ބެނާޑޯ ސިލްވާ: އޭނާ ވަނީ އެވޯޑްތަކުގެ ނޮމިނޭޝަންތަކާ މެދު ހިތްހަމަނުޖެހުންފާޅުކޮށްފައި.-- ފޮޓޯ: އޭއެފްޕީ
06 ސެޕްޓެމްބަރ 2019 - 08:37
ލިޒްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 6) - ޔުއެފާ އާއި ފީފާގެ އަހަރުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ނޮމިނޭޝަންތައް އެންމެ އިންސާފުވެރިކަމަށް ގަބޫލުނުކުރެވޭ ކަމަށް މެންޗެސްޓާ ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ސިޓީން އިނގިރޭސި ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ރެކޯޑްތަކެއް ގާއިމްކުރިއިރު، ޔޫރަޕްގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔަކަށް ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ހޮވުނުއިރު، އޭނާއާ ވާދަކުރީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. މި މަހު 23 ވަނަ ދުވަހު ދޭ ފީފާ ބެސްޓް އެވޯޑްގައި ވެސް ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މި ތިން ކުޅުންތެރިންނެވެ.
ބެނާޑޯ ސިލްވާ ބުނީ ސިޓީގެ ކުޅުންތެރިއަކަށް ގަދަ ތިން ކުޅުންތެރިންގެ ތެރެއިން ޖާގައެއް ހައްގުވާކަމަށެވެ.
"އަހަރެމެންގެ (ސިޓީ)ގެ ކުޅުންތެރިންތަކަކަށް އެ ތަނުން ޖާގައެއް ހައްގު. ތަށީގެ ގޮތުން ބަލަންޏާ މިދިޔަ ސީޒަނުގައި ސިޓީ އެންމެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނޭނެ. ފުޓްބޯޅައިގައި އެންމެ މުހިއްމީ ވެސް ހަގީގަތުގައި ޓީމެއް ހޯދާ ކާމިޔާބީ. އެކަމަކު އިންޑިވިޖުއަލް ޓްރޮފީތަކަކީ ވެސް ކުޅުންތެރިންނަށް ހައްގުވާނަމަ ލިބެންޖެހޭ އެއްޗެއް،" ބެނާޑޯ ސިލްވާ ބުންޏެވެ.
ޕޯޗުގަލްގެ ފަރިތަކުރުންތަކުގެ ތެރެއިން ބެނާޑޯ ސިލްވާ. -- ފޮޓޯ: އޭއެފްޕީ
އޭނާ ބުނީ ސިޓީގައި މިދިޔަ ސީޒަނުގައި ރަހީމް ސްޓާލިން އާއި ސާޖިއޯ އަގުއޭރޯ ވަނީ މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި އެ ކުޅުންތެރިން ވެސް ނޮމިނޭޝަނަކަށް އުއްމީދުކުރި ކަމަށެވެ.
"ތެދެެއް އަހަރެމެން ސިޓީގައި އެ ވާހަކަތައް ދައްކަން. ސިޓީ ދެ ކުޅުންތެރިއަކު ވަރު ނޮމިނީސް ތެރޭގައި ހިމެނުން ރަނގަޅު. އެ ވަރުގެ ކުޅުމެއް ވެސް ދެއްކި ކުޅުންތެރިން އެބަތިބި. އަހަރެމެން ދެކެނީ އެއީ އިންސާފުވެރިކޮށް ދިޔަ ކަމެއް ނޫން ކަމަށް. އަހަރެމެން ހޯދި ކާމިޔާބީގެ އަގުވަޒަނެއް ނުކުރޭ،" ބެނާޑޯ ސިލްވާ ބުންޏެވެ.
ކުރިން މޮނާކޯ އަށް ކުޅުނު އުމުރުން 25 އަހަރުގެ ބެނާޑޯ ސިލްވާ ވަނީ މިދިޔަ ސީޒަނުގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ އެހީތެރިކަމާ އެކު ޕޯޗުގަލް އިން ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ބެނާޑޯ ސިލްވާ ފަހަަތަށް ޖައްސާލުމަށް ފަހު ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރޮނާލްޑޯ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އެ ޓީމުގެ ކުޅުންތެރިން އިންޑިވިޖުއަލް އެވޯޑްތަކުގެ ނޮމިނޭޝަންތަކުގައި ނެތުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެނާޑޯ
06 September 2019
ރޮނަލްޑޯ އަތުން ނަގާފަ ދޭންވީނު
ސްނައިޑާ
06 September 2019
ކޮބާ އެއްކަލަ މޮޅު ނޭމާ؟
އައްބެ
06 September 2019
ރޮނާގެ ބަދަލުގަ ބެނާޑޯ އަސްލު ހިމެނެންޖެހޭ،
އޭނަ
06 September 2019
އިންސާފުވެރިއެއް ނޫން. އެލިސަން ބެކާ އަދި ބެނާޑޯ ސިލްވާ ހިމެނެންޖެހޭ. ކްލަބްބައި ތަފާތުދެއްކުމަށްފަހު ގައުމީ ޓީމާއެކުވެސް ތަފާތުދެއްކި. މެސީއަށް ކާމިޔާބުކުރެވުނީ އެންމެ މުބާރާތެއް. ގައުމީ ޓީމާއެކު ޗޮކުން. ރޯނާލްޑޯއަށް އެންމެ މުބާރާތެއް. ގައުމީ ޓީމާއެކު ކުޅުނީ ދެމެޗު. މިއާ ޚިލާފަށް ވެން ޑައިކް، އެލިސަން އަދި ބެނާޑޯ ސިލްވާއަކީ ކްލަބާއެއްކޮށް އަދި ގައުމީ ޓީމާއެއްކޮށްވެސް ތަފާތުދެއްކި ކުޅުންތެރިން.
