އެތުލެޓިކޯގެ މެޗެއްގެ ތެރެއިން ޓޮރޭޒް.
25 ޖޫން 2019 - 14:49
މެޑްރިޑް (ޖޫން 25) - އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެކި ހިސާބުގައި ރެއާލް މެޑްރިޑްގެ ހުށަހެޅުންތައް ލިބުނު ކަމަށާއި ކޮންމެ ފަހަރަކު ވެސް އެ ޓީމަށް ނޫނެކޭ ބުނީ އުފަލާ އެކު ކަމަށް ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލި ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭޒް ބުނެފި އެވެ.
އަށާރަ އަހަރަށް ފަހު ޓޮރޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އުމުރުން 35 އަހަރުގެ ޓޮރޭޒް ކުޅެމުން އައި ޖަޕާނުގެ ސަގަން ޓޮސޫ އަށެވެ. ޓޮރޭޒް ވަނީ އޭނާގެ ކެރިއަރުގައި ކްލަބް ލެވެލާއި ގައުމީ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ.
ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓޮރޭޒް ބުނީ އޭނާ އަށް އެތަކެއް ފަހަރު މަތިން ރެއާލުގެ ހުށަހެޅުން ލިބުނު ނަމަވެސް ނޫނެކޭ ބުނީ ރެއާލުގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް އޮތް އިހުތިރާމެއްގެ ސަބަބުން ކަމަށެވެ.
"ކޮންމެ ކަމެއްގެ ތަފްސީލަށް ދިއުމުގެ މުހިއްމުކަމެއް ހަގީގަތުގައި ނެތް. އެކަމަކު އަހަރެން ރެއާލަށް ކުޅުން އެއީ ނުވާނެކަމެއް. އަހަރެން ކޮންމެ ފަހަރަކު ވެސް ރެއާލުގެ ހުށަހެޅުމަށް ނޫނެކޭ ބުނީ އުފަލުން ހުރެ. އެއީ އެތުލެޓިކޯ އަށް އަހަރެން ހިތުގައި އޮތް ލޯބި ބޮޑުވެފައި އެ ފަދަ ގުޅުމަކަށް އިހުތިރާމްކުޑަ ކަމެއް ކުރަން ބޭނުންނުވާތީ،" ޓޮރޭޒް ބުންޏެވެ.
"އެތުލެޓިކޯ އަބަދުވެސް ހާއްސަވާނެ. އެ ޓީމަށް އަހަރެން އެނބުރި އައީ ވެސް ސަޕޯޓަރުންގެ ހައްގުގައި."
ޒުވާން އުމުރުގައި އެތުލެޓިކޯގެ ޔޫތު ޓީމުން ފާހަގަވި ޓޮރޭޒް އަކީ އެ ޓީމުގެ ތާރީހުގައި ކެޕްޓަންކަން ކުރި އެންމެ ޒުވާން ކެޕްޓަނެވެ. އުމުރުން 19 އަހަރުގައި ޓޮރޭޒް އެތުލެޓިކޯގެ ބޭންޑް އަޅައިގެން ކުޅުނުއިރު، އެތުލެޓިކޯގެ މިހާރުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަކީ އެ ޓީމަށް ކުޅެމުން އައި ކުޅުންތެރިޔެކެވެ. ޓޮރޭޒް އެންމެ ބޮޑަށް ފާހަގަވާން ފެށީ 2007 ވަަނަ އަހަރު 20 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި ހިސާބުންނެވެ.
ޓޮރޭޒް ބުނީ ލިވަޕޫލްގައި އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވީ އެ ޓީމުގެ ކެޕްޓަން ސްޓީވެން ޖެރާޑާ އެކު ކުޅުމުން ކަމަށާއި އޭނާގެ ކެރިއަރުގައި އަބަދުވެސް ޖެރާޑާ އެކު ދަނޑުމަތީގައި ހޭދަކުރި ވަގުތުތަށް ހާއްސަވާނެ ކަމަށެވެ. ލިވަޕޫލްގައި ހުރެ ދުނިޔޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ނަމަވެސް ޗެލްސީ އަށް ބަދަލުވީ އެހެން ސަބަބެއް ވެސް އޮތުމުން ކަމަށް ބުންޏެވެ
"އަހަރެންގެ ގެ އެތުލެޓިކޯ އަކީ. އަހަރެން ލިވަޕޫލަށް ބަދަލުވީ ކާމިޔާބީ ހޯދަން. ފަހުން ޗެލްސީއާ ގުޅުނީ ވެސް އެ މަސައްކަތުގައި. ޗެލްސީގައި އަހަރެންގެ ފެންވަރު ނުދެއްކުނު ނަމަވެސް ކާމިޔާބީ ރަނގަޅު. ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކުރެވުނު. އެފްއޭ ކަޕް ވެސް ލިބުނު. ކެރިއަރުގައި އަހަރެން މާޔޫސްވާނެ ނިންމުމެއް ނުނިންމަން،" ޓޮރޭޒް ބުންޏެވެ.
