06 މެއި 2020 - 17:50
ދޯހާ (މޭ 6) – ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަށް އޭނާގެ އުމުރުން 40 އަހަރާ ގާތްވަންދެން ކުޅެވިދާނެ ކަމަށް އޭނާއާ އެކު ކުރިން ބާސެލޯނާ އަށް ކުޅުނު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
އުމުރުން 32 އަހަރުގެ މެސީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެހެންކަމުން އޭނާގެ ޖާދޫ ވީހާ ވެސް ގިނަ ދުވަސް ވަންދެއް ފެންނަން ސަޕޯޓަރުން އެދެ އެވެ.
ބާސެލޯނާގެ ކުރީގެ ފޯވާޑް ސެމުއެލް އެޓޫއާ އެކު އިންސްޓަގްރަމްގައި ކުރި ލައިވް ޗެޓެއްގައި ޒަވީ ބުނީ މެސީ އަށް އަދިވެސް ރަނގަޅު ފެންވަރުގައި ފަހެއް ނުވަތަ ހަތް އަހަރު ކުޅެވިދާނެ ކަމަށެވެ.
"މެސީ އުޅެނީ ވަރަށް ބަލައިގެން ފަރުވާތެރިކަމާ އެކު. އެހެންވެ އުމުރުން 37، 38 ނުވަތަ 39 އަހަރާ ހަމަޔަށް ކުޅެވިދާނެ،" ޒަވީ ބުންޏެވެ. "އޭނާ ގަތަރު ވޯލްޑް ކަޕުގައި (2022) ގައި ކުޅޭނެ. އަހަންނަށް ޔަގީން.
އެކަމަކު މެސީ ވަރަށް އަވަހަށް ބާސެލޯނާ ދޫކޮށްލަފާނެ ކަމަށް ވަނީ އަޑުތައް އަރައިފަ އެވެ. މި ސީޒަނަށް ފަހު، ނިސްބަތުން ހެޔޮ އަގަކަށް ކްލަބް ބަދަލުކުރުމުގެ ފުރުސަތު ކޮންޓްރެކްޓުން މެސީ އަށް ލިބޭ ވެސް މެ އެވެ. އެހެންވިޔަސް މެސީ އޭނާގެ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާއާ އެކު އެ ޓީމަށް ކުރިން ކުޅުނު ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާކޮށި ހުސޭނުނު
07 May 2020
މެސީ ނުބުބާ ވާހަކައެއް މިމީހުން ދައްކާއިރު ހާދަމޮޅެ މިމީހުން