނެގީ ޕެލޭ އެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 4-1 ންނެވެ. އާޖެންޓީނާއިން 1986 ގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދީ، ހުޅަނގު ޖަރުމަނާ ދެކޮޅަށް އެ ދަނޑުގައި ކުޅުނު ފައިނަލުގަ އެވެ. އާޖެންޓީނާއިން 3-2 ން ކުރި ހޯދި މެޗުގައި، އެޓީމު މޮޅުކޮށްދިން ލަނޑު ހޯޖޭ ބްރޫޗާގާ ޖެހީ މެރަޑޯނާ ދިން ބޯޅައިންނެވެ.

މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި ހުންނަ މި ސްޓޭޑިއަމް ވެގެންދާނީ ވޯލްޑް ކަޕްގެ ތިން މުބާރާބާއްވތް ކުޅޭ ފުރަތަމަ ސްޓޭޑިއަމަށެވެ.

މެކްސިކޯގގެ އަޒްޓެކާ ސްޓޭޑިއަމް1986 ގެ ފައިނަލް މެޗު ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯއެއް --- ފައިލް ފޮޓޯ: ބޮބް ތޯމަސް ދްޕޯޓްސް ފޮޓޯ ގްރަފީ

ހަތަރު އަހަރު ފަހުން ބާއްވާ 2026 ގެ ވޯލްޑް ކަޕް ވެގެންދާނީ، މުބާރާތުގެ ތާރީހުގައި ވެސް ތިން ގައުމެއްގައި މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ދެ ގައުމު ވެގެން މުބާރާތް ބާއްވާފައި ވަނީ 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެއާގަ އެެވެ.

މި ވޯލްޑް ކަޕާ ގުޅޭ އަނެއް ހާއްސަ ކަމަކީ ޓީމުތަކުގެ އަދަދު 48 ށް އިތުރު ކުރުމެވެ. މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ 1998 ގައި ތައާރަފް ކުރި 32 ޓީމުގެ ޖާގަ އަށް ކުޅޭ ފަހު ވޯލްޑް ކަޕެވެ. ޓީމުތަކުގެ އަދަދު 48 އަށް އިތުރުކޮށް ކުޅޭ މުބާރާތުގައި 16 ގުރޫޕަކަށް ޓީމުތައް ބަހާލާނެ އެވެ. ކޮންމެ ގުރޫޕެއްގައި ތިން ޓީމު ހިމެނޭނެ އެވެ.

މުބާރާތް ކުލޭ 16 ސިޓީ ހާމަ ކުރުމަށް ފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 2026 ގެ ވޯލްޑް ކަޕް ސިފަ ކުރެއްވީ 80 ފައިނަލް ކުޅެވިގެންދާނެ މުބާރާތެއް ގޮތުގަ އެވެ. މިހާރު މުބާރާތުގައި 64 މެޗު ކުޅުނު ނަމަވެސް 48 ޓީމާ އެކު 2026 ގައި ޖުމްލަ 80 މެޗު ކުޅޭނެ އެވެ.

މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު 1970 ގެ ވޯލްޑް ކަޕް ފައިނަލް މެޗު މުބާރާތް ކާމިޔާބު ކުރި ބްރެޒިލްގެ ޕެލޭ ތައްތާއެކު އުފާފާޅު ކުރަނީ --- ފައިލް ފޮޓޯ: ބޮބް ތޯމަސް ދްޕޯޓްސް ފޮޓޯ ގްރަފީ

"މި ސިޓީ ތަކުގައި ވަރަށް ފުރިހަމަ ވޯލްޑް ކަޕެއް ބޭއްވޭނެ. މިއަދު ވޯލްޑް ކަޕުގައި ކުޅެނީ 64 މެޗު. އެކަމަކު 2026 ގައި 80 ސުޕަބޯލް، 80 ވާދަވެރި މެޗު، 80 ފައިނަލް ކުޅެވޭނެ. އަޅުގަނޑުމެން ޔަގީން ކުރާނަން އެ މެޗުތައް އެންމެ ރަނގަޅު ހާލަތުގައި ކުޅެވޭތޯ،" އެމެރިކަން ފުޓުބޯޅައަށް ފޯރި އޮންނަ ހިސާބެއްގައި ބާއްވަން ހަމަޖެހިފައިވާ ތާރީހީ މުބާރާތާ ގުޅޭގޮތުން އިންފަންޓީނޯ ވިދާޅުވި އެވެ.

ވޯލްޑް ކަޕް ކުޅޭ ސިޓީ ތައް:

އެމެރިކާ: އެޓްލާންޓާ، ބޮސްޓޮން، ޑަލަސް، ހޫސްޓަން، ކެންސާސް ސިޓީ، ލޮސް އެންޖެލެސް، މަޔާމީ، ނިއުޔޯކް/ނިއުޖާޒީ، ފިލަޑެލްފިއާ، ސެން ފްރަންސިސްކޯ ބޭ އޭރިއާ، ސީއެޓްލް

މެކްސިކޯ: ގުއަޑަލަހާރާ، މެކްސިކޯ ސިޓީ، މޮންޓެރޭ

ކެނެޑާ: ޓޮރޮންޓޯ، ވެންކޫވާ

ފީފާގެ ވިސްނުން ހުރީ މުބާރާތުގެ ނޮކައުޓް ބުރުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ވެސް ހިމެނޭ ހެން، ޖުމްލަ 80 މެޗުގެ ތެރެއިން 60 މެޗު އެމެރިކާގައި ކުޅޭށެވެ. އަދި އެ މުބާރާތް ވެގެންދާނީ އެމެރިކާގައި ބާއްވާ ދެވަނަ ވޯލްޑް ކަޕަށެވެ. ސައުވީސް ޓީމާ އެކު ކުޅުނު އެންމެ ފަހު ވޯލްޑް ކަޕް؛ 1994 ގައި ބާއްވާފައި ވަނީ އެމެރިކާގަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ލޮސް އެންޖަލިސްގެ

ހަމަ އެއާ އެކު މިއީ މެކްސިކޯ ގައި ވޯލްޑް ކަޕް ބޭއްވިގެންދާ ތިންވަނަ ފަހަރެވެ. މިއީ ކެނެޑާގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާލައާދަނު

18 June 2022

ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ކުޅުންތެރިޔަކީ ޕެލޭ.

The name is already taken The name is available. Register?

އެންކާނީ

19 June 2022

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ ޕެލޭ ކުޅުންތެރިން ފެނަވަރު މާނަކުރަނީ އެމީހަކު ހޯދާ އެނމެ މަތީ ކާމިޔާބީއައް ނިސްބަތްކޮއް 3 ފަހަރު ވޯލްޑް ކަޕް ކާމިނޔާބު ކުރީ ޕެލޭ ޕެލޭ އެއީ އެންމެ މޮޅު ކުރިންތެރިޔާ ދުނިޔޭގަ އުފެދުނު

The name is already taken The name is available. Register?

ސިޱޭ

18 June 2022

ދުނިޔޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ ސައްކެއްވެސް ޱިއޭގޯ މެރަޱޯނާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454