ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅޭ ފަހު މެޗަށް އެ ޓީމުގެ ސްޓާ ފޯވާޑް ނޭމާ ފިޓްވެފައިވާ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ ބުނި ގޮތުގައި ނޭމާ މިހާރު ހުރީ މުޅި މެޗު ކުޅެވޭ ވަރަށް ފިޓް ވެފަ އެވެ. އެކަމަކު ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެ ކަމަކަށް  އަންޗެލޮއްޓީ ކަށަވަރެއް ނުކޮށްދިނެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ސްކޮޑަށް، ނޭމާ ނެގީ ޝަރުތުތަކާ އެކު އެވެ. އއުމުރުން 34 އަހަރުގެ ނޭމާ ތިން އަހަރަށްފަހު ގައުމީ ޓީމު ޖާގަ ލިބުނީ ތިން އަހަރަށް ފަހު އެވެ. 

އެކަމަކު ކުޑަކަލުވާ މަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި މުބާރާތުގައި އޭނާ އަދި ކުޅެފައެއް ނުވެ އެވެ.

ނިއު ޖާޒީގެ މޮރިސްޓައުންގައި ހުންނަ ކޮލަމްބިއާ ޕާކް ޓްރެއިނިން ފެސިލިޓީގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައި،  ބްރެޒިލްގެ ފޯވާޑް  ނޭމާ (މެދު) އޭނާގެ ޓީމުގެ ކުޅުންތެރިއަކާ ވާހަކަދައްކަނީ، ކައިރީގައި ބްރެޒިލްގެ އިޓަލީ ކޯޗު ކާލޯ އަންޗެލޮއްޓީ (ކ)  ބަލަހައްޓައިގެން --- ފޮޓޯ: މައުރޯ ޕިމެންޓެލް | އޭއެފްޕީ

އަންޗެލޮއްޓީ ބުނީ ނޭމާ ހުރީ މެޗަށް ތައްޔާރަށް ކަމަށެވެ. މި ހަފުތާގައި އޭނާ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާކަމަށް ބުންނެވެ. އަދި އޭނާ އެނބުރި އައުމަކީ ޓީމަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް ކޯޗު ސިފަ ކުރި އެވެ.

"ނޭމާ ހުރީ ކުޅެވޭ ފަދަ ހާލަތެއްގައި. އޭނާ މި ހަފުތާގައި މަސައްކަތް ކުރި އަދި މެޗަށް ވެސް ފިޓް. އޭނާ އެނބުރި އައުމުން އަހަރެމެން ވަރަށް އުފާވޭ. ސަބަބަކީ މުހިންމު ވަގުތުގައި އޭނާގެ ފެންވަރުން ޓީމަށް އެހީތެރިވެވޭނެ،" އަންޗެލޮއްޓީ ބުންޏެވެ.

އަންޗެލޮޓީ ބުނިގޮތުގައި، އޭނާއަށް މިހާރު ނޭމާ ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި ނޭމާ ވަނީ ވަރަށް ސީރިއަސްކޮށް މަސައްކަތްކޮށް، ވީހާވެސް އަވަހަކަށް އަނިޔާއިން ސަލާމަތްވާން މަސައްކަތް ކޮށްފައިކަން އަންޗެލޮޓީ ފާހަގަ ކުރި އެވެ. 

މިދިޔަ ދެ މެޗުގައި އޭނާ ނުކުޅުނު ނަމަވެސް އޭނާގެ ތަޖުރިބާގެ ބޭނުން ހަގު ކުޅުންތެރިންނަށް ކުރާނެ ކަމަށް އަންޗެލޮއްޓީ ބުންޏެވެ.

ބްރެޒިލްގެ ފޯވާޑް ނޭމާ (ވ) އޭނާގެ ޓީމުގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ (ކ) އާ ވާހަކަދައްކަނީ --- ފޮޓޯ: މައުރޯ ޕިމެންޓެލް | އޭއެފްޕީ
ބްރެޒިލްގެ ފޯވާޑް ނޭމާ (ވ) އޭނާގެ ޓީމުގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ (ކ) އާ ވާހަކަދައްކަނީ --- ފޮޓޯ: މައުރޯ ޕިމެންޓެލް | އޭއެފްޕީ

"އަހަރެން އޭނާއާ މެދު ވަރަށް ހިތްހަމަޖެހޭ. އޭނާ ނުކުޅުނަސް، އޭނާގެ ތަޖުރިބާ އާއި ކުޅުމުގެ ވިސްނުން ގެނެސްދޭ. އޭނާ ހަގު ކުޅުންތެރިންނަށް އެހީތެރިވޭ. އޭނާގެ ކަންތައްތައް ދަނީ ވަރަށް ރަނގަޅަށް،" ކޯޗު ބުންޏެވެ.

މެޗުގައި ނޭމާއަށް ކިހާ ވަގުތެއްގައި ކުޅެވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން އަންޗެލޮއްޓީ ވަނީ މަޖާޒީ ގޮތަކަށް ޖަވާބު ދީފަ އެވެ.

"އޭނާއަށް 90 މިނެޓު ކުޅެވިދާނެ ހިނގާލާފައި،" ސަމާސާ ރާގެއްގައި އަންޗެލޮޓީ ބުންޏެވެ. 

"ނޫން، އޭނާގެ ހާލަތު ރަނގަޅު. އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރި، ވަރަށް ރަނގަޅަށް ފަރިތަކުރި."