31 އޮކްޓޯބަރ

October 31, 2020
"ނޭމާ އަށް ބްރެޒިލް މެޗުތައް ކުޅެވޭނެހެން ހީނުވޭ"

ޕެރިސް (އޮކްޓޫބަރު 31) - ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހިރްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ މަހު އޮތް ބްރެޒިލްގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ވެސް އޭނާ އަށް ގެއްލޭނެ ކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2020 1
ބްރެޒިލާއި އާޖެންޓީނާ އަށް މޮޅެއް

ރިއޯ ޑި ޖެނީރޯ (އޮކްޓޫބަރު 14) – ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބުރުގައި ރޭ ނޭމާގެ ހެޓްރިކާ އެކު ޕެރޫ އަތުން 4-2 އިން ބްރެޒިލް މޮޅުވިއިރު، ބޮލީވިއާ އަތުން އާޖެންޓީނާ 2-1 އިން މޮޅުވެއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2020 1
ނޭމާ ދެ މެޗަށް ސަސްޕެންޑްކޮށްފި

ޕެރިސް (ސެޕްޓެމްބަރު 17) - ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ދެއްކި ރަތް ކާޑާ އެކު އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

15 ސެޕްޓެމްބަރ

September 15, 2020 2
ނޭމާގެ ދިފާއުގައި ޕީއެސްޖީ ތެދުވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 15) - ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒް ޕީއެސްޖީގެ ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ޕީއެސްޖީން ގޮވާލައިފި އެވެ.

31 އޯގަސްޓް

August 31, 2020 2
ނޭމާ އާއި ނައިކީ 15 އަހަރަށް ފަހު ވަކިވެއްޖެ

ޕެރިސް (އޮގަސްޓް 31) – ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އާއި އޭނާގެ ސްޕޮންސަރު އެމެރިކާގެ ނައިކީން 15 އަހަރަށް ފަހު ވަކިވެއްޖެ އެވެ.

17 ޖުލައި

July 17, 2020 7
ބާސާގެ ޑީލު ކުރިއަށްގެންދަން ނޭމާ ޕީއެސްޖީގައި އެދިއްޖެ

ޕެރިސް (ޖުލައި 17) – ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން ނޭމާ އެ ކްލަބަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

20 ޖޫން

June 20, 2020 1
ބާސެލޯނާ އަށް ނޭމާ 8 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ

ބާސެލޯނާ (ޖޫން 20) - ނޭމާ ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިމި ބާސެލޯނާ އަށް 8 މިލިއަން ޑޮލަރު ދޭން ޖެހިއްޖެ އެވެ.

25 މެއި

May 25, 2020 2
ނޭމާ އަށް ކޯޗުކޮށްދޭން ބާސެލޯނާ ކޯޗު ބޭނުންވޭ

މެޑްރިޑް (މޭ 25) – ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށާއި އޭނާ ބާސެލޯނާ އެނބުރި އަތުވެއްޖެ ނަމަ ވަރަށް އުފާވާނެ ކަމަށް އެ ޓީމުގެ ކޯޗު ކުއިކީ ސެޓިއެން ބުނެފި އެވެ.

27 އެޕްރީލް

April 27, 2020 3
ނޭމާ އަށް އެންމެ ފުރަތަމަ ފާރަލީ ޗެލްސީން

ރިއޯ ޑި ޖަނޭރޯ (އޭޕްރީލް 27) - ބްރެޒިލްގެ ތަރި ނޭމާ އަށް ޔޫރަޕުން އެންމެ ފުރަތަމަ ބިޑް ކުރި ޓީމަކީ ޗެލްސީ ކަމަށް އޭނާގެ ކުރީގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.

05 އެޕްރީލް

April 05, 2020
ނޭމާގެ އެހީ މި ފަހަރު ހާއްސަކުރީ ކުޑަކުދިންނަށް

ރިއޯ ޑި ޖަނޭރޯ (އޭޕްރީލް 5) - ކޮރޯނާވައިރަހާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ ފަރާތުން ދޭ އެހީ ކުޑަކުދިންނަށް ހާއްސަކޮށްފި އެވެ.

