22 ނޮވެމްބަރ 2018 - 12:24
ޕެރިސް (ނޮވެމްބަރު 22) – ބެލޮންޑިއޯ އެވޯޑް ލިބެން ޖެހޭނީ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ކުޅުންތެރިޔަކަށް ކަމަށާއި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗަށް އެވޯޑް ހައްގު ނޫން ކަމަށް ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ.
ވޯލްޑް ކަޕުގެ ފައިނަލުން ފްރާންސް އަތުން ކްރޮއޭޝިއާ ބަލިވި ނަމަވެސް އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ މޮޑްރިޗަށެވެ. އަދި ފީފާ އާއި ޔުއެފާގެ އެވޯޑް ވެސް ހާސިލްކުރީ މޮޑްރިޗެވެ. އެހެންވެ ބެލޮންޑިއޯ އެވޯޑް ވެސް އޭނާ ގެންދާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
އެކަމަކު ކަވާނީ ބުނީ ރެއާލް މެޑްރިޑުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އާއި އެތުލެޓިކޯ މެޑްރިޑުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރިޒްމަން އަދި ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އަށް އެވޯޑް ހައްގު ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ފްރާންސް ކުޅުންތެރިޔަކަށް އެވޯޑް ހައްގީ. އެހެން ކުޅުންތެރިން ވެސް އެބަތިބި އެކަމަކު ފްރާންސް ކުޅުންތެރިޔަކަށް ވާން ޖެހޭ. އެ މީހުން ވޯލްޑް ކަޕް ކާމިޔާބުކުރި،" ކަވާނީ ބުންޏެވެ.
ކަވާނީ ބުނީ މޮޑްރިޗްގެ ސީޒަން ވެސް ކާމިޔާބު ކަމަށާއި އެކަމަކު ވަރާން ވަނީ ޗެމްޕިއަންސް ލީގާއި ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައި ކަމަށް ވުމުން މޮޑްރިޗަށް ވުރެ އެވޯޑް ހައްގީ ވަރާން އަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލަންޑޯ
22 November 2018
ތިޔަ އެވޯޑުގެ ކްރެޓިބެލިޓީ މިހާރުވަނީ ގެއްލިފައި. މުޅި ސީޒަނުގައި ބުރަ މަސައްކަތްކޮށް ގިނަ ގޯލްތަކާއި އެސިސްޓް އަދި އެނޫންހެންވެސް ކަންތައްތައް ފުރިހަމަކޮށް ސްޓެޓިކްސްޓިކުން ކުރީގައި އުޅޭ ކުޅުންތެރިންނަށް އެވޯޑު ނުދިނުމަކީ ކުރެވޭ ވަރަށް ބޮޑު ކުށެއް އަދި މަލާމާތެއް. އެވޯޑު ދޭންޖެހޭނީ ޓީމް ޕާރފޯމަންސަކަށްނޫން. އިންޑިވިޖުއަލް ޕާރފޯރމަންސަށް ބަލާފައި. ވަރަށް ވެދުން.
ޝިފާއިސާލް
22 November 2018
ތިޔައީ ވަކިބަޔަކު ރުއްސަން ބުނިއެއްޗެއް