ރެއާލުގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ރެއާލް މެޑްރިޑް
31 މެއި 2019 - 13:41
މެޑްރިޑް (މެއި 31) - ޔޫރަޕްގެ އެންމެ ވަރުގަދަ ލީގަކީ ސްޕެނިޝް ލީގު ކަމަށް އެ ލީގުގެ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރީގެ ފޯވާޑް އަދި ރެއާލް ވަލަޑޮލިޑްގެ މެޖޯރިޓީ ހިއްސާދާރު ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
މި ފަހަރުގެ ޔޫރަޕް ފުޓްބޯޅައިގެ ދެ މުބާރާތް ކަަމަށްވާ ޔުއެފާ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ހަތަރު ޓީމަކީ އިނގިރޭސި ހަތަރު ޓީމެވެ. ރޮނާލްޑޯ ބުނީ އެންމެ ސީޒަނެއްގައި މި ގޮތަށް ދިމާވި ނަމަވެސް އެންމެ އަހަރުން ހުރިހާ ކަމެއް ބަދަލުނުވާނެ ކަމަށެވެ.
"އިނގިރޭސި ޕްރިމިއާ ލީގަކީ އެންމެ ގަދަ ލީގު ކަމަށް އެއްބަހެއްނުވަން. އަހަރެންގެ ނަޒަރުގައި އެންމެ ވަރުގަަދަ ލީގަކީ ސްޕެނިޝް ލީގު. ލީގެއް ވަރުގަދަވަނީ ވާދަކުރާ ޓީމުތަކާ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުމުން. އެ ގޮތަށް ބަލާއިރު ސްޕެނިޝް ލީގު އޮތީ އުހުގައި،" ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް މީގެ ކުރިން ކުޅުނު ރޮނާލްޑޯ ބުންޏެވެ.
ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ރެއާލް ވަލަޑޮލިޑްގެ ހިއްސާ ގަތުމުގެ ކުރިން އިނގިރޭސި ދެ ކްލަބަކާ ރޮނާލްޑޯ މަޝްވަރާކުރި އެވެ. ރޮނާލްޑޯ ބުނީ އޭނާ އިނގިރޭސި ކްލަބެއް ގަތުމަށް މަސައްކަތްކުރީ ވިޔަފާރީގެ ވިސްނުމެއްގައި ކަމަށާއި ފަހުން ރެއާލް ވަލަޑޮލިޑް ގަތީ ފުޓްބޯޅައިގެ މާހައުލެއްގައި ކުރިއަށް ދިއުމަށް ކަމަށެވެ.
ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ. --ފޮޓޯ: އޭއެފްޕީ
"ޓީވީ ރައިޓްސް އާއި މީޑިއާގެ ނުފޫޒާއި އެހެނިހެން އާމްދަނީގެ ކަންތައްތަކަށް ބަލާއިރު ޕްރިމިއާ ލީގު ވަރުގަދަވާނެ. އެކަމަކު ކުޅުންތެރިންގެ ފެންވަރާއި މިދިޔަ 15 ވަރަަކަށް އަހަރު ޔޫރަޕްގައި ސްޕެއިނުގެ ޓީމުތަކުން ހޯދި ކާމިޔާބީއާ އަދި ހަމައެއް ނުކުރެވޭ،" ރޮނާލްޑޯ ބުންޏެވެ.
ޕްރިމިއާ ލީގުގައި ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަ ވަމުން އަންނަކަމަށާއި މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ދެ ޓީމުގައި ވެސް އެކި ގައުމުތަކަށް ނިސްބަތްވާ މޮޅެތި ކުޅުންތެރިން އެބަތިބިކަން ރޮނާލްޑޯ ފާހަގަކުރި އެވެ.
ރޮނާލްޑޯ ބުނީ އޭނާގެ ނަޒަރުގައި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާނީ ލިވަޕޫލް ކަމަށާއި މިދިޔަ އަހަރުގެ ފައިނަލުން ރެއާލް އަތުން ބަލިވުމުން ލިވަޕޫލުން ނުކުންނާނީ އެކަން ހަނދާން ނައްތާލައި މި ފަހަރު ތަށި އުފުލާލުމަށް ހުރިހާ ގޮތަކުން ވެސް ތައްޔާރުވެގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސަންބޭ
03 June 2019
ޔަހޫދީން ތިބީ އިޒުރާއީލްގައޭ. ޔޫކޭގައެއް ނޫނޭ. އިޒުރާއީލްގެ މީޑިޔާއިންތަ ކޮންޓްރޯލްކުރަނީ؟
ބާސާ ފޭން
03 June 2019
ހަަމަ ރަނގަޅަށް ތިބުނީ
ހަޑިގިއްލާ
03 June 2019
ހިޔަޅުވެސްބުނީ މޭބިސްކަދުރު ހުތްވާހަކަ.... އިނގެރޭސި ލީގަކީ ދުނިޔޭގެ މިހާރުގެ އެންމެ ވަރުގަދަ ވާދަވެރި ލީގު... ދެންހުރީ ވަންމޭންޝޯވ ލީގުތަކެއް.....
