ބްރެޒިލް ކަޕް ކުރިމަތިލުމުގައި ސަންޓޯސްގެ ފޯވާޑް ނޭމާ ޖޫނިއާގެ ފަރާތުން ފެނުނު އަމަލުތަކާ މެދު، މެޗުން ބަލިވި. ރެމޯގެ ރައީސް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އިއްޔެ ކުޅުނު އެ މެޗަށް، އުމުރުން 34 އަހަރުގެ ނޭމާ، ނުކުތީ ބަދަލު ކުޅުންތެރިޔެއްގެގޮތުގަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ސަންޓޯސް ގެންގޮސް ދޭން، މެޗުގެ ހަމައެކަނި ލަނޑު އެ ޓީމުގެ ރޯނީ ޖެހީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގައި ރެމޯގެ ސަޕޯޓަރުން ނޭމާ އަށް ރައްދުކޮށް ދަނޑުގައި މާލާމާތުގެ ބަސްތައް ގޮވި އެވެ.
މަސްރަހު ގޯސްވީ މެޗު ނިންމާފައި ރޮސްޓްރަމް ކައިރިން ދަމުން، ރެމޯގެ އިސްވެރިންނާއި އޮފިޝަލުން ތިބި ސަރަހައްދާ އަރާހަމަވުމުން "ކަޓައިފި ކަޓައިފިއޭ"، ނޭމާ ގޮވުމުންނެވެ.
ރެމޯގެ ރައީސް އެންޓޯނިއޯ ކާލޯސް ޓެއިސެއިރާ ވިދާޅުވީ ނޭމާގެ ފަރާތުން ފެނުނީ އަދަބު ކުޑަ އަމަލުތަކެއް ކަމަށެވެ.
"ގިނަ ކުޑަކުދިންތަކެއްގެ ލޯބި ލިބިފައިވާ (އެކަމަކު) ދަށުދަރަޖައިގެ އެ ނޭމާ މިތަނަށް އައިސް އަހަރެމެންނާ ދިމާއަށް މަލާމާތްކުރީ،" ބްރެޒިލްގެ ސިޓީ ބެލެމްގައި ކުޅުނު މެޗަށް ފަހު ޓެއިސެއިރާ ވިދާޅުވި އެވެ.
"މިފަދަ ދަށު ދަރަޖައިގެ މީހުންނަށް އަހަރެމެން ތައުރީފުކޮށް ވަރުގަދަ މީހެއްކަމަށް ހެދުމަކީ އަހަރެމެންގެ ކުށެއް."
ރެމޯގެ ސަޕޯޓަރުން ގޮވި މަލާމާތުގު ގޮވުންތަކަށް ނޭމާ ވެސް ރައްދު ދިނީ މަލާމާތުގެ ރާގެއްގަ އެވެ.
"ލޯތްބަށްޓަކައި ޝުކުރިއްޔާ، ބެލެމް،" ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ފޯވާޑް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.