އަލް ސާދު ރޭ ކުޅުނު މެޗުގެ ތެރެއިން ޒަވީ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
21 މެއި 2019 - 10:18
ދޯހާ، ގަތަރު (މެއި 21) - ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާގެ އެންމެ ބޮޑު އުއްމީދަކީ ބާސެލޯނާ އަށް ކޯޗުކޮށްދިނުން ކަމަށާއި އެކަމަކު އެކަމަށް އަދި ވަގުތު ނަގާނެ ކަމަށް ގަތަރުގެ އަލް ސާދްގެ މިޑްފީލްޑަރު އަދި ސްޕެއިނުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ޒަވީ ފުޓްބޯޅަ ކެރިއަރު ނިންމާލީ ރޭ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާނުގެ ޕާސެޕޯލިސް އަތުން 2-0 އިން އަލް ސާދް ބަލިވި މެޗުންނެވެ. ރޭގެ މެޗުގެ ކުރިން ޕާސެޕޯލިސް އާއި އަލް ސާދުން ވަނީ ޒަވީ އަށް ހާއްސަ ހަދިޔާ އެއް ދީފަ އެވެ.
ބާސެލޯނާގެ ކޯޗުކަމަށް ޒަވީ އަންނާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވީ ނަމަވެސް ޒަވީ ބުނީ އަދި އެ މަގާމަށް އޭނާ ދާން އަވަސްކަމަށާއި ފުރަތަމަ ކުރަން ޖެހޭ އެހެން ތަޖުރިބާތަކެއް އެބަހުރި ކަމަށެވެ.
"ކޯޗަކަށް ވުމުގެ އުއްމީދުގައި އަހަރެން މި ހުރީ އުފަލުން. އެކަމަކު މި ވަގުތަށް ބަލާއިރު އަހަރެން ބޭނުމެއް ނޫން ފުރަތަމަ އެންމެ މަތިން ފަށަން. ކޯޗިން އަށް ބަލާއިރު އަހަރެން ފުރަތަމަ ދަސްކުރަންވީ ހިނގަން އަދި ދުވަން ވަގުތު ނަގާނެ. އުއްމީދަކީ ބާސެލޯނާ އަށް ކޮންމެވެސް ހިސާބަކުން ކޯޗުކޮށްދިނުން،" ބީންސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުންޏެވެ.
ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ކްލަބް ދޫކޮށްލިއިރު، އެ ޓީމާ އެކު ސްޕެނިޝް ލީގު އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
ޒަވީ އަށް ބާސެލޯނާގައި ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ވެސް ކްރައިފްގެ އިރުޝާދުގެ ދަށުން ލަ މަސިއާގައި ތަމްރީންވި ކުޅުންތެރިޔެކެވެ. ގާޑިއޯލާ ފަދަ މޮޅު ކޯޗަކަށް ޒަވީ ވެސް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ޒަވީ ބުނީ ގާޑިއޯލާ އެކޭ އެއްގޮތަށް ފުރަތަމަ ބާސެލޯނާ ބީ ޓީމުން ފެނުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"އަހަރެންގެ ކެރިއަރުގައި ތަފާތު ކޯޗުންނާ އެކު މަސައްކަތްކުރިން. އެންމެ ބޮޑަށް އަހަންނަށް ފައިދާއެއްކުރީ އަރަގޯނޭސް އާއި ގާޑިއޯލާގެ ފަރާތުން. އެ ދެ މީހުންގެ ކޯޗިން ކެރިއަރުން އަހަރެންނަށް ފިލާވަޅު ނެގޭނެ ގިނަ ކަންތައްތަކެއް އެބަހުރި. ފަށަން ޖެހޭނީ ދަސްކުރެވޭނެ މަރުހަލާއަކުން،" ޒަވީ ބުންޏެވެ.
