24 އެޕްރީލް 2018 - 10:12
ބާސެލޯނާ (އޭޕްރިލް 24) - ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ މި ސީޒަން ނިމުމުން އެ ކްލަބުން ވަކިވާން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާއާ މި ސީޒަނުގައި ހަވާލުވި ވަލްވާޑޭ މިހާތަނަށް އެ ޓީމަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށްދީފައިވާއިރު ސްޕެނިޝް ލީގު ހޯދަން ބާކީ ފަސް މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މި ކާމިޔާބީތަކާ އެކު ވެސް ކްލަބުގެ ބޯޑާ ގުޅުން ގޯސްވެފައިވާ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޯޑުން އޭނާއާ މެދު ހިތްހަމަނުޖެހުން އުފެދުނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޯމާ އަތުން ބަލިވެ ކެޓުމުންނެވެ. ފުރަތަމަ ލެގުން 4-1 އިން މޮޅުވި ނަމަވެސް ދެ ވަނަ ލެގުން 3-0 އިން ބަލިވެ މުބާރާތުން އަލްވަދާއު ކިޔަން ޖެހުނީ އެވެ.
އެކަމަކު ބާސެލޯނާގެ ކުޅުންތެރިންގެ ތާއީދު ވަލްވާޑޭ އަށް އޮތް ކަމަށްވެ އެވެ. އެހެންވިޔަސް ބޯޑާ ހިޔާލުތަފާތުންތަކެއް އުޅޭ ނަމަ އޭނާ ކްލަބުގައި ހުރުމުގެ ފުރުސަތު ކުޑަ ކަމަށް ވާހަކަދެކެވެ އެވެ.
ބާސެލޯނާ އަށް 1988 އިން 1990 އަށް ކުޅެފައިވާ އުމުރުން 54 އަހަރުގެ ވަލްވާޑޭ އެންމެ ސީޒަނަކަށް ފަހު ބާސެލޯނާ ފަދަ ކްލަބެއްގެ ކޯޗުކަން ދޫކޮށްލައިފި ނަމަ ޔަގީނުން ވެސް ގިނަ ބަޔަކަށް ހައިރާންކަމެއް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
24 April 2018
ސުޒޭނު މިއޮތީ ރަގަޅު ޗެލެންޖެއް ފޯނު ހިފައިގެން އުޅެއްޗޭ.
ރަދީފް
24 April 2018
މިފެންނަނީ ތަފާތު.ވެންގާ ތައްޓެއް ނުހޯދި 12 އަހަރު ހުރިއިރުވެސް ކޯޗްގެ މަގާމްގަ.ކޯޗްގެ ފުރަތަމަ ސީޒަނުގަ މުބާރާތަކުން ކެޓީމަ އެވީ ބޭރުކުރަން.ޝުކުރިއްޔާ ވެންގާ.
މޮހޮނާ
24 April 2018
އާސަނަލްގެ ބޯޑުން ވެންގާ އުރާލައިގެން އަތްދަނޑިމަތީގައިވެސް ގެންގުޅޭހާވޭ. ސަބަބަކީ ވެންގާ ހަވާލުވުމުގެކުރިން އާސަނަލްއަކީ އޮންނަ ކުލަބެއްކަން ދުނިޔެ ނުދަނޭ. ދުނިޔޭގެ ސަމާލުކަން އާސަނަލްއަށް ލިބުނީ ވެންގާގެ ޓެކްޓިކްސްތަކާއެކު އެޓީމް ދެއްކި ރީތި ކުޅުމުގެ ސަބަބުން.
ވެންގާ
24 April 2018
މަރުހަބާ ރަދީފް! #ރަދީފްއައުޓް
ރަދީފް
24 April 2018
އަހަރުމެން ދަންނަން އާސެނަލް ފުޓްބޯޅަ ކްލަބް އޮންނަކަން.އަދި ދުނިޔެވެސް ދަނޭ.މޮހޮނު ތިޔައީ 24 އަހަރުގެ ކުއްޖެއްނަމަ ނޭނގިދާނެ.
ސުނީ
25 April 2018
ވެންގާ ހަވާލުވުމުގެ ކުރިންނޭ ދޯ އެއޮތީ؟
ވެންގާ
25 April 2018
24 އަހަރުގެ ކުދިން އުޅޭ؟