15 މާޗް 2020 - 11:58
ޕެރިސް (މާޗް 15) – ބްރެޒިލްގެ ފޯވާޑް ނޭމާ ވިއްކާލާނެ އަގަކީ 150 މިލިއަން ޔޫރޯ ކަމަށް ޕީއެސްޖީން ކަނޑައަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް 2017 ވަނަ އަހަރު ބާސެލޯނާ އިން، ޕީއެސްޖީއާ ގުޅުނު ފޯވާޑް އަލުން ގެނައުމަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ޕީއެސްޖީން ކީ އަގު ކަމަށްވާ 200 މިލިއަން ޔޫރޯ ދޭން ބާސެލޯނާ އެއްބަސްނުވީ އެވެ.
ޕީއެސްޖީއާ އެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓް ބާކީ ދެ އަހަރު އޮތް ނަމަވެސް އެ ކްލަބުގައި މަޑުކުރުމުގެ ނިޔަތެއް ނޭމާގެ ކިބައިގައި ނެތުމުން ޕީއެސްޖީ އަށް ވަނީ އޭނާ ވިއްކާލަން މަޖުބޫރުވެފަ އެވެ. އަނެއްކޮޅުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯއާ ނޭމާގެ ގުޅުން ވެސް ރަނގަޅެއް ނޫނެވެ. އެހެންވެ ނޭމާ ދޫކޮށްލުމަށް ފަހު ކީލިއަން އެމްބާޕޭ ހިފަހައްޓަން އޭނާ މާބޮޑަށް ސަމާލުކަން ދޭނެ ކަމަށް ބެލެވެ އެވެ.
ނޭމާ ގެނައުމަކީ ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާމޮޓެއޫގެ ޓާގެޓެއް ކަމަށާއި އޭނާ ގެނެސްފި ނަމަ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ރުހުން ވެސް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދާދި ފަހުން ފީފާއިން އެކުވާލި އާ ޓްރާންސްފާ ގަވާއިދުގައިވާ ގޮތުން އެއްބަސްވުން އުވާލަން ދައްކަން ޖެހޭ އަދަދު (ރިލީސް ކްލޯޒް) ނުހިމަނައި ހަދާ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ތިން އަހަރު ހަމަވުމާ އެކު ކުޅުންތެރިޔާ ކްލަބް ބަދަލުކުރަން ބޭނުންވެއްޖެނަމަ އެ ކުޅުންތެރިޔާ ވިއްކާނެ އަގެއް ކަނޑައަޅާނީ ފީފާއިންނެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ކުރިން ބުނި ގޮތުގައި ފީފާ އިން ނޭމާގެ ކޮންޓްރެކްޓަށް ބެލުމަށް ފަހު އޭނާގެ އަގު ކަނޑަޅާއިރު އެ އުޅޭނީ 185 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޕީއެސްޖީން އަގެއް ކަނޑައަޅައިފި ނަމަ ފީފާ އަށް ދާން ނުޖެހި ސަލާމަތްވާނެ އެވެ. އެހެންވެއްޖެ ނަމަ 150 މިލިއަން ޔޫރޯ އަކީ ބާސެލޯނާ އަށް ނިސްބަތުން ކުޑަ އަގެކެވެ.
ނޭމާ އޭރު ބާސެލޯނާ ދޫކޮށްލި އެއް ސަބަބަކީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވެ އޭނާގެ އަމިއްލަ ކެރިއަރު ކޮޅަށް ޖެހުމެވެ. އެކަމަކު ޕީއެސްޖީގައި ނޭމާ އަށް އަނިޔާ އާއި އެނޫން ވެސް ސަބަބުތަކާ ހެދި އެންމެ މަތީ ފޯމް ދައްކަން ވަނީ ހުރަސް އެޅިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
17 March 2020
މާގިނަ ވާހަކައެއް ކަލޭމެން ދައްކާނެ ކަމެއް ނެތް. ނޭމާ ދެން ކުޅުވާނީ ބާސާއަށް. އެހެން ބަޔަކު ނޭމާ ގަންނަން ހިތައްވެސް ނާރުވާތި
ހަމްބެ
17 March 2020
މެސީގެ ހިޔަނީގަ ހުރެ ނަން މަޝްހޫރު ނުވަނީއޭކިޔައިގެން ޕީ.އެސް.ޖީ އަށް ދިޔައީ. އެމްބާޕޭ އާއި ކަވާނީގެ ސަބަބުން ޕީ.އެސް.ޖީގަ ކެތެއް ނުކުރެވުނު.
ބާބޫ
16 March 2020
ނޭމާއަކީ މާމޮޅުހެދިގެން ގަޔައް ސީލެވުނު މީހެއް ކަން ދަނެއު.....
ނަޝީދު.
16 March 2020
އިންސާނުންވެސް ގަނެ ވިއްކާ ތަ؟ މީ ކޮންކަހަލަ ވިސްނުމެއްގެ ބަޔެއް؟
ނިއްޓެ
15 March 2020
މާ އަގު ކުޑަ.
މަނަހަ
15 March 2020
ތި ޕޭކޮށްލާނެ މެސީގެ އެންމެ ކުޑަ ވޮލެޓުން....
ސީޒން ޖެކްޝަން
15 March 2020
ނޭމާއަކީ ވިއްކާލެވޭ އެއްްޗަކަށްވެގެންނުވާނެ.
ނޭމަރ
15 March 2020
ކޮން މެސީގެ ހިޔަންހޭ ތިކިޔަނީ އަބަދު.. ނޭމައެއް ނުބުނޭ މެސީ ހިޔަނިން ސަލާމަތްވާށެކަެ ދިޔައީ..
އާއިށަތު ރަދީ
15 March 2020
ނުވާނެ. ރަދީފްއަށް ގުޅާފަ ބުނިކަމަށްވަނީ.
އޭނަ
16 March 2020
ހުރިހާ ފުޓްބޯޅަ ކުޅުންތެރިން ތިބެނީ މެސީގެ ހިޔަނީގައި. އޭނަޔަކީ ބެންޗްމާރކް ވިއްޔަ.
މެމމމމމފޭން
16 March 2020
ކޮން ނޭ މާ އެއް. ޕީއެސްޖީ އިންް ނުވިކިފަ ހުރި މީހެކޭ. އަޅެ ބަލަ ނޭ މާ އެހިސާބައް ގެންދި އު މައް ބާރސާ ހާދަ މަސައްކަތެއް ކުރިއޭ. ދެން ކޮން ނޭ މާއެއް
ބާސެލޯނާ
15 March 2020
ޓްރާންފާރ އެބަކޮށްލަން. އެކައުންޓް ނަމްބަރު ފޮނުވާ.
ޕީއެސްޖީ
16 March 2020
ފޮނުވޭތޯ އެބަ މަސައްކަތްކުރަން. އެކަމަކު އަދި މިއުޅެނީ އެކައުންޓް ނަމްބާރ ހަނދާން ނެތިގެން.