15 މާޗް

March 15, 2020 13
ނޭމާ ވިއްކާލާނެ އަގަކީ 150 މިލިއަން ޔޫރޯ: ރިޕޯޓް

ޕެރިސް (މާޗް 15) – ބްރެޒިލްގެ ފޯވާޑް ނޭމާ ވިއްކާލާނެ އަގަކީ 150 މިލިއަން ޔޫރޯ ކަމަށް ޕީއެސްޖީން ކަނޑައަޅައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

05 މާޗް

March 05, 2020 9
ނޭމާ ގެނައުމަށް ބާސެލޯނާ އަމާޒު ހިފައިފި

ބާސެލޯނާ (މާޗް 5) – ޕީއެސްޖީގެ ފޯވާޑް ނޭމާ އަނބުރާ ގެނައުމަކީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އިން އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

02 ފެބުރުއަރީ

February 02, 2020 1
ނޭމާ އާއި އެމްބާޕޭ ޕީއެސްޖީގެ ކޯޗާ މައްސަލަ ޖެހިއްޖެ

ޕެރިސް (ފެބްރުއަރީ 2) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ނޭމާ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްއާ ދެމެދު މައްސަލަ ޖެހިއްޖެ އެވެ.

03 ޖެނުއަރީ

January 03, 2020 2
ނޭމާ ވިއްކާނެ އަގު ކަނޑައަޅާނީ ފީފާ އިން

ބާސެލޯނާ (ޖެނުއަރީ 3) - ޕީއެސްޖީގެ ތަރި ނޭމާ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ބޭނުންވެއްޖެނަމަ އޭނާ ވިއްކާލާނެ އަގު ކަނޑައަޅާނީ ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2019 2
ނޭމާއާ ވާދަވެރިކަމެއް ނެތް: އެމްބާޕޭ

ޕެރިސް (ޑިސެމްބަރު 26) – ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާގެ ގޮތުގައި ހުރި ނޭމާ ބޭރުކޮށް އެ މަގާމް ހޯދަން މަސައްކަތްނުކުރާނެ ކަމަށް ނޭމާ ގާތު ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.

09 އޮކްޓޯބަރ

October 09, 2019 8
ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ

މެޑްރިޑް (އޮކްޓޫބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެ ޓީމު ދޫކޮށްލައި ބާސެލޯނާ އަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ ރެއާލް މެޑްރިޑަށް ސޮއިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

23 ސެޕްޓެމްބަރ

September 23, 2019 3
ނޭމާ އަނެއްކާ ވެސް ފަހު ވަގުތު ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް (ސެޕްޓެމްބަރު 23) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ފަހު ވަގުތު ޖެހި ގޯލުން ޕީއެސްޖީން 1-0 އިން ލިޔޯން ބަލިކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019
ނޭމާގެ އަދަބު ޔުއެފާ އިން ލުއިކޮށްދީފި

ޕެރިސް (ސެޕްޓެމްބަރު 19) - އިންސްޓަގްރާމްގައި ރެފްރީ އަކަށް ފާޑުކިޔުމުން ޕީއެސްޖީގެ ތަރި ނޭމާ އަށް ދީފައިވާ ސަސްޕެންޝަން ލުއިކޮށްދޭން ޔުއެފާ އިން ނިންމައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2019 6
ސަޕޯޓަރުން ހަޅުތާލުކުރަނިކޮށް ނޭމާ ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް (ސެޕްޓެމްބަރު 15) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވާން މަސައްކަތްކުރި ޕީއެސްޖީގެ ތަރި ނޭމާއާ ދެކޮޅަށް އެޓީމުގެ ސަޕޯޓަރުން ހަޅުތާލުކުރަމުންދަނިކޮށް އޭނާ ފަހު ވަގުތު ޖެހި ގޯލުން ސްޓްރަސްބޯގް އަތުން 1-0 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2019 4
ނޭމާ އަލުން ބާސާ އަށް ގެންނަން މެސީ ވަރަށް ބޭނުންވި

ބާސެލޯނާ (ސެޕްޓެމްބަރު 13) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ނޭމާ އަލުން ބާސެލޯނާ އަށް ގެންނަން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރަށް ބޭނުންވި ކަމަށް އޭނާ ބުނެފި އެވެ.