ކަނަވާރޯ 2006 ގެ ވޯލްޑް ކަޕުގެ ފައިނަލް މެޗަށް ފަހު ތަށި އުފުލާލަނީ. --ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2020 - 13:00
ރޯމް (އޭޕްރިލް 2) – ކޮރޯނާވައިރަސް ބަލިކުރުމަށްޓަކައި، 2006 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އިޓަލީން ނެރުނު ރޫހު ނެރެން އެ ގައުމުގެ ރައްޔިތުންނަށް އޭރުގެ ކެޕްޓަން ފަބިއޯ ކަނަވާރޯ ގޮވާލައިފި އެވެ.
އިޓަލީގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު، އެ ގައުމުގެ ރައްޔިތުންނަށް ފޮނުވި ހުޅުވާލާފައިވާ ސިޓީގައި ބުނީ ކޮރޯނާވައިރަހުގެ ސަބަބުން އިޓަލީ ނިކަމަތިވެފައިވާތަން ފެނުމުން ހާސްކަމާއި ތަދުން އޭނާ ފުރިފައިވާ ކަމަށެވެ.
ޔުވެންޓަސް އާއި އިންޓަ މިލާނާއި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ކަނަވާރޯ ބުނީ ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެ، އިޓަލީ މިގޮތަށް ވޭން އަޅަމުންދާ މަންޒަރު ފެނުމުން ކުރެވޭ ބިރުވެރި އިހުސާސް އޭނާ އަށް ސިފަކޮށްނުދެވޭނެ ކަމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އިޓަލީގެ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ޖެހި 13،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މި ވައިރަސް ޑިސެމްބަރު މަހު ފެނުނު ގައުމު ކަމަށްވާ ޗައިނާގެ ސުޕަ ލީގުގެ ގުއަންޒޫ އެވަގްރެނޭޑުގެ ކޯޗު ކަނަވާރޯ ބުނީ އޭނާ ވެސް ހިމެނޭ ގޮތަށް އިޓަލީ އެންމެން ވެސް މި ސިއްހީ ނުރައްކާ ލުއިކޮށް ނެގީތީ ހިތާމަކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު މިއީ އެންމެން އެއްބައިވާންވީ ވަގުތު ކަމަށް ބުނެ ކަނަވާރޯ ވަނީ 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރަން އިޓަލީން ދެއްކި ރޫޅާނުލެވޭނެ އެއްބައިވަންތަކަމުގެ ރޫހު ނެރެން އެ ގައުމުގެ ރައްޔިތުން ކިބައިން އެދިފަ އެވެ.
"މީހުން އަހަރެން ގާތު ވަރަށް ގިނައިން އަހާ ކީއްވެހޭ އެ ފަހަރު އިޓަލީ އަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ. އަހަރެމެން އެ މުބާރާތް ކާމިޔާބުކުރީ ނަސީބު އެހީވެގެނެއް ނޫން. އަހަރެމެންނަށް އެ މުބާރާތް ކާމިޔާބުކުރެވުނީ އެންމެ މޮޅު ޓީމު އޮތުމުން. އަދި ކާމިޔާބުވާނެ ކަމަށް ގަބޫލުކުރުމުން،" ކަނަވާރޯ ބުންޏެވެ.
އެ ފަހަރުގެ ވޯލްޑް ކަޕް އިޓަލީ ކާމިޔާބުކުރީ މެޗު ފިކްސިންގެ ވިލާގަނޑެއް، އިޓަލީ ފުޓްބޯޅައަށް އަނދިރިކޮށްފައި އޮއްވަ އެވެ. ކަނަވާރޯގެ އިތުރުން ޖިއަންލުއިޖީ ބުފޮން އާއި އަންދްރޭ ޕިރްލޯ އާއި ޖެނާރޫ ގަޓޫސޯ އާއި ފްރެންޗެސްކޯ ޓޮޓީ އަދި ލޫކާ ޓޯނީ ފަދަ ތަރިންނާ އެކު އިޓަލީން އެ މުބާރާތް ކާމިޔާބުކުރީ ސެމީ ފައިނަލުން ޖަރުމަން ކަޓުވާލައި އަދި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބަ
02 April 2020
ނުބަލާނަން
ޚލމހ
02 April 2020
ވިއޭރީ ޑެލްޕިއޭރޯ މަލްޑީނީ ގެ ރަން ޖީލަށް އަތުނުވި ތަށި. އެއީ އަދި މިއަށް ވުރެ ހުނަރުވެރި.
