04 ޖޫން 2018 - 12:13
ބާސެލޯނާ (ޖޫން 4) - މެންޗެސްޓާ ޔުނައިޓެޑުގެ ބޮޑު ހުށަހެޅުމަށް ނޫނެކޭ ބުނެ ފްރާންސްގެ ޑިފެންޑަރު ސެމިއުލް އުމްޓީޓީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.
ބާސެލޯނާއާ އެކު ކުރިން އުމްޓީޓީ ހަދާފައި އޮތް އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 60 މިލިއަން ޔޫރޯ ދައްކަން ގިނަ ކްލަބްތަކުން އޮތީ ތައްޔާރަށެވެ.
އުމްޓީޓީ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރީ ޔުނައިޓެޑުންނެވެ. ޔުނައިޓެޑުން އޭނާ އަށް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވަނީ ބޮޑު މުސާރައެއް ހުށަހަޅައިފަ އެވެ. ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އުމްޓީޓީގެ އޭޖެންޓް އަދި އޭނާގެ ބޭބެ ޔަނިކް އުމްޓީޓީ ވަނީ ޔުނައިޓެޑާ އެކު މަޝްވަރާތަކެއް ބާއްވައިފަ އެވެ.
އުމުރުން 24 އަހަރުގެ އުމްޓީޓީ ވަނީ ބާސެލޯނާ އެކު 2023 ގެ ނިޔަލަށް ކޮންޓްރެކްޓް ހަދައިފަ އެވެ. އުމްޓީޓީގެ އެއްބަސްވުން އާ ކުރުމަށް ފަހު ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ދެ އަހަރުގައި އުމްޓީޓީގެ ފަރާތުން ފެނުނު މޮޅު ކުޅުމާ އެކު އޭނާ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވެފައިވާ ކަމަށެވެ.
އުމްޓީޓީ އަކީ 2007 ވަނަ އަހަރަށް ފަހު ބާސެލޯނާ އަށް ސޮއިކުރި އެންމެ އަގުބޮޑު ޑިފެންޑަރެވެ. އޭނާ ހޯދަން ބާސެލޯނާ އިން ވަނީ 2016 ވަނަ އަހަރު ލިޔޯނަށް 25 މިލިއަން ޔޫރޯގެ ފީއެއް ދެއްްކުމަށް ފަހު އެވެ.
އުމްޓީޓީ އަކީ މި ފަހަރު ވޯލްޑް ކަޕަށްދާ ފްރާންސް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުން ވިދާލި އުމްޓީޓީ ފަހަކަށް އައިސް އަންނަނީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ހޯދަމުންނެވެ. ފްރާންސް މިދިޔަ ހުކުރު ދުވަހުގެރޭ އިޓަލީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އުމްޓީޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްނަމް
04 June 2018
މަރުހަބާ
ނާގިން
04 June 2018
ރަދީފު ފުރެންޑޫ RUMORS އަކީ ރޫމާރޒް. ރަމާސްއެއް ނޫން. ފުރެންޑުގެ އޮއްޓަރު ހުރިވަރު އެނގިއްޖެ. ފުރެންޑު ތިހާ ރުޅިއެއް ތިޔައައީ މެންޔޫގެ ހިއްސާދާރަކީ އުތަ؟
ރަދީފް
04 June 2018
ޔުނައިޓެޑަށް ނުދާނެ ދަގަނޑޭ ވެސް.
އެކުވެރިއާ
04 June 2018
އާސެނަލަށް ނަމަ ދިޔައީސް ދޯ؟؟؟ ހާހާހާހާ
ރަދީފް ފްރެންޑް
04 June 2018
އުމްޓީޓީ ހޯދާކަށް މެންޗެސްޓަރ ޔުނައިޓެޑުގެ ބޮޑު ހުށަހެޅުމެއް ކީއްކުރަން އެއްވެސް ވަރެއްގެ ހުށަހެޅުމެއްވެސް މެންޗެސްޓަރ ޔުނައިޓެޑުން އުމްޓިޓީއަކަށް ހުށަހަޅާފައެއްނުވޭ، މެންޗެސްޓަރ ޔުނައިޓެޑުން ގެންނަން އުޅެނީ ޓޮޓެންހަމްގެ ޓޮބީ އަލްޓަވެރާޑް. ދުނިޔޭގެ ޓްރާންސްފަރ ޚަބަރުތައް ގެނެސްދޭ އޮށްޓަރެއްހުރި އެއްވެސް ވެބްސައިޓެއްގަ ރަމާސް އެއްގޮތުގަވެސް މެންޗެސްޓަރ ޔުނައިޓެޑުން އުމްޓީޓީ ގެންނަންއުޅޭ ވާހަކައެއް ނެތް. އިނގިރޭސި ވިލާތުގެ ކުލަބެއްގެ ޓްރާންސްފަރ ޚަބަރެއް ސްކައި ސްޕޯރޓްސް އަދި ބީ.ބީ.ސީ ސްޕޯރޓްސް އިން ރިޕޯޓް ނުކުރާނަމަ އެއީ ބުހުތާނު ދޮގެއްކަމުގައި ނޫނީ ނުވާނެ.
ރަދީފް
04 June 2018
އެކުވެރިޔާ ، ގްރީން ސްޓްރީޓްސް ނަމަ ދާނެ.ލޮލް