ޗެލްސީ ދޫކޮށް 2015 ވަނަ އަހަރު އިޓަލީގެ ގަދަބާރު އޭސީ މިލާނަށް ކުޅުމަށް ފަހު އެނބުރި އެތުލެޓިކޯ އަށް ޓޮރޭޒް ބަދަލުވީ 2015 ގަ އެވެ. އަދި މިހާރުގެ ކްލަބް ސަގަން އަށް ސޮއިކުރީ މިިދިޔަ އަހަރު ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ވަނީ އެތުލެޓިކޯއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
ސްޕެއިން ގައުމީ ޓީމާ އެކު ޔޫރޯ ދެ ފަހަރު އަދި ވޯލްޑް ކަޕް ތަށި އުފުލާލި ޓޮރޭޒް ބުނީ މިއީ ފުޓްބޯޅަ ކެރިއަރު ހުއްޓާލަން އެންމެ ރަނގަޅު ވަގުތުކަމަށާއި ކުރިއަަށް އޮތްތަނުގައި ކްލަބެއްގެ މަގާމަކުން ފެނިދާނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އެތުލެޓިކޯ އިން ވަނީ ޓޮރޭޒަށް މަގާމެއް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް.
25 June 2019
ޓޮރޭޒް އަކީ ތާރީޚުގައި ލިޔެވިގެންދާނެ މޮޅު ކުޅުންތެރިއެއް. އެންމެ ފާހަގަ ކުރެވޭނީ ބާރސާގެ ޓިކި-ޓަކާގެ ރަން ޒަމާނުގެ 10 ކުޅުންތެރިންނާއެކު ކުޅުނު ޗެލްސީން ބާރސާ ބޮއްވި ދުވަހު ޓޮރޭސް ޖެހި ލަނޑު. ހަމަ އެކަނި 72% ބޯލް ޕޮޒެޝަން ހޯދަން ކުޅުނު ބާރސާއާ 2-2 އިން އެއްވަރުވެ، އެގްރިގޭޓުން މޮޅުވި ދުވަސް އެއީ ތާރީޚުގައި މިހާރުވެސް ލިޔެވިފައި އޮތް ދުވަހެއް. ޓިކީ-ޓަކާގެ ބޯރިންގ ސްޓައިލްގެ ނިމުމުގެ ފެށުން ރަމްޒުކޮށްދިން ދުވަހެއް.
ހިސޭ
25 June 2019
އަޅުގަނޑުގެ ކޮމެންޓް ކޮޕީ ޕޭސްޓް ކުރާ ދުވަހަކީތަ؟
ހއ ސޮރު
27 June 2019
މިވެރިން އަދިވެސް ބާރސާގެ ޓިކިޓަކާ ދެކެ ގަތް ބިރުވެރި ހަދާންތައް ހިތުން ނުފިލާ ދޯ؟ އެހެންދޯ ވާނީ ބާރސާ ޓިކިޓަކާ އެ ޖައްސާ ފެންވަރަށް އެހެން ބަޔަކަށް ނުވެސް ޖެއްސޭނެ. އިދިކޮޅު ޓީމް އޮންނަނީ ހޮޑު ލައްްވާލާ ވަރު ވެފައިވިއްޔާ. ފުޓްބޯޅަ އަކީ ވަރަށްވެސް ތަފާތު ކުޅިވަރެއް. ކޮންމެ ވަގަތަކުވެސް ނަތީޖާ ބަދަލުވެދާނެ. ޓޮރޭސްގެ އެލަނޑަށްފަހު ބާސާގެ ޓިކިޓަކާ ނުހުއްޓޭ. ފޭކް ރަދީފް އިން ކުރާނީ ފޭކް ކޮމެންޓް.
ސަނީީ
25 June 2019
ސާބަހޭ ޓޮރޭޒް. ޓޮރޭ ރެއާލަށް ބަދަލު ނުވުމަކީ ބާރސާގެ ނަސީބު. އެހެން ނޫންނަމަ ޗެމްޕިއަންސް ލީގުގައި ޗެލްސީގެ 10 ކުޅުންތެރިންނާއެކު ކުޅެމުންވެސް އެޖެހި ބާރސާ ލަދުގަންނަވާލި ލަނޑުގެ އެތައް ލަނޑެއް ފެނުނީސްކަން ޔަގީން.
އައްބެ
25 June 2019
ވަރައް ފުރިހަ
ރަދީފް
25 June 2019
ސާބަހޭ ބްރަދާ.
ހޫސް
25 June 2019
މިހާރު މިތަނުގަ ޓޮރޭޒްއަށް ސާބަސް މިދެނީ ބާވެފައޮތް ސާލެއް އޮޅައިގެން ތިބިބައެކޭ ބުނާކަށް ނެތީމު<<< ވިސްކާ ޓޮރޭޒް...
ޓޮރޭސް
25 June 2019
ތޭންކްސް ބްރަދާ