16 ސެޕްޓެމްބަރ 2020 - 08:11
ބަލިވެއިނުމަކީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށް ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބުނެފި އެވެ.
އަލަތު ދަރިފުޅަށް ބަލިވެއިންކަން މިދިޔަ މަހުގެ 27 ވަނަ ދުވަހު އިއުލާންކުރި 32 އަހަރުގެ ބަތަލާ ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއަކާ އެކު ބުނީ އަމިއްލަ ހަށިގަނޑުގެ ތެރޭގައި އެހެން ފުރާނައެއް ވިންދު ޖަހަން ފެށުމަށް ވުރެ ހަގީގީ އަދި އުފާވެރި ތަޖުރިބާއެއް ނެތް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އިންސާނާގެ ބާރުގެ ދަށުގައި ހުންނަ ކަންކަން ނޫން ކަމަށްވާ އިރު، ކޮންޓްރޯލްގެ ދަށުގައި ހުންނާނީ ކޮން ކަންތައްތަކެއްތޯ ސުވާލުކޮށްފައިވެ އެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނުޝްކާ ބަލިވެއިނީ ކައިވެނިކުރިތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ، އޭނާ އާއި އިންޑިއާގެ ކްރިކެޓް ތަރި ވިރާޓް ކޯލީ ކައިވެނިކުރީ 2017 ގަ އެވެ.
ދެ މީހުންނަށް އަލަތު ދަރިފުޅު ލިބޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނާ
16 September 2020
މަރުހަބާ ދެ ކަނބަލުންނަށް