09 ނޮވެމްބަރ 2017 - 14:19
ބާސެލޯނާ (ނޮވެމްބަރު 9) – އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިނާ ނުޖެހި ސަލާމަތްވާން ބޭނުންވާ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ގުރު ނެގުން އަންނަ މަހު އޮންނާނެ އެވެ. އެއް ވަނައިހައި ސްޕެއިން ސީޑްކޮށްފައިނުވާތީ އާޖެންޓީނާ، ބްރެޒިލް، ޖަރުމަން ނުވަތަ ފްރާންސުގެ ތެރެއިން ޓީމަކާ އެއް ގްރޫޕަކަށް ދިއުމުގެ ފުރުސަތު ސްޕެއިނަށް އެބައޮތެވެ.
"އަހަރެން ބޭނުން ސްޕެއިނާ ނުޖެހިވާން. ސަބަބަކީ އެ ޓީމު ވާނީ އެ ޖެހޭ ކޮންމެ ޓީމަކަށް ވެސް ވަރުގަދަ ކުރިމަތިލުމެއް ދޭނެ ޓީމަކަށް. އަހަރެން ގަބޫލުކުރާ ގޮތުގައި މި ވަގުތު އެންމެ ވަރުގަދަ މަގާމްތަކުގައި އޮތީ ސްޕެއިނާއި ޖަރުމަނާއި ފްރާންސް އަދި ބްރެޒިލް. އެ ޓީމުތަކަކީ ވަކިވަކި އެންމެ މޮޅު ކުޅުންތެރިންނާ އެކު އެންމެ މޮޅަށް ކުޅެމުން އަންނަ ޓީމުތައް،" މެސީ ބުންޏެވެ.
ސްޕެއިނުގައި މެސީއާ އެކު ބާސެލޯނާ އަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އަންދްރޭ އިނިއެސްޓާ އާއި ޖެރާޑް ޕީކޭ އާއި ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީގެ ފަންކަ
10 November 2017
ކޮބާތަ މައްސަލައަކީ.. ކޮންމެ މީހަކުވެސް ބޭނުން ވާނީ ފަސޭހަކަމާއެކު ކާމިޔާބު ހޯދަން. އޭގެ މާނައެއް ނޫން އޭނާ ކުރިމަތީ ހުރި މީހާ ދެކެ ޖެހިލުންވެ ބިރު ގަންނަނީއޭ. މެސީ އަކީ ހަމަ ބެސްޓް..
ހެންޑެލި
09 November 2017
ވޯލްޑްކަޕް ގުރުލާއިރު ސްޕެއިން ސީޑްނުކުރަންވީ ސަބަބެއް ނުވިސްނޭ، ސްޕެއިން ވޯލްޑްކަޕަށް ކޮލިފައިވީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ
ޞަރަންގ
09 November 2017
ބުނަންވީއެއްނު ރާއްޖެ އާއެކީ ކުޅެ ވޯލްޑްކަޕް ތަށިލިބޭނަމައޭ، މާބިރުން ތިޔައުޅެނީ
ލުގުމާނުގެ ބައްޕަ
09 November 2017
ރާއްޖެ ކޮބާ؟؟
ސަރަންގ ބައްޕަ
09 November 2017
މެސީދިނީ ނޫސްވެރިންކުރި ސުވާލަކަށް ޖަވާބު! މެސީނޫޅޭ އަމުދުން ވަކިބައެއްދެކެ ބިރަކުން!