ލަނޑު ޖެހުމަށް ފަހު އަގުއޭރޯ (ކ) އާއި މެސީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 ޖޫން 2019 - 08:46
ޕޯޓް އަލެގްރޭ، ބްރެޒިލް (ޖޫން 24) - ކޮޕާ އެމެރިކާގައި ރޭ އޭޝިއާގެ ޗެމްޕިއަން ގަތަރު އަތުން 2-0 އިން މޮޅުވެ އާޖެންޓީނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ނަޒަރުގައި މިއީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެކެވެ.
ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ފުރުސަތު ހޯދީ ރޭ ޕެރަގުއޭ އަތުން 1-0 އިން މޮޅުވި ކޮލަމްބިއާ އެވެ. އެ ޓީމުން ކުއާޓާގެ ޖާގަ ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ދެ ވަނައިގައި ނިންމާލި އާޖެންޓީނާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ތިން ވަނައިގައި ދެ ޕޮއިންޓް ހޯދައިގެން އޮތް ޕެރަގުއޭ އަށް އަދިވެސް ކުއާޓާގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ރޭންކިން ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގަތަރު މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުން މޮޅުވާން މަޖުބޫރުވެފައި އޮތުމުން އާޖެންޓީނާ އިން ވަނީ ފުރަތަމަ މިނިޓުން ފެށިގެން ގަތަރުގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. ގަތަރުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ ހަތަރު ވަނަ މިނިޓްގައި އާޖެންޓީނާ އަށް ލީޑުނަގައިދިނީ އިންޓަގެ ފޯވާޑް ލަޓާރޯ މާޓިނޭޒް އެވެ. ފުރަތަމަ ހާފްގައި ލީޑުފުޅާކުރަން ސާޖިއޯ އަގުއޭރޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ދެ ވަނަ ހާފްގައި މެސީ އަތުން ވެސް ރަނގަޅު ފުރުސަތެއް ގެއްލުނުއިރު، އާޖެންޓީނާ މެޗުގެ ތިން ޕޮއިންޓް ޔަގީންވީ މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް އަގުއޭރޯ ވައްދާލި ގޯލުންނެވެ. އޭގެ ފަހުން ތިން ވަނަ ލަނޑެއް ޖަހަން ވެސް ފުރުސަތު ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.
މެޗަށް ފަހު މެސީ ބުނީ ނޮކައުޓު ބުރަށް ނުކުންނައިރު އާޖެންޓީނާ އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ގަބޫލުކުރާކަމަށެވެ.
"ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު އޮއްވައި އަހަރެމެންނަށް މި ނަތީޖާ ނެރެވުމުން ހިތްހަމަޖެހޭ. މިއީ ކުރިއަށްދާން ހުޅުވިގެން ދިޔަ ދޮރެއް. އާޖެންޓީނާ އަށް ކޮޕާ އެމެރިކާ މި ފެށުނީ. މި މޮޅާ އެކު ހިތްވަރު ލިބި ޓީމެއްގެ ގޮތުގައި ކުރިއަށްދާން ފުރުސަތު ފަހިވެއްޖެ،" މިއަދު 32 ވަނަ އުފަން ދުވަސް ފާހަގަކުރާ މެސީ ބުންޏެވެ.
