ކުޅިވަރު / ފްރާންސް ނެޝަނަލް ޓީމް

ގައުމީ ސަލާމް މައްސަލައިގައި ފްރާންސް ޖޫރިމަނާކޮށްފި

25 އޮކްޓޯބަރ 2019 - 10:09

ޒިއުރިކް، ސްވިޒަލެންޑް (އޮކްޓޫބަރު 25) - ޔޫރޯ ކޮލިފައިންގައި ފްރާންސް އާއި އަލްބޭނިއާ ޕެރިހުގައި ބައްދަލުކުރި މެޗުގައި އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އެހެން ގައުމީ ސަލާމެއް ޖެހުމާ ގުޅިގެން މެޗު ލަސްވުމުން އެ މައްސަލަ ބަލައި ޔުއެފާ އިން ފްރާންސް ޖޫރިމަނާކޮށްފި އެވެ.

ޔުއެފާ ޑިސިޕްލިނަރީ ކޮމިޓީން ބެލީ މެޗު ލަސްވި މައްސަލަ އާއި ފްރާންސުން މެޗަށް ތައްޔާރުވުމުގައި އެންމެ ރަނގަޅަށް އަމަލުކޮށްފައިނުވާތީ އެ ދެ މައްސަލަ އެވެ. މި ދެ ކަމަށް ބެލުމަށް ފަހު ނިންމާފައިވަނީ ފްރާންސް 22،200 ޑޮލަރުން ޖޫރިމަނާ ކުރާށެވެ.

ފްރާންސްގެ ޕެރިހުގައި އަލްބޭނިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފެށީ ކަނޑައެޅިފައި އޮތް ވަގުތަށް ވުރެ 10 މިނިޓް ލަހުންނެވެ. އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އޮޅުމަކުން ޖެހުނީ އެންޑޯރާގެ ގައުމީ ސަލާމެވެ. އަލްބޭނިއާ ކުޅުންތެރިންނާއި އޮފިޝަލުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ރަނގަޅު ގައުމީ ސަލާމް ނުޖަހަނީސް މެޗު ކުޅެން ދެކޮޅު ހެދުމުން އަލުން ވަނީ އަލްބޭނިއާގެ ގައުމީ ސަލާމް ޖަހައިފަ އެވެ.

ޕެރިހުގައި ކުޅުނު އެ މެޗުން ފްރާންސް 4-1 އިން މޮޅުވިއިރު އެ މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ އަލްބޭނިއާގެ ފަރާތުން މާފަށް އެދިފަ އެވެ. އަދި ޑެޝޯމްޕްސް ވަނީ ފްރާންސްގެ މެޗު ކަންތައްތައް އިންތިޒާމްކުރަން ތިބި ފަރާތްތަކަށް ފާޑުކިޔައިފަ އެވެ.

އަލްބޭނިއާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗު ބަލަން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަޑައިގެންނެވިިއިރު، އެ މެޗުގައި ހިނގާދިޔަ އެ ކަންތައްތަކުގެ ސަބަބުން ސަރުކާރުގެ ބައެއް ފަރާތްތަކުގެ ނުރުހުން ވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނަށް އަމާޒުވި އެވެ. އެ މައްސަލައިގައި ފެޑެރޭޝަނުގެ ރައީސް ނޮއެލް ލި ގްރައެޓް ވެސް ވަނީ މާފަށް އެދިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ފަދަ މައްސަލައެއް ތަކުރާރުނުވާނެ ކަމަށް ވިދާޅުވި އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454