ދުނިޔޭގެ ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމް ޕްރޮފައިލް: ކްރޮއޭޝިއާ

ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިން. --ފޮޓޯ:އޭއެފްޕީ

10 ޖޫން 2021 - 14:22

1 comments

ކްރޮއޭޝިއާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ. ކްރޮއޭޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރު އެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީޚީ މުބާރާތަކަށެވެ. ހައިރާންކުރުވަނިވި ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ "ރަން ޖީލުގެ" ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރު ހޯދީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

އަދި އޭގެ ފަހުން، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ ވަނީ ރަނަރަޕްގެ މަގާމު ހޯދައިފަ އެވެ. މިއީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ކޮލިފައިވި ގޮތް:

ޔޫރޯ ކޮލިފައިންގެ ގުރޫޕް އީ ގައި ވާދަވެރި މެޗުތަކަކަށް ފަހު، ކްރޮއޭޝިއާ މުބާރާތަށް ކޮލިފައިވީ ގުރޫޕް އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އުނދަގޫތަކާ ކުރިމަތިވި ނަމަވެސް، ކްރޮއޭޝިއާ ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރުކޮށްގެންނެވެ. ކްރޮއޭޝިއާ ބަލިވީ އެންމެ މެޗަކުންނެވެ. ކްރޮއޭޝިއާ 17 ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ހޯދިއިރު، އެ ޓީމާ އެންމެ ވާދަކުރި ވޭލްސް ދެވަނައިގައި ނިންމާލީ 14 ޕޮއިންޓާ އެކު އެވެ.

މުހިންމު ކުޅުންތެރިން:

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. ރެއާލަށް ގިނަ އަހަރުތަކަކު ކުޅުނު މޮޑްރިޗަކީ މި ވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް މިޑްފީލްޑަރެވެ. ފަހުގެ ތާރީޚުގައި ރެއާލް އިން ހޯދި ބޮޑެތި ކާމިޔާބީތަކުގައި މޮޑްރިޗްގެ ދައުރު ބޮޑެވެ.

މޮޑްރިޑް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ތިން ވޯލްޑް ކަޕާއި ތިން ޔޫރޯގައި ކްރޮއޭޝިއާގެ ގައުމީ ޓީމު ތަމްސީލްކޮށްފަ އެވެ.

އީވާންޕެރިސިޗް އަކީ ކްރޮއޭޝިއާ ޓީމުގައި ހުރި އެންމެ ހުނަރުވެރި އަދި ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އިންޓަ މިލާނަށް ކުޅޭ ޕެރިސިޗް އަކީ ކުރިން ޖަރުމަން ލީގުގައި ވިދާލި ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ. މިހާތަނަށް ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު އޭނާ ވަނީ ކުޅެފަ އެވެ.

ތަޖުރިބާކާރު މިޑްފީލްޑަރުން ގިނަ ކްރޮއޭޝިއާގެ ޓީމުގެ ފުރަތަމަ 11 ގެ ޖާގައަކަށް، ޒުވާން މިޑްފީލްޑަރު ނިކޮލާ ވްލަސިޗް ވެސް ވާދަކުރާނެ އެވެ. މިހާރު ސީއެސްކޭއޭ މޮސްކޯ އަށް ކުޅެމުންދާ ވްލަސިޗަކީ މި ވަގުތު ކްރޮއޭޝިއާގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ.

ކޯޗު:

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް އަކީ އެ ގައުމުގައި މަގްބޫލު ކޯޗެކެވެ. ދެހާސް ފަސް ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޑަލިޗް ކޯޗިން ކެރިއަރުގައި ވަނީ ކްރޮއޭޝިއާގެ ބައެއް ކްލަބުތަކާއި މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

ކްރޮއޭޝިއާގެ ކޯޗުކަން 2017 ވަނަ އަހަރު ޑަލިވް އަށް ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިނުމުގެ ޓާގެޓާ އެކު އެވެ. ފުރަތަމަ ޓާގެޓް ޑަލިޗް ވަނީ ހާސިލްކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލުން ކްރޮއޭޝިއާ އަށް ޖާގަ ހޯދައިދިނެވެ. އެ މުބާރާތުގެ ރަނަރަޕްގެ މަގާމު ހޯދުމަކީ ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

10 June 2021

ރަކިޓިޗް މިހާރުވެސް ކުޅެނީ ސެވިއްޔާއަށް. ދެން ކޮބާ ޗެލްސީއަށް ކުޅޭ ކޮވޮސިޗް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454