ކުޅިވަރު / އިނގިރޭސި އެފްއޭ

ކްލޮޕާއި އިނގިރޭސި އެފްއޭގެ ދެބަސްވުންތަކެއް

ލިވަޕޫލްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (ޖެނުއަރީ 28) - އިނގިރޭސި އެފްއޭ އިން ކްލަބްތަކަށް ދޭން ހަމަޖައްސާފައިވާ ފިނި މޫސުމުގެ ބްރޭކުގެ ތެރޭގައި އިނގިރޭސި އެފްއޭ ކަޕްގެ ރީޕްލޭ މެޗުތައް ހަމަޖެއްސުމަކީ ގޯސް ނިންމުމެއްކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ފާޑުކިޔުމުން އިނގިރޭސި އެފްއޭ އިން އެ ވާހަކަތަކަށް ޖަވާބުދީފި އެވެ.

އިނގިރޭސި ކަޕް މެޗުތަކުގެ ރީޕްލޭ މެޗުތައް ކުޅެން ޖެހޭތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ މީގެ ކުރިން ފާޑުކިޔައިފަ އެވެ. އެކަަމަކު އޭރު އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުލިބެ އެވެ. އެކަމަކު އާދިއްތަ ދުވަހުގެރޭ ޝްރޫސްބަރީ ޓައުންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ރީޕްލޭ އަކަށް ދާން ޖެހުމުން ލިވަޕޫލުން އެ މެޗުގައި ބޭނުންކުރާނީ ޒުވާން ޓީމު ކަމަށާއި ކޯޗަކަށް ހުންނާނީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ނީލް ކްރިޗްލީ ކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނުމާ އެކު އެ މައްސަލަ ވަނީ ގޯސްވެފަ އެވެ.

ކްލޮޕް ބުނީ ފެބްރުއަރީ މަހުގެ 15 ދުވަހަކީ ކްލަބްތަކަށް ފިނި މޫސުމުގެ ބްރޭކް ކަމަށް އިނގިރޭސި އެފްއޭ އިން އަންގާފައިވުމުން ލިވަޕޫލުން ވެސް ތައްޔާރުވެގެން ތިބީ އެ ގޮތަށް ކަމަށާއި އެކަމަކު ކުއްލިއަކަށް އިނގިރޭސި އެފްއޭ އިން އެ ދުވަސްތަކުގައި މެޗެއް ކުޅެން ރޭވުމަކިީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިނގިރޭސި އެފްއޭގެ އެ ފަދަ ނިންމުމެއްގެ ސަބަބުން ކުޅުންތެރިންނަށް ގެއްލުންތަކެއް ވާނެ ގޮތެއް ހެދުން ބަލައިނުގަނެވޭނެ ކަމަށް އޭނާ ބުންޏެވެ.

މިހާރު އޮތްގޮތުން ލިވަޕޫލް ދަނޑުގައި ޝްރޫސްބަރީއާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައިވަނީ ފެބްރުއަރީ ހަތަރަކަށެވެ. ކްލޮޕް ބުނީ އެ ދުވަހު ކުޅޭ މެޗުގައި ލިވަޕޫލްގެ އެއްވެސް ސީނިއާ ކުޅުންތެރިޔަކު ބައިވެރިނުވާނެ ކަމަށެވެ. އަދި ކްލޮޕްގެ މި ނިންމުމަށް ލިވަޕޫލްގެ ބޯޑުން ވެސް ތާއީދުކުރެ އެވެ.

އެއީ ޑިސެމްބަރު މަހު ލިވަޕޫލުން ކްލަބް ވޯލްޑް ކަޕް ކުޅެން ގަތަރުގައި ތިބި ދުވަސްވަރު އެފްއޭ އިން ވަނީ ލީގު ކަޕްގެ ކުއާޓާ ފައިނަލް މެޗު އެ ދުވަސްވަރަށް ތާވަލުކޮށްފަ އެވެ އެ ފަހަރު ލިވަޕޫލުން އެ މެޗު އެހެން ތާރީހަކަށް ބަދަލުކޮށްދޭން އެދުނު ނަމަވެސް އެކަން އެގޮތަށް ނުވި އެވެ. އެ ފަހަރު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ލިވަޕޫލްގެ ޒުވާން ޓީމު 5-0 އިން ބަލިވެ އެ މުބާރާތުން ކެޓީ އެވެ.