ރޭގެ މެޗުގައި ގަތަރުން ވެސް ފުރުސަތު ތަނަވަސްކޮށް އާޖެންޓީނާ ފަހަތަށް ބާރު ބޮޑުކުރި އެވެ. އަދި ދެ ވަނަ ހާފްގައި ހަކީމް ބައްސާމް ޖެހި ހިލޭ ޖެހުމެއް އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އަލް މޮއެޒް ވެސް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ގްރޫޕް އޭގެ ވެނެޒުއޭލާއާ ދެކޮޅަށެވެ. ގްރޫޕް އޭ އިން އެއް ވަަނަ ޓީމުގެ ގޮތުގައި ބްރެޒިލް ކުއާޓާގެ ފުރުސަތު ހޯދިއިރު، ދެ ވަނަ އަށް ދިޔައީ ވެނެޒުއޭލާ އެވެ. އެ ގްރޫޕްގެ ތިން ވަނަ އަށް ދިޔަ ޕެރޫ އަށް ވެސް ވަނީ ކުއާޓާގެ ފުރުސަތު ލިބިފަ އެވެ. އެއީ ގްރޫޕްތަކުގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ރޭންކިން އިން ލިބޭ ޖާގައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލާ
25 June 2019
މެސީ ބަލަހައްޓަން އިދިކޮޅު ޓީމްގެ 5މީހުން ތިބޭއިރު އާޖެންޓީނާގެ 11 ކުޅުންތެރިންތެރިންނަށް އިދިކޮޅު ޓީމުގެ 6 ކުޅުންތެރިން ކައިރީގަ ބޭނުންގޮތަކަށް ކުލިފަ ގޯލް ނުޖެހެނީ ކީވެތަ؟ އެހެންވީޔަ ކޮންމެންޓް ކުރެވޭނެ ކޮންމެއެއްޗެކޭ ކިޔައިގެންވެސް ހަގީގަތަކީ މެސީ ބަލަހަށްޓަން ހާއް ސަމީހަކު ނެތުމެ އަދި މެސީގެ ދައްކުޅުން ކޮަމްބިއާގެ ފެންވަރު ޕެރަގުއެ އަށް ދައްކާލީމަ އާޖެންޓީނާ ދެވަނަބުރަށް ދިޔައީ
ޕޮގުބާ
25 June 2019
މެސީ ހުރީމަ އާޖެންޓީނާޔަށް ހާދަކާމިޔާބު ލިބެޔޭދޯ މެސީ ހުރެގެން ކުޅުނު އެއވެސް މުބާރާތެއްގަ އާޖެންޓީނާއަށް ކާމިޔާބީއެއް ލިބިގެންއުޅޭހެން ހީވަނީ މެސީހުރެގެނ އާޖެންޓީނާއަށް ލިބެކާމިޔާބު ތިޔަފެންނަނީ ފުރަގަހުގަ ދެލޯހުންނަ މީނުންނަށް އެކަނި އޭގެމީހަކާ މަށަކަށް ދިމައެއްނުވެ އަދި
އޭޝިޔާއިން
25 June 2019
ވ. ދެރަ ގަޠަރު ކެޓީމަ
މެސީ ކާފަ
24 June 2019
މެސީ ދަނޑުމަތީގައި ހުއްޓަސް އިދިކޮޅުގެ 4 މީހުން ބްލޮކް ވެފައި ތިބޭނީ. މެސީ ނެތި އާޖެންޓީނާއަށް ކާމިޔާބީ ހޯދަން އުނދަގޫވާނެ. މެސީ ކުޅޭ ކޮންމެ މެޗެއްގައި ޓީމުގެ %50 އަކީ މެސީ. ޤަބޫލުކުރަން އުނދަގޫވިޔަސް މިއީ ހަގީގަތް.
ހަގީގަތް
25 June 2019
ރަނގަޅު ވާހަކައެއް. ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް މަދުވެގެން 2 ނުވަތަ ތިން ކުޅުންތެރިން މެސީޔަށް ޒޯނަލް މާރކިންގްއެއް ހަދާ. ގައިމު އެއީ ދަށް ކުޅުންތެރިޔެއްނަމަ މާރކް ނުކޮށް ދޫކޮށްލާނެއްނު. މެސީޔަށްވުރެ ގިނައިން ކުޅުންތެރިން މާރކް ކުރާ ފުޓްބޯޅަ ކުޅުންތެރިޔެއް ދައްކަބަލަ. އޭނަޔަށް ބޯޅަ ލިބޭއިރަށް 4،5 ކުޅުންތެރިން ކައިރިކޮށްލާ. އެކަމަކުވެސް ގިނަފަހަރު މެސީ އޭނަގެ ޓެކްނިކަލް އެބިލިޓީސްގެ އެހީގައި މިކުޅުންތެރިން ކައިރިން ނަށްޓާފަދޭ.
