ކުޅިވަރު

ސަޕޯޓަރުންނަށް ނުވަދެވުނަސް ފޮޓޯތަކުން ދަނޑުފުރާލަނީ!

ސަޕޯޓަރު މުއެލާ: ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓް ބޯޑް ދަނޑަށް ވެއްދުމުގެ ހިޔާލު އުފަންކުރި ފަރާތް.

ބާލިން (މެއި 20) - ކޮވިޑް-19 ގެ ސަބަބުން ދެ މަސް ދުވަހަށް ލީގު މެދުކެނޑުމަށް ފަހު މިދިޔަ ހަފްތާ ބަންދުގައި މެޗުތައް ފެށީ ސަޕޯޓަރުން ނުވައްދަ އެވެ. އެކަމަކު މީގެ މަހެއްހާ ދުވަސްކުރިން ބޮރޫޝިއާ މުންޗެންގްލަޑްބަކް ވަނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހޭނެތީ އެކަމަށް ދުރާލައި ތައްޔާރުވާން ފަށައިފަ އެވެ. އެ ގޮތުން މޮންޗެންގްލަޑްބަކްގެ މެޗުތައް ބޮރޫޝިއާ ޕާކުގައި ކުޅޭއިރު ސަޕޯޓަރުން ނުލައި ކުޅެން ޖެހުނަސް ސަޕޯޓަރުންގެ ފޮޓޯ ދަނޑުގައި ހަރުކުރުމުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

އޮގަސްޓް 31 ވަނަ ދުވަހުގެ ކުރިން އެއްވެސް ވަރަކަށް މީހުން އެއްވެ އުޅޭ ގޮތަށް އިވެންޓެއް ކުރިއަށް ނުގެންދަން ޖަރުމަނު ސަރުކާރުން ވަނީ މިދިޔަ މަހު އަންގައިފަ އެވެ. އޭގެ މާ ކުރިން ވެސް އަލުން ފުޓްބޯޅަ ފަށަން ޖެހޭނީ ސަޕޯޓަރުން ނުވައްދައިކަން އޮތީ ޔަގީންވެފަ އެވެ.

ޖަރުމަނު ލޮކްޑައުންގައި އޮތްއިރު މިދިޔަ މާޗް މަހުގެ މެދުތެރޭގައި މޮންޗެންގްލަޑްބެކްގެ ސަޕޯޓަރު އިންގޯ މުއެލާ، 51، ވިސްނަމުންދިޔައީ މެޗުތަކަށް ދަނޑަށް ނުވަދެވުނަސް ސަޕޯޓަރުންގެ އެހީތެރިކަން ކުޅުންތެރިންނަށް ފޯރުކޮށްދޭނެ ގޮތެއް ހޯދާށެވެ. އޭނާ ވިސްނީ ބޮރޫސިއާ ޕާކްގެ 54،014 ޖާގައިގެ ކޮންމެވެސް އަދަދެއް އެ ކްލަބްގެ ސަޕޯޓަރުންގެ ފޮޓޯ ހަރުކުރެވޭނެ ގޮތެއް ހޯދާށެވެ.

ބޮރޫސިއާ ޕާކްގައި ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓް ބޯޑު ހަރުކޮށްފައި: ފުރަތަަމަ މެޗު ކުޅޭނީ ހޮނިހިރު ދުވަހު. -- ފޮޓޯ: އޭއެފްޕީ

"އެ ފިކުރުގައި އަހަރެން ހުއްޓައި އަހަންނަށް ހިޔާލު ދިނީ އަހަރެންގެ އަންހެނުން. ކީއްވެހޭ އަހަންނަށް ދަނޑަށް ނުދެވުނަސް އަހަރެންގެ ފޮޓޯއެއް ދަނޑަށް ނުދެވޭންވީ. އެ ހިސާބުން އަހަރެންގެ ރަށްޓެއްސެއް މެދުވެރިކޮށް އަހަރެން ފެށީ ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓް ބޯޑުތަކެއް ދަނޑަށް ގެންދެވޭނެ ޕްރޮގްރާމެއް ފަށަން،" ޖަރުމަނުގެ ނޫހަކަށް މުއެލާ ކިޔައިދިނެވެ.

މުއެލާ ބޭނުންވީ އެ މަސައްކަތް ވެސް ކްލަބަށް މާލީ އެހީތެރިކަން ދެވޭނެ ގޮތަކަށް ކުރާށެވެ. އެ ގޮތުން ކަޓް ބޯޑެއް ވިއްކާ އަގެއްގެ ގޮތުގައި ކަނޑައެޅީ 19 ޔޫރޯ އެވެ. އޭނާގެ ފުރަތަމަ އުއްމީދުކުރީ 500 އާއި 2000 ވަރަކަށް މީހުންގެ ތަރުހީބު މިކަމަށް ލިބޭނެ ކަމަށެވެ. އެކަމަކު ކަންދިމާވީ ހީކުރި ވަރަށް ވުރެން މާ ތަފާތު ކޮށެވެ. މުއެލާގެ މި ހިޔާލު ވައިގައި ހިފީ "ސްޓޭ ހޯމް، ބީ އިން ދަ ސްޓޭންޑްސް" ކެމްޕެއިނެއްގެ ގޮތުގަ އެވެ.

