ބާސެލޯނާގެ ރައީސް ބާޓޮމެއު (ވ) އެ ޓީމަށް ސޮއިކުރި މަލްކޮމްއާ އެކު.-- ފޮޓޯ: ބާސެލޯނާ
14 އޯގަސްޓް 2018 - 09:42
ބާސެލޯނާ (އޮގަސްޓް 14) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ވިޔަފާރި އަދި ނުނިމޭ ކަމަށް އެ ޓީމުގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.
ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބްރެޒިލްގެ ވިންގާ މެލްކޮމް އާއި ގްރެމިއޯގެ ބްރެޒިލް މިޑްފީލްޑަރު އާތޫރު މެލޯ އާއި ސެވިއްޔާ އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލެޓް އަދި ބަޔާން މިއުނިކަށް ކުޅޭ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ގެނެސްފަ އެވެ.
ބާސެލޯނާ އިން ދޫކޮށްލި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ވަޓްފޯޑަށް ވިއްކާލި ޖެރާޑް ޑެލޮފޭއޫ އާއި ގުއަންޒޫ އަށް ދޫކޮށްލި ޕައުލީނިއޯ އަދި އެވަޓަން އަށް ވިއްކާލި ޔެރީ މިނާ އާއި ލޯނަކަށް ދިން އަންޑްރޭ ގޯމޭސް ހިމެނެ އެވެ. އަދި އެ ޓީމުގެ ލެޖެންޑް އަންދްރެސް އިނިއެސްޓާ ވެސް ވަނީ ޖަޕާނުގެ ވިސެލް ކޯބޭއާ ގުޅިފަ އެވެ.
"އަހަރެން ކުޅުންތެރިންގެ ނަމެއް ނުކިޔާނަން. އަހަރެން އެހެން ޓީމުތަކަށް އިހުތިރާމްކުރަން. މާކެޓްގައި އަހަރެމެންނަށް އަދި ވެސް 20 ވަރަކަށް ދުވަސް އެބައޮތް. އަދި އަހަރެމެންގެ ވިޔަފާރި ނުނިމޭ. ކުޅުންތެރިން ގަތުމާއި ވިއްކުން ކުރިއަށްދާނެ،" ބާޓޮމެއު ވިދާޅުވި އެވެ.
ބާސެލޯނާ އިން ފާރަލަމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު ޕީއެސްޖީ އަށް ކުޅޭ އެޑްރިއަން ރަބިއޮޓް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕައުލް ޕޮގްބާ ހިމެނެ އެވެ. ޕޮގްބާގެ އޭޖެންޓް އަންނަނީ އޭނާ ބާސެލޯނާ އަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެކަމަކު އިނގިރޭސި ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވެފައިވުމުން ޔުނައިޓެޑުން އެއްވެސް އަގެއްގައި ޕޮގްބާ ވިއްކާލުމުގެ މަޝްވަރާ ނުކުރަންވަނީ ނިންމައިފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕޮގްބާގެ ޑީލް ކުރިއަށް ނުގޮސްފިނަމަ އޭނާ އަށް ޖެނުއަރީ މަހު ބާސެލޯނާ އިން ބިޑެއް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާ އަށް ކުރިން ކުޅުނު ބަޔާންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އަލުން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ޖަރުމަނު މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި ބަޔާނުގެ އާ ކޯޗު ނިކޯ ކޮވަޗްގެ ޕްލޭނުގައި ތިއާގޯ އަށް އެހާ ގިނަ ފުރުސަތު ނުލިބޭނެ ކަމަށް ބެލެވޭއިރު، އޭނާ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް ޖަރުމަނު ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ބާސެލޯނާ އިން ވަނީ އާދިއްތަ ދުވަހުގެރޭ ސެވިއްޔާ އަތުން 2-1 އިން މޮޅުވެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
15 August 2018
ބާސާތިއުޅެނީ ޗެމްޕިއަންސްލީގް ރެޢާލުން ޖެހިޖެހިގެން 3 ފަހަރު ނެގީމަ ހޭކެނޑިގެން. މޮޔަނުވިއަސް އެތަށިވެސް ރޯދިހުރިއްޔާ ލިބޭނެ.