ސަނީީ
25 June 2019
ލޮލް. 4،5 ކުޅުންތެރިން ކައިރިކޮށްގެންތަ ލިވަރޕޫލް އަތުން 4-0 އިން މެޅުނީ؟ ރޯމާ އަތުން 3-0 އިން، ޔުވެންޓަސް އަތުން 3-0، ޕީއެސްޖީ އަތުން 4-0، ނޫނީ ބަޔާން އަތުން 7-0 އިން ބަލިވީ؟
ދޮން ބުޅާ
25 June 2019
ލޮލް..ފަބީނިއޯ..އެކަނި
ހަގީގަތް
25 June 2019
ސަނީޔަށް. ދޮންކަލޯ ލިވަޕޫލް މެޗުގައިވެސް 4 ނުވަތަ 5 ކުޅުންތެރިން ތިބީ ޒޯނަލް މާރކިންގްއެއް ހަދާފައި. އަހަންނަށް ކިތަންމެ ފަހަރަކު އެމަންޒަރު ފެނުނު. ދެން ބަޔާންއަތުން ބާސާ ދެވަނަ ލެގުގައި ބަލިވި މެޗުގައި މެސީ ނުކުޅޭ. ޤަބޫލުކުރަން ދަށްޗަސް މިއީ ހަގީގަތް. އިދިކޮޅު ޓީމަށް އިނގޭ މެސީ މާރކްކޮށްފައި ބެހެއްޓުމުން ބާސާ ހުއްޓުވޭނެކަން. އަދި އާރޖެންޓީނާވެސް. މެސީޔަށްވުރެ ބޮޑަށް އިދިކޮޅު ޓީމުން ސަމާލުކަންދޭ ކުޅުންތެރިޔެއް ދައްކަބަލަ.
ސަނީީ
25 June 2019
ލިވަރޕޫލް ބާރސާ މެޗުގެ މެސީގެ ހަރަކާތްތައް 90 މިނިޓު ހުރި ގޮތުގެ ވީޑިއޯ ހުންނާނެ ޔޫޓިއުބްގަ. މެސީ މާކް ކުރަން 5 ކުޅުންތެރިން ތިބެފަ ބާކީ 5 ކުޅުންތެރިން (ގޯލް ކީޕަރ ނުލާ) ހާދަ މޮޅުވީމައޭ 4-0 އިން މޮޅުވެވޭނީ. މެސީ މާރކް ކުރުމުގެ ބަދަލުގައި އެޓޭކް ކުރިތަން ފެނުނީ. މެސީ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލާ.
ހަގީގަތް
25 June 2019
ސަނީޔަށް. ޔޫޓިޔުބުން ބަލަންވީ. ކިތަންމެ ގިނަ ވީޑިޔޯ ބެލިޔަސް މިއީ ހަގީގަތް. މެސީޔަށް ބޯލަ ލިބޭ ކޮންމެ ފަހަރަކު 3 ނުވަތަ 4 ކުޅުންތެރިން އޭނަ ވަށާލާ. އެކަމަކުވެސް އެމެޗުގައި މެސީ ތަފާތު ދެއްކި. ގޯލެއް ނުޖެހުން ހަމައެކަނި މަދުވީ. އެހެން ހުރިހާ ކަމެއް ވަރަށް ފުރިހަމަޔަށްކުރި.
