ލީކުވި އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިންގްގެ ބައެއް ފޮޓޯ
23 ސެޕްޓެމްބަރ 2017 - 06:42
އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ހުންނަ ސިފަ ސޯޝަލް މީޑިއާގައި ލީކުވުމުން އޭނާ ރުޅިގަދަވެއްޖެ އެވެ.
ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ކޮންމެވެސް މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ވާއިރު އާމިރުގެ އެންމެ ފަހުގެ ފިލްމު "ދަންގަލް"ގައި އޭނާގެ ސިފަޔަށް ބޮޑު ބަދަލެއް ގެނެސްފައި ހުރި ގޮތަށް މިފަހަރު ވެސް އާމިރު ވަނީ ސިފަ ނޭނގޭ މިންވަރަށް ބަދަލު ކޮށްލާފަ އެވެ.
މުމްބައިގައި މިހާރު މި ފިލްމުގެ ޝޫޓިން ކުރިޔަށް ދާއިރު ފޮޓޯތައް ލީކުވި މައްސަލައިގައި ރުޅިގަދަވެ އާމިރު ވަނީ ޝޫޓިން އޮންނަ ތަނުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ.
"ތަގްސް އޮފް ހިންދުސްތާން" އަކީ "ޕައިރޭޓްސް އޮފް ކެރީބިއަން"ގެ ބޮލީވުޑް ވާޝަން ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ދާދިފަހުން އާމިރު ދީފައިވާ އިންޓަވިއުއެއްގައި ބުނީ "ޕައިރޭޓްސް އޮފް ކެރީބިއަން" އާއި "އިންޑިއާނާ ޖޯންސް" ކަހަލަ އެތައް ސަތޭކަ އެކްޝަން އެޑްވެންޗާ ފިލްމުތަކެއް ނެރެފައިވާއިރު މިއީ ވެސް އެ ކަހަލަ އެޑްވެންޗާ ފިލްމެއް ކަމަށާއި ނަމަވެސް މި ފިލްމުގެ ވާހަކަ ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި އޭނާގެ ކެރެކްޓާ އަކީ ވެސް އެޑްވެންޗާ ފިލްމުތަކުގައި އާންމުކޮށް ފެންނަ ކަހަލަ ކެރެކްޓާތަކާ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށް ވެސް އާމިރު ބުންޏެވެ.
އަންނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި އަމީތާބު ބައްޗަން އާއި ކެޓުރީނާ ކައިފް އަދި ފާތިމާ ސަނާ ޝޭޚް ވެސް މުހިއްމު ބައިތަކެއް ކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދި ތަގް
24 September 2017
ތި ސިފައި ގައި ތިބޭ ބައިވަރު މީހުން މިގައުމުގައިވެސް އެބަތިބި.