ރަދީފް
15 August 2018
މިއީ 02 ކްލަބްގެ ޓްރޮފީ ގުނައިގެން ފައިދާއެއް ވާނެ ވަގުތެއްނޫން.ނަމަވެސް ބާސާގެ ތަށިތައް ގިނަވަނީ ސްޕެނިޝް ސުޕަރ ކަޕް ހިމަނައިގެންގުނާތީކަމަށް އެކަކު ކޮމެންޓްކޮއްފަ އޮތީމަ ބުނެލަން ބޭނުންވަނީ ބާސާގެ ޓްރޮފީގެ އަދަދު ޖުމްލަ 95 ، ރެއާލް 91 . ބާސާ ވަނީ އެބުނާ ސުޕަރކަޕް 12 ފަހަރު ކާމިޔާބްކޮއްފަ. ރެއާލް 10 ފަހަރު. ކޮންްކްލޫޝަން: ބާސާ:95-12= ޖުމްލަ 83 ރެއާލް:91-10= ޖުމްލަ 81 .އަދިވެސް ކުރީގަ އޮތީ ބާސާ ދޯ.(ނޯޓް:ޔޫސީއެލްއަށް އެކަނި ބަލާނަމަ ރެއާލް އޮތީ އެހެން ޓީމްތަކަށް ވުރެ ކުރީގަ). #ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ޕެރޯސްޑިމެޑްރިޑް
ރޯނުއެދުރު ރަދީފްް
15 August 2018
ރެއާލް އަށް 10 ސުޕަރކަޕް. ބާރސާއަށް 13. ސުޕަރކަޕް އަށް ބަދަލުވުމުގެ ކުރިން ކުޅެވުނު ކަޕްއިން (ސްޕަރކަޕްގެ ޕްރިޑެސެސަރ އިން) ބާރސާއަށް 4، ރެއާލަށް 1. މާނައަކީ ބާރސާއަށް ޖުމްލަ 17 ސުޕަރކަޕް، ރެއާލަށް 11 ސުޕަރކަޕޭ. ދެން ނިކަން ހިސާބު ޖަހާބަލަ. ބާރސާ: 95-17=78 ރެއާލް: 91-11 = 80. ކޮން ބައެއް ކުރީގަ. ކޮންމެ ކަމެއްގަވެސް ބާރސާ ފޭނުން މިބަލަނީ އޮޅުވާލެވޭތޯ! ދެން އިނގިރޭސި ޓީމަކަށް ކޮމިއުނިޓީ ޝީލްޑް ލިބުނަސް އެކައުންޓް ނުކުރާ އެއްޗެއް، އެކަމަކު ބާރސާއަށް ސުޕަރކަޕް ކާމިޔާބު ކުރެވުނީމަ އެއީ ޗެމްޕިއަންސް ލީގަށްވުރެވެސް އަގުބޮޑު އެއްޗެއް. އެހެންވެ މިބުނަނީ ފެންބޯ ތަށްޓާ އެއްކޮށޭ ބާރސާއަށް ޓްރޮފީ ގިނަވަނީ.
ރަދީފްގެ ހިޔަނި
15 August 2018
ބަލަ ރޯނު އެދުރާ ކަލޭ ހީކުރަނީ ފުޓުބޯޅަ ހިސްޓްރީ އާ ހިސާބުޖަހަން އެނގެނީ ހަމައެކަނި ކަލެއަށާ ބަރްކާ ސަޕޯޓަރުންނަށް އެކަނި ކަމަށްތަ؟ #ހަލާ މެޑްރިޑް #ޔުއެއްފަލާނޯ #ފީފަލާނޯ #ރެފްރީލާނޯ
ލޯންސްްޓަރ
14 August 2018
ދުނިޔޭގެ އެންމެ އަގުބޮޑު ސްކޮޑާއެކު މަމެން ވާދަކުރަން ބޭނުންވަނީ ހަމަ އެކްނީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕުގަ. އެވެސް މަމެންނަށްވުރެ ތިން ގުނަ އަގު ދަށް ސްކޮޑްތަކާ ދެކޮޅަށް. މިކަން ވާނެ
ރަދީފް
15 August 2018
ހެހެހެހެ ލޯންސްޓަރ.ސްޕެނިޝް ލީގް ކަލޭޓީމަށް ގެއްލުނީމަ ދޯ އަސަރުކުރީ؟؟ޔުއެފާ ސުޕަރ ކަޕްގަ މިރޭ ކަލޭގެ ޓީމް އެތުލެޓިކޯއަތުން މޮޅުވޭތޯ ދުއާކުރުން ބުއްދިވެރި.#ޕުތަމެޑްރިޑް #ޕެރޯސްޑިމެޑްރިޑް
ލޯންސްްޓަރ
15 August 2018
ރަދީފޫ. ބަލަ އެވާހަކައެއްނު މިދައްކަނީ؟ ބާރސާއަށް ވާދަކުރެވޭނީ ބާރސާއަށްވުރެ 3ގުނަ އަގު ދަށް ސްކޮޑްތަކާއެކު ސްޕެއިނުގައޭ؟ އަހަރުންނަކީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއް. މުޅި ޔޫރަޕްގަވެސް ވާދަކުރެވޭނެ. ގެޓް ވެއްޖެކަމަށް ހީކުރަން.
