2012 ވަނަ އަހަރު ކްލައިސްޓާސް (ކ) މުބާރާތެއް ކާމިޔާބު ކުރުމަށް ފަހު އޭނާގެ ދަރިފުޅާ އެކު.-- ފޮޓޯ: އޭއެފްޕީ
13 ސެޕްޓެމްބަރ 2019 - 11:30
ބްރުސެލްސް (ސެޕްޓެމްބަރު 13) - މީގެ ހަތް އަހަރު ކުރިން ޓެނިސް ކުޅުން ހުއްޓާލި މިހާރު އުމުރުން 36 އަހަރުގެ ބެލްޖިއަމްގެ އަންހެން ކުޅުންތެރިޔާ ކިމް ކްލައިސްޓާސް އަންނަ އަހަރު އަލުން ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި ކުރިން އޮތް ކްލައިސްޓާސް އެންމެ ފުރަތަމަ ރިޓަޔާކުރީ 2007 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ރިޓަޔާކުރީ ދަރިއަކު ލިބުމުން އާއިލާ އަށް ވަގުތު ނުދެވޭ ކަމަށް ބުނެ އެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން އަލުން ކުޅުމުގެ ތެރެއަށް އައިސް ވަނީ ގްރޭންޑް ސްލޭމް ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ފަހަރަށް އޭނާ ރިޓަޔާކުރިއިރު، ވަނީ ހަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މިހާރު ތިން ދަރިންގެ މަންމައެއް ދައުރު އަދާކުރަމުން އަންނަ ކްލައިސްޓާސް އަންނަނީ ޓެނިހުގެ އެކި ޓްރެއިނިންތައް ކޯޗެއް ގެނެސްގެން ކުރިއަށްގެންދަމުންނެވެ. އޭނާ ބުނީ އަލުން ކުޅެން އަންނަ ޝައުގުވެރިކަން ބޮޑުވީ މަންމައެއްގެ ގޮތުގައި ހުރެގެން ސެރީނާ ވިލިއަމްސް އާއި ވިކްޓޯރިއާ އަޒަރެންކާ ދައްކަމުން އަންނަ ހިތްވަރު ފެނިފައި ކަމަށެވެ.
"މަންމަ އިން އެ އަންނަނީ އެންމެ މަތީ ފަންތީގައި ވާދަކުރަމުން. އަހަރެން ޝައުގުވެރިކަން ބޮޑުވީ އެހެންވެ،" ސެރީނާ އާއި އަޒަރެންކާ އަށް އިޝާރާތްކޮށް ކްލައިސްޓާސް ބުންޏެވެ.
މެޗެއްގެ ތެރެއިން ކްލައިސްޓާސް ބޯޅައެއް ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
އޭނާ ބުނީ އުއްމީދަކީ އެންމެ ގަޔާވާ ކުޅިވަރުން ކުރިން ހުރި ހިސާބަށް ނުދެވުނު ނަމަވެސް އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ކުޅެލުން ކަމަށެވެ.
"އަހަރެންގެ އުއްމީދަކީ ރަނގަޅަށް ފިޓްވެ ރަނގަޅު މެޗުތަކެއް ކުޅުން. ދެން އެންމެ މަތީ ފަންތީގެ ގްރޭންޑް ސްލޭމް މުބާރާތެއްގައި އަހަރެންގެ ފެންވަރު ވަޒަންކޮށްލަން،" ކްލައިސްޓާސް ބުންޏެވެ.
މި ވަގުތު ކްލައިސްޓާސް މަސައްކަތްކުރަމުން އަންނަނީ އަންނަ އަހަރު ޖެނުއަރީ މަހު މުބާރާތްތަކުގައި ވާދަކުރާށެވެ. އަދި ވަކި އަދަދަކަށް މުބާރާތްތަކުގައި ކުޅެން ފެށުމާ އެކު އޭނާ އަށް ކުރިއަށްދާން ފުރުސަތު ފަހިވެގެންދާނެ ކަމަށާއި ވައިލްޑްކާޑް އެންޓްރީއެއްގައި މުބާރާތެއް ކުޅެލަން ލިބުނަސް އޭގެ ވެސް ބޭނުން ހިފާނެ ކަމަށް ބުންޏެވެ.
ވޯލްޑް ޓެނިސް އެސޯސިއޭޝަންގެ ޗެއާމަން ސްޓީވް ސައިމަން ވިދާޅުވީ ކްލައިސްޓާސް ފަދަ ޓެނިހުގެ ތާރީހުގެ މަގުބޫލު ތަރިއަކު ރިޓަޔާމަންޓް ދޫކޮށްލައި އަލުން ކުޅުމުގެ ތެރެއަށް އައުމަކީ އޭނާގެ ސަޕޯޓަރުންގެ އިތުރުން ޓެނިހުގެ ސަޕޯޓަރުންނަށް ވެސް ލިބިގެންދާނެ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފްބާ
13 September 2019
އަހަރެން އެންމެ ކުޅޭހިތްވީ ޓެނިސް.. އެކަމް ސްކޫލްދައުރުނިންމާލިއިރުވެސް ޓެނިސްކޯޓެއްހަމަލޮލަކުންނުދެކެން.. މިހާރުވެސް ވަރަށްކުޅޭހިތްވޭއެކަމްރަށަކުނޯވޭ ޓެނިސްކޯޓެއް. ކްލައިސްޓާސް އަށްކާމިޔާބީއަށްއެދެން..
ސޭމް ހިއަރ
13 September 2019
މަ ދަން ކުޅެން. މިއުޅެނީ ހިޓިން ޕާޓްނަރެެއް ނުލިބިގެން. އިން ބޮކްސް ޔޯ ނަންބަރ
ރަދީފްް
13 September 2019
2ވަނަ މެސީ؟