"މިދިޔަ އަހަރު އޭޕްރީލްގައި އެފްއޭ އިން އަހަރެމެންނަށް އެންގީ 15 ދުވަހުގެ ވިންޓަ ބްރޭކެއް ލިބޭނެކަމަށް. އެ ބްރޭކް ދީފައި އަހަރެންގެ ނަޒަރުގައި އެ މީހުން އެދުނީ އެ ނިންމުމަށް އަހަރެމެން އިހުތިރާމް ކުރަން. އެކަމަކު މި ފެނުނީ އެ ބްރޭކަށް އެ މީހުން ފުރިހަމަ އަށް އިހުތިރާމް ނުކުރިތަން. އެ ބްރޭކް ތެރެއަށް މެޗެއް ލުން ރަނގަޅެއް ނޫން،" ކްލޮޕް ބުންޏެވެ.

އިނގިރޭސި އެފްއޭ އިން ކްލޮޕްގެ މި ވާހަކަތަކަށް ދިން ޖަވާބުގައި ބުނީ ރީޕްލޭ މެޗެއް އެ ދުވަސްވަރު ކުޅެން ޖެހިދާނެކަން އެހެން ކްލަބްތަކެކޭ އެއްގޮތަށް ލިވަޕޫލަށް ވެސް އަންގާފައިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަން ވެސް ކްލަބްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ރީޕްލޭ މެޗުގައި ޒުވާން ޓީމެއް ކުޅުވަން ކްލޮޕް ނިންމުމުން ލިވަޕޫލްގެ ކުރީގެ ކޯޗު އަދި މިހާރު ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ވަނީ އެ ނިންމުމަށް ހުރިހާ ފަރާތަކުން ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ކްލޮޕްގެ އެ ފާޑުކިޔުންތަކަށް ބައެއް އެހެން ކްލަބްތަކުން ނުރުހެ އެވެ. އެ ގޮތުން އިނގިރޭސި ދަށް ޑިވިޝަނުގެ ޓީމެއް ކަމަށްވާ އެކްރިންޓަން ސްޓޭންލީގެ ވެރިޔާ އެންޑީ ހޯލްޓް ވަނީ އެ ފާޑުކިޔުންތަކަށް ލިވަޕޫލާއި ކްލޮޕް ޖޫރިމަނާކުރަން ގޮވާލައިފަ އެވެ.

ޝްރޫސްބަރީ އާއި ލިވަޕޫލް ތެރެއިން މޮޅުވާ ޓީމެއް ފަސް ވަނަ ބުރުގައި ކުޅެން ޖެހޭނީ ރަށުންބޭރުގައި ޗެލްސީއާ އެވެ. އެފްއޭ ކަޕްގައި ރޭ އާސެނަލް ކުޅުނު މެޗުން ވަނީ 2-1 އިން ބޯންމައުތު އަތުން މޮޅުވެފަ އެވެ.

2 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕްރިންސް ވިލިއަމްސް

29 January 2020

ލިވަޕޫލުން ބޭނުންވާގޮތައް ހުރިހާ ކަމެއް ހަމަޖެހޭކަށް ނުޖެހޭ، ބަކިންހަމްޕެލަސް އިން ޓީމު ބޭނުންހާއެއްޗެއް ހަދަނީ ލިވަޕޫލަށް ލީގް ކާމިޔާބުކޮށްދޭން. ވީއޭއާރް އަކީ ލިވަޕޫލްގެ 12ވަނަ ކުޅުންތެރިޔާ

The name is already taken The name is available. Register?

ލިވަރ

29 January 2020

ޕްރިންސް ކަލެއަށް ހަޖަމްނުވިޔަސް ތީބޮޑުވަރު. ހަޖަމް ނުވިޔަސް ލިވަރޕޫލް ހަމަ މޮޅު...????

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454