ރަދީފް
14 August 2018
ސާބަހޭ ބާސާ. ވިޔަފާރި ޗެކް ފޮތަށް ވާންކޮއްފަ ބަހައްޓާތި.ގުޑް ލަކް.#ވިސްކައެލްބާސާ #ޕުތަމެޑްރިޑް #ޖޮޑާމެޑްރިޑް #ޕެރޯސްޑިމެޑްރިޑް
ހަލަ މެޑްރިޑް
14 August 2018
ރަދީފު ކަލެއަށް ކިތައްމެ އަސަރެއް ކުރިޔަސް ރެއާލް ވަރުގެ ކާމިޔާބު ޓީމެއް މިއުޑުދަށަކު ނެތް.
ހަލާ މެޑްރިޑްގެ ބަފާ
14 August 2018
ހަލާ މެޑްރިޑަށް. ރިއަލް މެޑްރިޑަށް ލިބިފައިވަނީ 88 އޮފިޝިއަލް ތަށި. ބަސެލޯނާއަށް 90 އޮފިޝިއަލް ތަށި ލިބިފައިވޭ. ދެން ކިހިނެއް ރިއަލް ބާސާއަށްވުރެ ކާމިޔާބީ؟ ވަރަށް ވެދުން ވިސްކާއެލްބާސާ
އީވަގު ނަސީމްް
14 August 2018
ފެން ބޯ ތަށިވެސް ލައިގެންތަ؟ މަގޭ އަތުގަވެސް އެބައިން 169 ތަށި. މަ މާ ކާމިޔާބު؟
ހަލާ މެޑްރިޑްގެ އަމާ
15 August 2018
ހިޓްލަރ ޒަމާނުގަ ކުޅެފަ ލިބިފަ ހުރި ފެންބޯތަށިތައް ލައިގެން މެޑްރިޑް ސަޕޯރޓަރސް މި ފުއްޕަނީދޯ؟ ލޮލް
ރޯނުއެދުރު ރަދީފްް
15 August 2018
ހަލާ މެޑްރިޑްގެ ބަފާ އަށް ވެދުން ސަލާމަށްފަހު ދަންނަވަން ބާސާ ތަށި ގިނަވެގެން އުޅެނީ ސްޕެނިސް ސްޕަރ ކަޕް ހިމަނައިގެން ތަށިތައް ގުނާތީ، ސްޕެނިސް ސްޕަރ ކަޕް އަކީ އޮފިޝަލް މުބާރާތެއް ނޫން، ސްޕެނިސް ސްޕަރ ކަޕް ނުލާ ތަށިތައް ގުނާލީމަ ތަށި ގިނައީ ރެއާލް މެޑްރިޑްގެ
ފޭކުލޯނާ
15 August 2018
ރާއްޖޭގަ ބާސާގެ ފޭނުން ގިނަޔަސް އަދި ކިތައްމެ ހަޖަމު ނުކުރެވުނަސް ދުނިޔޭގެ އޮފިޝަލް ސްޓޭންޑިންގ އިން ފެންނަން އެއޮތީ އެންމެ ކާމިޔާބު ކުލަބު. ބާސާ އޮތީ ރެއާލްގެ ފަހަތުގަ ދެވަނައިގައި. ތިން ވަނާގައި އޮތީ ބަޔާން މިއުނިކް. ހަޖަމު ކުރަން ދަތި ވިއަސް މީން ޒަމާނަކު ނެތް ބާސާ އަކަށް ކާމިޔާބީގެ ގޮތުން ރެއާލް އާ އަރާ ހަމަކުރެވޭކަށް.