ކޯޗިންގައި ކުރިއަށް ދިއުމަށް އެކި ގައުމުތަކުން މި ވަގުތު ވެސް ރަނގަޅު ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި އެކަަމަކު ގޮތެއް ނިންމާނީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ކަމަށެވެ. ސްޕެއިނުގެ ކެޓަލޯނިއާ ސަަރަހައްދަށް އުފަން ޒަވީގެ ޝަރަފްގައި ކެޓަލޯނިއާ އިން ހާއްސަ މެޗެއް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީީ
21 May 2019
ވަލޭއަށް ވީވަރު ނުވަންޏާ ކިތަންމެހާވެސް ރަނގަޅު. މިހާރު ސަޕޯރޓަރުން އެއުޅޭ ވައްތަރުން ނާކާމިޔާބީ ހަޖަމުނުވާ ޓީމަކާ ޒަވީމެން ފެންވަރުގެ ކުޅުންތެރިޔަކު ހަވާލުވާކަށް ނުފެނޭ. ކްލަބުގެ ތާރީޚުގަވެސް އެންމެ މޮޅު ކުޅުންތެރިޔާއާ އަދި ގިނަ ކާމިޔާބީތަކުގަ ހިއްސާވި، ކުލަބުގެ ލެޖެންޑް މެސީއާ ދަނޑުމަތިން، އެއަރޕޯރޓުން އަދި ބޭރުން އެކުރާ ފުރައްސާރަ އެއީ ތިކަމަކީ ގޯހެއްކަމަށް ހެކިދޭ ކަމެއް. ޒަވީމެން ނޮޅައިގެން ކާލަންވެސް ފަސް ނުޖެހޭނެހާ ނާތަހުޒީބު ލެވެލެއް އެއީ
މީނަ
21 May 2019
ވަލްވާރޑޭޔަށްވުރެ ސުޒޭންވެސް މޮޅުވާނެ. ބާސާގެ ސަޕޯރޓަރުން ރުޅިއަންނަނީ ބާސާގެ ޕާސިންގް ގޭމް ވަލްވާރޑޭ ނުކުޅޭތީ. ނާކާމިޔާބީގައި އަހަރުމެން އަބަދުވެސް ހިތްތިރިކުރާނަން.
ސަނީީ
21 May 2019
މީނަގެ ނަމުގައި ތިޔަ ކޮމެންޓްކުރަނީ ހަގީގީ ބާރސާ ފޭނެއް ނޫން. ހަގީގީ ފޭނުންކަމަށްވާ ރަދީފްމެން ބުނަނީ ވަލްވާރޑޭ އެއީ މޮޅު، ޓެކްޓިކްސް ދަންނަ، އެފަދަ ދެވަނައެއް ނެތް ކޯޗެއްކަމަށް
ރަދީފް
21 May 2019
@ސަނީ އަށް.ހުރިހާ ހަޑިއެއް ހާވަނީ ބާސާފޭނުން ކަމަށް ޕްރިޓެންޑް ވެގެން އުޅޭ ރެއާލްގެ ފޭކް ފޭނުން.@ސަނީއަށް ރެއާލް މެޗަކުން ބަލިވެއްޖެނަމަ ކޮމެންޓްކުރާކަށް ނުކެރޭ.ބަސާގެ ނަަން ފެނުނަސް ހެއެއްނުހުރޭ ސަނީގެ.
ވަލްވާރޑޭ
21 May 2019
ދެން ހަޑި ހޭވީ މެސީއޭތަ ތިޔަ ބުނަނީ؟
ރަދީފް
22 May 2019
@ވަލްވާޑޭ (އަސްލު ޒިދާން) ކަލޭގެ ބޮލެއް ހުރިއްޔަ އިނގޭނެ ދޯ މެސީ އެއީ ބާސާގެ ކުޅުންތެރިއެއްކަން.
ވަލްވާރޑޭ
22 May 2019
ރަދީފް (އަސްލު މީނަ) ދެން ދަނޑުމަތިންނާ އެއާރޕޯރޓުން މެސީއާ ދިމާކޮށް ފުރައްސާރަކުރީ ރަދީފްމެންކަހަލަ ބާރސާ ފޭނުން ނޫން ކޮން ބައެއްހޭ؟
މީނަ
22 May 2019
ވަލްވާރޑޭޔަށް. މިނަމުގައި ކޮމެންޓްކޮށްފައި މިވަނީ ރަދީފް ނޫންކަމުގައި ދަންނަވަން. ރޯދަޔަށްހުރެމެ މިބުނަނީ މިތާގައި ހަގީގަތް، މީނަ ނަމުގައި ކޮމެންޓްކުރާ ފަރާތަކީ ރަދީފްނޫންކަން. މިހާރުގައި ހަމައެކަނި ކޮމެންޓްކުރަނީ ރަދީފެއްނޫން އަދި ހަމައެކަނި ކޮމެންޓްކުރާ ބާސާ ފޭނަކީވެސް ރަދީފެއްނޫން. ޢަހަރެންގެ ކޮމެންޓްތަކުގެ ނަމަކަށް ގިނައިން ހުންނާނީ މީނަ އަދި ހަގީގަތް.
ރަދީފް
21 May 2019
ލެޖެންޑެއް.އުއްމީދަކީ ޒަވީ ތި ދެކޭ ހުވަފެން ހަގީގަތަށްވުން.
ޒަވީ
21 May 2019
ތޭންކްސް ބްރަދަރ