ޢިބޫ
06 September 2019
މެސީއަކީ ޗެމްޕިއަންސްލީގް ޓޮޕް ސްކޯރާ އަދި ޔޫރަޕްގެ ޓޮޕް ސްކޯރާ.. ރޮނާލްޑޯ ހިމެނިގެން ނުވާނެ.. މެދިޔަފަހަރު މެސީވެސް ނުހިމެނުނު ގޮތަށް..
އައްޕި 1
06 September 2019
ވަރަށް ރަގަޅު ވާހަކައެއް
އޭނަ
07 September 2019
ފުޓްބޯޅައަކީ ހަމައެކަނި އެޓޭކްއަށް ބިނާވެފަ އޮންނަ ކުޅިވަރަކީތަ؟ ތިގޮތަށް ކިޔަންޏާ އެލިސަން ބެކާ އަކީ އެންމެ ގިނަ ކްލީން ޝީޓް ހޯދި މީހާ. ތަފާތު ޕޮޒިޝަންތަކަށް ކުޅޭ ކުޅުންތެރިން އަޅާ ނުކިޔޭނެ އެންމެ ސްޓެޓަކުން. ދެން އެހެން ނޫނަސް މެސީ ގައުމީ ޓީމާއެކު ޗޮކުން ދިޔައީ. ބެނާޑޯ ސިލްވާ ގައުމީ ޓީމާ އެއްކޮށް ޔުއެފާ ނޭޝަންސް ކަޕް ސިޓީއާ އެއްކޮށް 3 ތަށި ނެގި. މެސީ ބާރސާއާ އެއްކޮށް އެންމެ ތަށްޓެއް.
ތަށި
07 September 2019
އޭނަޔަށް. ދޮންކަލޯ މެސީ މިދިޔަ ސީޒަނުގައި ކުޅުނީ އެހެން ލެވަލެއްގެ ފުޓްބޯޅަޔެއް. އިންޑިވިޖުއަލީ ދޭންޖެހޭ އެވޯޑުތަކުގައި ބަލަންޖެހޭނީ އިންޑިވިޖުއަލް ސްޓެޓްތަކަށް. މެސީ ހަމައެކަނި މަތީ ގޯލް އަދި އެސިސްޓަކުންނެއްނޫން. ޑްރިބަލްސް، ކީ ޕާސް، ބިގް ޗާންސް ކްރިއޭޝަން، ޗާންސް ކްރިއޭޝަން،ތްރޫ ބޯލްސް މެސީގެ ސްޓެޓްތަކުން އޭނަ ފޯވާޑަކަށް އަދި މިޑްފީލްޑަރަކަށް ފެތޭކަން އިނގޭ.
ރަދީފްް
07 September 2019
ކޮން ލެވެލެއް؟ އެހެންނަމަ 4-0 އިން ނުދާނެދޯ؟
އަސްލު ހަގީގަތް
08 September 2019
ރަދީފަށް. އަހަންނަށް ހީވަނީ ކަލޭތީ ފުޓްބޯޅަ ނުބަލާ ނުވަތަ މިތާގައި ހަޖަމްނުވެގެން އުޅޭ ކުޑަކުދިންގެ ތެރެއިން އެކެއްހެން. އޭނަގެ ކޮމެންޓްގައި އެބުނެފައޮތީ ހަމައެކަނި އެންމެ ސްޓެޓަކަށް ބަލާކަށް ނުޖެހެޔޭ. އެހެންވީމަ މިބުނީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލް އަދި އެސިސްޓްހެދީ މެސީޔޭ. ދެން މިޑްފީލްޑަރުންނާ އަޅާ ކިޔަންޔާ އެންމެ ގިނަ ކީޕާސް ޖަހައި ބިގް ޗާންސް ކްރިއޭޓްކޮށް އަދި ތްރޫ ބޯލްސްވެސް ޖެހީ އޭނަ. 4-0 ބަލިވީ މެސީ އެކަނި ކުޅެގެންތަ.
ރަދީފްް
09 September 2019
މެސީ ކުޅުނުނަމަ ޗޮކުން ނުދިޔައީސް ދޯ؟ ނުކުޅެވުނީމ 4-0 އިން ބަލިވީ. މެސީ ހުއްޓުވަން ލިވަރޕޫލްގެ ޑިފެންސް ކާމިޔާބުވި. އެހެންވެ މިކިޔަނީ ފުޓްބޯޅައަކީ ހަމައެކަނި އެޓޭކެއް ނޫނޭ. އެންމެ ގިނަ ކްލީން ޝީޓް ހޯދި ކީޕަރ ބެކާގެ ނަން އިންނަން ޖެހޭނެ މެސީއަށްވުރެ ކުރީގަ. ކޮޕާ އެމެރިކާގަވެސް ތަފާތު. މެސީ ހުއްޓުވާފަ ލަދުގަންނަވާލާފަ އޮތީ. މިއީ މިކިޔާ އެއްޗަކީ.
ރަދީފްް
06 September 2019
ބެނާޑޯ ހިމެނެންޖެހޭ