"ފެނީ ހާން" ގެ ޕޯސްޓަރެއްގައި އައިޝްވާރިޔާ އާއި ރާޖްކުމާރް ރާއޯ.
07 ޖުލައި 2018 - 09:24
އައިޝްވާރިޔާ ރާއީގެ ވަރަށް ގްލެމަރަސް އެހާމެ ޗާލު ރޯލެއް ބަލައިލަން ބޭނުން ނަމަ "ފެނީ ހާން" އަކީ ނުބަލައި ދޫކޮށްލާ ވަރުގެ ފިލްމެއް ނޫންކަން، އެ ފިލްމުގެ ފުރަތަމަ ޓީޒާއިން އެނގެ އެވެ.
ފިލްމްގެ ޓީޒާގައި އޭނާ މަދު ސިކުންތު ކޮޅަކަށް ދައްކައިލި ނަމަވެސް ޓްރެއިލާ އިން ވަނީ އައިޝްވާރިޔާ ތަފާތު ދައްކައިފަ އެވެ. "ފެނީ ހާން" ވެގެން ދާނީ "ދޫމް 2" ގައި ކުޅުނު ކަހަލަ ވަރަށް ވެސް ސްޓައިލިޝް އަދި މި ޒަމާނުގެ އަންހެނެއްގެ ރޯލުން އޭނާ ފެނިގެން ދާނެ ފިލްމެކަށެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުން އައިޝްވާރިޔާގެ ވަރަށް ހާއްސަ ލަވައެއް ވެސް ފެނިގެން ދާނެ އެވެ. އެ ލަވައިން އޭނާ ދައްކައިލާނީ "އިންޑިއާގެ މެޑޯނާ" ގެ ގޮތުގަ އެވެ. މިއީ 2016 ގައި ރިލީޒް ކުރި ކަރަން ޖޯހަރްގެ "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، އައިޝްވާރިޔާގެ ފިލްމެއް ސްކްރީނަށް އަންނަ ފުރަތަމަ ފަހަރަށްވާތީ ވެސް ފިލްމަށް ކުރެވޭ އިންތިޒާރީތައް ބޮޑެވެ.
އަތުލް މަންޖްރޭކަރް ޑައިރެކްޓްކޮށްފައިވާ "ފެނީ ހާން" ގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރް، ރާޖްކުމާރް ރާއޯ އަދި ދިވްޔާ ދައްތާ ހިމެނެ އެވެ. މި ފިލްމަކީ ބޮޑެތި ހުވަފެންތަކަކާ އެކު މަޝްހޫރު ބަޔަކަށް ވާން، ކުރާ މަސައްކަތްތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ.
"ފެނީ ހާން" ގެ އަކީ 2000 ވަނަ އަހަރު ރިލީޒް ކުރި ބެލްޖިއަމްގެ ފިލްމް "އެވްރިބަޑީ އިޒް ފޭމަސް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
07 July 2018
ހާދަ ރީއްޗޭ އައިސްވާރިޔާ