ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އާއި މިހާރުގެ ކޯޗު މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
19 ޖުލައި 2016 - 08:48
ލަންޑަން (ޖުލައި 19) - މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ހޯދި ކާމިޔާބީ އެ ޓީމުގެ އާ ކޯޗު ހޯސޭ މޮރީނިއޯ އަށް ތަކުރާރު ކުރެވޭނެ ކަމަށް ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
"މޮރީނިއޯ އަކީ ޔުނައިޓެޑްގެ އާ ފާގަސަން. މޮރީނިއޯ ޔުނައިޓެޑްގައި 26 އަހަރު ވަންދެން ނުހުރެފާނެ. އެކަމަކު މޮރީނިއޯ އަށް ފާގަސަން ހޯދި ފަދަ ކާމިޔާބީ ތަކުރާރު ކުރެވޭނެ،" ރަނިއޭރީ ބުންޏެވެ.
ރަނިއޭރީ ވަނީ މިދިޔަ އަހަރު ލެސްޓާ އަށް ޕްރިމިއާ ލީގު ހޯދައިދީފަ އެވެ. މިއީ ލެސްޓާގެ 132 އަހަރުވީ ތާރީހުގައި އެޓީމުން ލީގު ހޯދި ފުރަތަމަ ފަހަރެވެ. ރަނިއޭރީ ބުނީ މިފަހަރު ލީގު ދިފާއުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"އަނެއްކާ ވެސް ވިސްނަންވީ މި ފަށަން ޖެހެނީ އެއްވެސް އެއްޗެއް ނެތް ކަމަށް ބަލައިގެން. މިދިޔަ އަހަރުގެ ޗެމްޕިއަނުންގެ ވިސްނުމުގައި ނުކުމެގެން އަހަރެމެންނަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވާނީ. ބޭނުންވަނީ ކުޅުންތެރިންނަށް އެންމެ ފަސޭހަ ގޮތަކަށް ކުރިއަށްދާން" ކުރިން ޗެލްސީ އާއި ރޯމާ އަށް ކޯޗުކޮށްދިން ރަނިއޭރީ ބުންޏެވެ.
މި ސީޒަނުގައި ޗެލްސީގެ ކޯޗު ކަމާ އެންޓޯނިއޯ ކޮންޓޭ ވަނީ ހަވާލުވެފަ އެވެ. އަދި މެންޗެސްޓާ ސިޓީން ވަނީ އެ ޓީމު ޕެޕް ގާޑިއޯލާއާ ހާވަލުކޮށްފަ އެވެ.
"ޓީމުތައް ވަނީ އިތުރަށް ވަރުގަދަވެފައި. މި ފަހަރު ކުރިއަށް ވުރެ ވާދަވެރި. ކޮންޓޭ އާއި ގާޑިއޯލާ އަކީ ވަރަށް މޮޅު ދެ ކޯޗުން. މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ތަފާތު ސީޒަނެއް." ރަނިއޭރީ ބުންޏެވެ.
އޭނާ ބުނީ ޓީމުގެ ބައެއް ކުޅުންތެރިން ކްލަބް ދޫކޮށް ދިޔަ ނަމަވެސް އެތަން ފޫބައްދަން ހުނަރުވެރި ކުޅުންތެރިން ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީއެސްބީވެންގާ
19 July 2016
ފާގަސަން ދިޔަ މަގުންވެސް ބަހަށް ނުދެވޭނެ. ޔަގީން އޯކޭ ބާއީ ތޭންކްސް
މޮހޮދޭ، މާލެ
19 July 2016
ފާގަސަން ހޯދައިދިން ކާމިޔާބީއާއި ކައިރި ކުރާ ވަރުވެސް ނުވާނެ. މޮރީނިޔޯ އަކަށް ނުވާނެ!
މެންޓަލިސްޓް
19 July 2016
ކުލުންތެރިންއެވަރަށް މޮޅުވެ ހިއްވަރުކޮއްފިއްޔާމުން ވެދާނެ ، އަސްލު ކުޅުންތެރީންގެ އަތުގައި އޮންނާނީ %90 ދެނަ ކޯޗްއަތުގައި %10 ، އެހެންހިނގާކަމެށް ތީ ،،އަދި އޮންނާނެ އެންމެބޮޑު ކަންތަށް "ނަސީބް" އެއާނުލައެއް މޮޅެށްނުވެވޭނެ ،