ހީނާ (ވ) އާއި އަރްޝީ: ފެށުނީއްސުރެ ވަރަށް ދެކޮޅުވެރި
22 އޮކްޓޯބަރ 2017 - 06:19
"ބިގް ބޮސް 11" ފެށިތާ ތިން ހަފުތާ ވެފައި ވާއިރު މިހާރު ވަނީ "ބިގް ބޮސް" ގެ ގެއިން ކޮންމެވެސް އެކަކު ނިކުންނަށް ޖެހޭ ހިސާބަށް ގޮސްފަ އެވެ.
އެެހެން ހަފުތާތަކެކޭ އެެއްގޮތަށް މި ހަފުތާގައި ވެސް މި ޝޯގެ ހޯސްޓް ސަލްމާން ޚާން ވަނީ ޝޯގެ ބައިވެރިންނަށް ވަރަށް އެއްޗެހި ގޮވައިފަ އެވެ. އެގޮތުން އޭނާގެ ރުޅިގަނޑު އެންމެ ފުރަތަމަ އަމާޒުވީ އާކާޝް ދަދްލާނީ އަށެވެ. އާކާޝް ބުނެފައިވަނީ އޭނާއަކީ މިއުޒިކް ޑައިރެކްޓަރު ވިޝާލް ދަދްލާނީގެ ކޮއްކޮއެއް ކަމަށެވެ. ނަމަވެސް ވިޝާލް ކުރި ޓުވީޓެއްގައި އެއީ ދޮގެއް ކަމަށާއި އާކާޝް އަކީ އޭނާގެ އާއިލާގެ މީހެއް ވެސް ނޫންކަމަށް ބުނުމުން އާކާޝް ހެދި ދޮގު ފަޅާއެރީ އެވެ.
މި ހަފުތާގައި އެންމެ ޝައުގުވެރިވާ އެއް ކަމަކަށް ފެނިގެން ދިޔައީ ހީނާ ޚާން އާއި އަރްޝީ ޚާންގެ ލައްވާ ސަލްމާން ތެޅުވި ރެސްލިން މެޗެވެ. މި ދެ މީހުންނަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ރުޅިއަންނަ ދެ މިހުންނަށް ވާތީ މި ރެސްލިން މެޗު ވީ އެކަކަށް އަނެކަކު ރުޅިގަނޑު ބާލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތަކަށެވެ. އެހެންވެ މި ވާދަވެރިކަމުގެ މެޗު އެމީހުން ނެގީ ވަރަށް ސީރިއަސްކޮށެވެ. އަދި އެކަކު އަނެކަކުގެ ގަޔަށް ބޮލަށް އަރައިގަނެ ކޮންޓްރޯލުން ނެއްޓުމުން ސަލްމާނަށް ޖެހުނީ އަނެއްކާ މި ދެ މީހުން ދުރުކުރާށެވެ.
މި ހަފުތާގައި ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހެނީ ހީނުކުރާ ކަހަލަ ބައިވެރިއަކަށެވެ. އެހެންވެ މިއީ މި ޝޯގެ ބެލުންތެރިންނަށް މިހާތަނަށް ލިބޭ އެންމެ ބޮޑު ސަޕްރައިސް އަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންތަރާ
22 October 2017
މިފަހަރު އެކަކުވެސް ގެއިން ނުނެރޭނެ ކަމަށް އަހުންނަށް ޚަބަރު ލިބިފަ ވަނީ އަދި ދެމީހަކު ގެއަށް ވައްދާނެ ކަމަށް އަނެއްކާ އަހުންނަށް މިދިނީ ދޮގުޚަބަރެއްބާ!
ސާޔަން
22 October 2017
މީ ކިހިނެއް ވާ ޝޯއެއް؟ ވާނުވާގަ މީނީ. ތި ބިގް ބޮސްއެއް ބަލާ މީހަކު ނިކަން ތަފްސީލުކޮށް ކިޔާދީބަލަ
ސަލްމާން ޚާން
22 October 2017
ލޮލް އަނީ. ސާބަސް ތިކުރާ ހިތްވަރަށް!