އިރްފާން އާއި އަބިޝެކް: "ލަވް ޕަ ސްކްއާ ފުޓް" އިން ފެނިގެން ދާނެ.
18 އެޕްރީލް 2017 - 05:33
ރަންގް ދެ ބަސަންތީ އާއި ޖޯދާ އަކްބަރު ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ރޮނީ ސްކްރޫވާލާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ "ލަވް ޕަ ސްކެއާ ފޫޓް" އަށް އަބިޝެކް ބައްޗަން އާއި އިރްފާން ހާން ސޮއިކޮށްފި އެވެ.
އެ ދެ މީހުންނާ އެކު މި ފިލްމުގެ މުހިއްމު ރޯލްތަކުން ވިކީ ކޯޝަލް އާއި އަނގިރާ ދާރް ވެސް ފެނިގެން ދާނެ އެވެ.
"ލަވް ޕަ ސްކެއާ ފުޓް" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަލަށް ޑައިރެކްޝަނަށް ނިކުންނަ އަނާންދް ތިވާރީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަދި ބަތަލާއަކު ހަމަޖައްސައިފައި ނުވާ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މި ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ އާ އެކްޓަރެކެވެ.
ލޯބީގެ ހެއްވާ މަޖާ ހާދިސާތަކެއް މައްޗަށް ބިނާކޮށް ހަދާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ހުސައިން ދަލާލާއި އާކާޝް ކްރާނާ އެވެ.
އިރްފާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޕާކިސްތާންގެ ބަތަލާ ސަބާ ގަމަރްއާ އެކު ކުޅެފައިވާ ސަކެޓް ޗައުދަރީގެ "ހިންދީ މީޑިއަމް" އިންނެވެ. އެ ފިލްމް ރިލީޒް ކުރާނީ އަންނަ މަހުގެ 12 ގަ އެވެ.
އަބިޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޕްރަބޫދޭވާ ޑައިރެކްޓް ކުރާ "ލެފްޓީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުނެލީ
18 April 2017
އަލަށް ފެންނާނެ ކަމަށް ވާނީ އެކްޓްރެސް އެކްޓަރެއް ނޫން..