ލޮއްލި ބޮއްލި
24 June 2019
! ކޮން މެސީ އަކާއި ރޮނާލްޑޯއެއްތަ. ހައްތާވެސް ޓީ.ވީ ފޭނުން. ނިކަން ދަނޑަށް އަރާބަލަ. ހަޅޭއްނުލަވާ
ބޯހަލާކު ހުވާ
24 June 2019
ކަލޭމެނައް ނެއްދޯ ސަހަލަ އެއްގޮތްވެސް، މޮޅުވިޔަސް މެސީ ކަޑަ، ބަލި ވިޔަސް މެސީ ކަޑަ
ރަށްދު
24 June 2019
ކޮލަމްބިއާ ވަރަށް މޮޅަށްކުޅެ ޕެރަގުއޭ ބަލިކޮށްދިނީމަ އާރޖެންޓީނާ ދެވަނަބުރަށް ގެންގޮސްދީފި ހަގީގަތެއްބާ!!! މެސީ ހުރިތަ؟ ކުޅެންއަރާ
ކައުންސެލަރު
24 June 2019
ހަހަހަހަހާ! ކުއާޓާއަކަންނު ތިވަޑައިގެންނެވުނީ އަދި! ކުއާޓާއިން މޮޅުވެގެން ސެމީ. ސެމީން މޮޅުވެގެން ފައިނަލް. ފައިނަލުން މޮޅުވެގެންތާ ނޭވާ ލެވެންއޮތީ. ކުރިއަށް އޮތީ ހައްތަހާވެސް މަރުގެމެޗް. ތަށީގައި އަތްލުމުގެ ޗާންސް ނުލިބެނީ އަހަރެންނަށް އަހަރެން ފެންނާތީ. މީ ލައްކަވާހަކަ. ކޮބާ ސަޕޯޓަރުން ކެކެކެ
ރޮނާލްޑޯ
24 June 2019
އެހެން ޓީމުތަކަށް ތަށިލިބެނީ މެޗެއް ނުކުޅެތޯ؟ ކުއާޓާއިން މޮޅުވެގެން ސެމީ. ސެމީން މޮޅުވެގެން ފައިނަލް. އެހެން ޓީމުތައް ކުޅެޅެން ނުޖެހޭ މެޗްތަކެއް މީ. ހޫން...... ޖައްސާލައިގެން އުޅޭފާޑެއްދޯ. ހުއް
ލެއްގި ކޮމިޝަނަރ
24 June 2019
ރޮނާލްޑޯ ހުރެގެންތަ ޔޫރޯ 2016 ޕޯޗްގަލް ތަށިނެގީ. ރޮނާލްޑޯ މަށަށް ފެނުނީ ދަނޑުމަތިން 18 މިނިޓް. ޔޫއެފާ ނެޝަނަލް ލީގުގަވެސް 2 މެޗް ކުޅުނީ. ސެމީފައިނަލަށް ނުގޮސްފާނެތީ ބިރުން ޓީމާ ނުގުޅިހުރެފަ އެހިސާބަށް ދެވުނީމަ ދެން ތަށިލިބިދާނެހެން ހީވީމަ ފޮނިކޮޅު ބޯލަން އައީވެސް. މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން މެސީ އެދަނީ ކުޅެމުން ބަލިވިޔަސް މޮޅުވިޔަސް. މީ ރޮނާލްޑޯ އާ މެސީއާ ހުރިތަގާތު. އެކަން ހަގީގަތަށް ހަޖަމް ނުކުރެވޭދޯ؟
ހަގީގަތް
24 June 2019
ރޭޓިންގ 7.2. މެސީ ނެތް ނަމަވެސް މޮޅުވީސް
ރޮނާލްޑޯ
24 June 2019
ހައްހައްހާ........ ޤަޠަރު މެޗް ކުޅުނު ނަމަވެސް 3 ޕޮއިންޓް ލިބޭނެ. ޖޭ ވިޔަސް..... ދޯ......
އަސްލުހާލަތު
24 June 2019
ނުވާނެ ކަލެ ބަލާބަލަ ލަނޑުތައް ކުރިއޭޓުކޮށްފަ ހުރިގޮތް މުލިންވެސް މެސީ އުފެއްދި އެޓެކުތަކާއި އެސިސްޓުން ލަނޑުޖަހާފަހުރީ..
ހަގީގަތް
24 June 2019
ލޮލް. ބަލަ މެސީ އެދަނީ މިމުބާރާތް ފެށިގެން ކުޅެމުން. ބަލިވިޔަސް މޮޅުވިޔަސް. އެކަކުހެން 2 މެޗު ކުޅޭކަށް ނޫޅޭ. އެވެސް ދެ ފްރެންޑްލީ މެޗު. މީގަ މުހިންމީ މޮޅުވުން. އިންޑިވިޖުއަލް ކުޅުމެއްނޫން. ދެން އޮތީ ފައިނަލްތަކެއް. އެހެންވީމާ އަދި އިހަށް މަޑުކޮށްލާ.