މާ އެނގޭ މީހާ
02 April 2020
ކަލޯ މާ އެނގިގެން ނޫޅޭ. ވިއެރީ، ޑެލްޕިއޭރޯ އާއި މަލްޑިނީ އަކީ ވެސް ހަމަ 2006 ގެ ވޯލްޑް ކަޕް ތަށި ނެގި ޖީލުގެ ކުޅުންތެރިން. އެ ކުޅުންތެރިން ތަންކޮޅެއް އަވަހަށް ރިޓަޔާކުރީ. ތަނެއް އޮންނައިރަށް ކަލޭ ވާނެ ކޮމެންޓްކުރަން ވާނުވާ ނޭގުނަސް.
ރަދީފްއޮފިޝިއަލް
02 April 2020
@ޚލމހއަށް. ވިއޭރީ އަދި މަލްޑީނީ ވެސް އެއީ އިޓަލީގެ ފުޓްބޯޅައިގެ ވަރުގަދަ ލެޖެންޑުން. (ނޯޓެބަލް ޕްލޭޔާސް އިން 2006 ސްކޮޑް:ޕިރްލޯ،ޒަމްބްރޯޓާ،އިންޒާގީ،ނެސްޓާ،ޓޮޓީ،ގަޓޫސޯ،ޑިރޮސީ،މަޓެރާޒީ). 2006ގެ ވޯލްޑްކަޕްގަ ކުޅެން ދައުވަތު ލިބި ނޫނެކޭ ބުނެވުނީތީވެ މިއަދުވެސް މަލްޑީނީ ހިތާމަކުރޭ.ޑެލްޕިއޭރޯ އެއީ 2006ގެ ވޯލްޑްކަޕްގެ ސެމީ ފައިނަލް އަދި ފައިނަލްގަ ވެސް ކުޅެ ގޯލް ސްކޯކުރި ކުޅުންތެރިއެއް.(އެހެންވީމަ ތިޔަ ކޮމެންޓް ރަނގަޅެއް ނޫން) ވ.ވެދުން.#ފޯޒާއިޓާލިއާ
އަލިފް ޝީނު
02 April 2020
ބަލަ ޑެލްޕިއެރޯ އަކީ 2006 ގަ ތަށި ނެގި ޓީމުގެ ކުޅުންތެރިއެއް. ސެމީގައި ޖަރުމަނު ކޮޅަށް 2 ވެނަ ލަނޑު ޖެހީ ޑެލްޕިއެރޯ. ޝައްކުވަންޔާ ޔޫޓިއުބްއިން ބަލާލާ.
ޚލމހ
02 April 2020
2006 ގެ ތަށި ނެގި ޓީމް ދެރައެކޭ ނުބުނަން. ނަމަވެސް ވޯލްޑްކަޕް 98 އަދި ޔޫރޯ 2000 ގެ ފައިނަލްގައި ކުޅުނު އިޓަލީ ޓީމްގެ ކުޅުން ހަނދާންނެތި ނުވަތަ ނޭނގި ތިޔަ ކޮމެންޓް ކުރެއްވީ. އަސްލު ހަގީގީ ރަންޖީލުގެ އެންމެ ފޯރި ހުރި ޒުވާން ކިކުގަ ކުޅުނު ދުވަސްވަރު އެއީ. ކްރިސްޓިއަން ވިއޭރީ، ޑެލްޕިއޭރޯ، މަލްޑީނީ، ޓޮޓީ، އިންޒާގީ އަރައިގެން އައި އިރު އެއީ. ހުނަރުވެރި ޑިފެންސިވް މިޑްފީލްޑަރ ޑިމިޓްރީ އަލްބަޓީނީގެ ހަނދާން އެބަހުރިބާ ރަދީފުމެން. އެއީ ހަގީގީ އިޓަލީ އަކީ.