03 ޖުލައި 2025 - 13:41
އިނގިރޭސި ގަދަބާރު ލިވަޕޫލާއި، ޕޯޗުގަލް ގައުމީ ޓީމުގެ ފޯވާޑް ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ ކާރު އެކްސިޑެންޓެއްގައި މިއަދު ހެނދުނު މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޖޮޓާ އޭނާގެ ޒަމާންވީ ލޯބިވެރިޔާއާ ކައިވެނިކުރީ މިދިޔަ ހަފުތާގަ އެވެ. އޭނާގެ ތިން ކުދިން ތިބެ އެވެ.
އުމުރުން 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ، 26، މަރުވި އެކްސިޑެންޓް ހިނގީ ސްޕެއިނުގެ ޒަމޯރާގަ އެވެ. އެ ދެ މީހުން ދަތުރުކުރަމުން ދިޔަ ކާރު ކަހާލައިގެން ވެއްޓި، ވަރަށް ބޮޑަށް އަލިފާންރޯވި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
އޭނާގެ ކޮއްކޮ އަންދްރޭ އަކީ ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަނުގެ އެފްސީ ޕެނަފިއެލްގެ ކުޅުންތެރިއެކެވެ. ޖޮޓާ ލިވަޕޫލްއާ ގުޅުނީ 2020 ވަނަ އަހަރު އިނގިރޭސި ކްލަބް ވުލްވްސް އިން 44.7 މިލިއަން ޔޫރޯ އަށެވެ. އޭނާ ވަނީ ލިވަޕޫލަށް 182 މެޗު ކުޅެދީ 65 ގޯލު ޖަހައިދީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގާއި، އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.
ޖޮޓާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް 2019 އިން ފެށިގެން 49 މެޗު ކުޅެދީފަ އެވެ. ޕޯޗުގަލް އިން މި އަހަރާއި، 2019 ގެ ޔުއެފާ ނޭޝަންސް ލީގު ކާމިޔަބުކުރިއިރު ޖޮޓާ ސްކޮޑުގައި ހިމެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސދަސއ
04 July 2025
ގޯލްޑްޑިގާ މެންގެ ކަމަކަށްވާނީ.