"މިހާރު އަހަރެމެންނަށް އަންދާޒާ ކުރެވޭ ގޮތުގައި 17000 ކަޓް ބޯޑު ވިކިއްޖެ. ކުރިއަށް އޮތްތަނުގައި ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓްބޯޑުތަކުން ދަނޑުފުރާލާނެ. މިއީ ކްލަބަށް މާލީ ގޮތުން ވެސް ލިބޭނެ ފައިދާއެއް. އަނެއްކޮޅުން ކުޅުންތެރިންނަށް ވެސް ދެވޭނެ މޯރަލް ސަޕޯޓެއް ކަމަށް މި އުއްމީދުކުރަނީ،" މުއެލާ ބުންޏެވެ.

މިހާރު ބޮރޫސިއާ ޕާކްގައި ހުރި ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓްބޯޑުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އެ ކްލަބްގެ ސަޕޯޓަރުންގެ ފޮޓޯ އެކަންޏެއް ނޫނެވެ. ވާދަވެރި އެހެން ކްލަބްތަކުގެ ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓް ބޯޑުތައް ވެސް މިހާރު ވަނީ ދަނޑުގައި ބަހައްޓަން ފަށައިފަ އެވެ. ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މުއެލާ ކުރަނީ މޮންޗެންގްލަޑްބަކްގެ އޮފިޝަލުންނާ ގުޅިގެންނެވެ.

ބޮރޫޝިއާ ޕާކްގައި ހަރުކޮށްފައިވާ ސަޕޯޓަރުންގެ ފޮޓޯ ޖެހި ކަޓް ބޯޑުތަކެއް. -- ފޮޓޯ: އޭއެފްޕީ

"ޖަރުމަނުގައި ސަޕޯޓަރުން ނުވައްދައި ކުޅޭ މެޗުތަކަށް އަހަރެމެން ކިޔަނީ ގޯސްޓް މެޗު. އެ ފަދަ ހާލަތެއް ނޯންނަ ގޮތެއް ހަދަން އަހަރެން ވިސްނީ. ތެދެއް އަހަރެމެންނަށް ކުރިން މެޗުތައް ކުރިއަށްދާ މާހައުލު ފޮޓޯތަކެއް ވައްދައިގެން ނުގެނެވޭނެ. އެކަމަކު މިއީ ފުޓްބޯޅައިގައި ވެސް އެންމެންގެ ސަޕޯޓު އޮތްކަން ދައްކައިދޭ ރަމްޒީ ކަމެއް،" މުއެލާ ބުންޏެވެ.

އޭނާ ބުނީ މީގެއިން ދޭހަވަނީ ކޮވިޑް-19ގެ މި އުނދަގޫ ހާލަތުގައި ސަޕޯޓަރުން ވެސް ތިބީ ކުޅުންތެރިންނާ އެއް ޓީމެއްގައި ކަން ކަމަށެވެ.

ޖަރުމަނު ލީގު އަލުން ފަށައިގެން ބޮރޫޝިއާ ޕާކުގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ މެޗުގައި މޮންޗެންގްލަޑްބަކް ނުކުންނާނީ ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ.

ސަޕޯޓަރުން ނުލައި މެޗުތައް ކުޅެން ޖެހޭތީ އެކި ކްލަބްތަކުން އަންނަނީ ތަފާތު ގޮތްތަކެއް ހަދަމުންނެވެ. އެ ގޮތުން މިދިޔަ މަހުގައި ބެލަރޫސް ޕްރިމިއާ ލީގުގެ ޑައިނަމޯ ބްރީސްޓް ވަނީ ސަޕޯޓަރުން ނުވެއްދޭތީ އޭގެ ބަދަލުގައި ސަޕޯޓަރުންގެ ފޮޓޯ ޖެހި ބުދުތަކެއް ދަނޑަށް ވައްދައިފަ އެވެ.

3 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޭމުޖީބު

20 May 2020

ސަޕޯޓަރުންގެ އަޑުގަދަކުރެވޭ ގިތްޗެސް ކޮރެއާގައިވަނީ ހަދާފައި އެހެންކަމު ލީގުތަކުން އެހެންވެސް ހަދާނެ.

The name is already taken The name is available. Register?

ޚޫސަނި

20 May 2020

ވަރަށް ސަޅި

The name is already taken The name is available. Register?

އާދަމް ބާއީ

20 May 2020

މުޅިން ބޯސަކަރާތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454