ޜޯނުއެދުރު
01 June 2019
ޜޮނާޑޯ ކޮންމެދުވަހަކުވެސް ކޮންމެސް މޮޅު ވާހަކައެއް ދައްކާލަބަލަ އެހެންނޫނީ ކޮމެންޓް ކުރާކުދިން ވަރައް ވައޭ މިއަދު ކިހާފޯރިގަދަ
އަގީމު ސަރައްކާލި
31 May 2019
މަބުނީ އޭނަ ކައިރިން އަހާބަލާ އޭނަ އެބުނި އެއްޗެއް ބުނިއިރު ހުރީ ހަމަހޭގަތޯ؟ ހާދަ ހީވެއޭ ބޮލަށް ގޮތެއް ވެފަހުރިހެން. މާގިނައިން ކަރާފަނި ބޮއިގެންކަންނޭގޭ އެއުޅެނީ
ލކއވ
31 May 2019
ރޮނާލްޑޯ ބުންޏަސް ހަޤީޤަތްވާނީ ހަމަހަޤީޤަތަކަށް. އިނގިރޭސި ލީގު ވަރުގަދައޭ ކިޔަނީ ޔަހޫދީން ކޮންޓްރޯލްކުރަމުންދާ މީޑިއާއިން. އިނގިރޭސި ޓީމުތަކަށް ވޭތުވެދިޔަ 10 އަހަރު ސްޕެއިންގެ ޓީމްތަކާ އަޅާކިޔާލެވޭވަރުގެ ކާމިޔާބީއެއް ޔޫރަޕަކުން ނުލިބޭ. ޔަހުޔާ ކާޅުހިފާ ބީދައިން ނުލިބެއެކޭނޫން މިބުނީ. މިދެލީގުގެ ތަފާތު ވަރަށް ރަނގަޅަށް ވަޒަންކޮށްލެވޭނެ ފާއިތުވި 10 އަހަރު ދެގައުމުގެ ގައުމީ ޓީމުން ހޯދައިފަ ހުރި ކާމިޔާބީންވެސް.
ނިއުމާާ
31 May 2019
މިއަހަރު އިނގިރޭސި 4 ޓީމު ކުއާރޓަރ، 2 ޓީމް ފައިނަލް. މިދިޔަ އަހަރު އިނގިރޭސި 5 ޓީމް ގްރޫޕް ސްޓޭޖް ކުޅުނުއިރު 4 ޓީމުން ގްރޫޕްގެ އެއްވަނަ ހޯދި. 5ޓީމްވެސް ގަދަ16 އަށް ކޮލފައިވި. ލިވަރޕޫލުން 1ވަނަ ހޯދިއިރު ސެވިއްޔާ 2. ސްޕަރސް1، ރެއާލް2. 2ވަނައަށް ދިޔަ ހަމައެކަނި ޗެލްސީ ގްރޫޕްގެ 3ވަނަ އެތްލެޓިކޯ. ސްޕެއިންގެ 2ވަނަ ޔޫސީއެލް ގްރޫޕް ސްޓޭޖުން ކަޓާ ޔޫރޮޕާ ލީގު އެއަހަރު ހޯދުމުން ލީގު ވަރުގަދަވީ؟ އިނގިރޭސި ޓީމަކަށް އެލީގުގައި ވާދަކުރީ އިނގިރޭސި 6ވަނަ ޓީމް.
ބަތަލް
02 June 2019
ޢޮންނާނީ، 4-0 ބަލިކޮއްފަ،! ދެން، ހުރޭ، ތާރީހް، ލިޔަން،، ކޮބާ، މޮޅުު، ބާސާ،! ?
ހާމާނު
31 May 2019
މިތާމިއުޅޭ ކުދިންނައް ހާދަވަރެއްމިވީ
ކޯޗް
31 May 2019
ރޮނަލްޑޯ ކޮންމެހެން ޖޭވާނެކަމެއްނެތެވެ. ދުނިޔޭގެ ހުރިހާ ފުޓުބޯޅަ ކުޅުންތެރިންވެސް އެއްބަސްވާނެ ދުނިޔޭގެ އެންމެ ގަދަ ލީގަކީ ޕްރިމިއާލީގް ކަމަށް.
ޗެލްސީ
31 May 2019
ލީގެއް ވަރުގަދަވުމުގެ އެންމެ މުހިންމު ކަމަކީ ލީގުތައްޓަށް ވާދަކުރާ ޓީމުތަކުގެ ވާދަވެރިކަން.. ސުޕެއިން ލީގަކީ 2 ޓީމެއްގެ ވާދަވެރި ލީގެއް.. އިނގިރޭސި ލީގުގައި ފާއިތުވެ 10 އަހަރު ލީގުދިފާއު ކުރުމުގައި ހުރި ގޮންޖެހުމުން ވާދަވެރިކަން ސާބިތުކޮށްދޭ..
މާޓިން ބަޝީރު
31 May 2019
ރޮނަލްޑޯ މަސްބުރި ރިހަ ކައިގެން ދެއްކި ވާހަކައެއްތަ؟