ވިޔަފާރި / އުރީދޫ

ރާއްޖެ އަށް ހިލޭ ގުޅޭ ދެ ޕޯސްޓްޕެއިޑް ޕެކޭޖް އުރީދޫން ތައާރަފްކޮށްފި، ވައިބާ ހިލޭ

އުރީދޫގެ ސަބްމެރިން ކޭބަލް ލޯންޗްކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތު: އުރީދޫން ވަނީ އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް މިއަދު ތައާރަފްކޮށްފައި.--ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގެ ހުރިހާ ނަމްބަރުތަކަށް ހިލޭ ގުޅޭ ޕޯސްޓްޕެއިޑް އަންލިމިޓެޑް ދެ ޕެކޭޖް ތައާރަފްކޮށް، އުރީދުއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ކުރިއަށް އޮތް ހަ މަސްދުވަހު ހިލޭ ވައިބާ ބޭނުންކުރެވޭ ޕްރޮމޯޝަނެއް އުރީދޫން މިއަދު ފަށައިފި އެވެ.

އުރީދޫގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ތައާރަފްކޮށްފައި ވަނީ ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އެވެ. އެ ދެ ޕެކޭޖްގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ހުރިހާ ލޯކަލް ނަންބަރުތަކަށް ހިލޭ ގުޅާލެވުމެވެ. މީގެ އިތުރުން ލިބޭ ފައިދާތަކަކީ:

- ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާ އެކު 25 ޖީބީ އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާ އެކު އަންލިމިޓެޑް ޑޭޓާ.

- ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާ އެކު 5000 އެސްއެމްއެސް އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާ އެކު އަންލިމިޑެޓް އެސްއެމްއެސް.

- ބޭނުން ފަސް ގައުމަކަށް ގުޅުމަށް 50 ޕަސެންޓް ޑިސްކައުންޓް.

މި ދެ ޕެކޭޖާ އެކު، އުރީދޫން ވަނީ ޕްރިޕެއިޑުން ޕޯސްޓްޕެއިޑަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނަ ޕޯސްޓްޕެއިޑް ޕެކޭޖެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން، ޕޯސްޓްޕެއިޑް 299 ގައި ލޯކަލް ނަމްބަރުތަކަށް ގުޅުމަށް 1500 މިނެޓު، 500 އެސްއެމްއެސް، އެއް ޖީބީގެ ހިލޭ ޑޭޓާ އަދި ހިލޭ ގުޅޭ އެއް ނަމްބަރު ހިމެނެ އެވެ. އަދި ރާއްޖޭން ބޭރަށް ގުޅުމަށް، ބޭނުންވާ އެއް ގައުމަކަށް 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.

"އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ފައިދާތަކެއް ލިއްބައިދޭ ހިދުމަތްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންގެ އަމާޒުތަކާއި އުންމީދުތައް ހާސިލްކުރުމަށް މަގު ފަހިކޮށްދީ، ބާރުވެރިކޮށްދިނުން،" އުރީދޫގެ ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް އަރުޝަދު ޝާކިރު ވިދާޅުވި އެވެ.

އަލަށް ތައާރަފްކުރި ޕޯސްޓްޕެއިޑް ޕެކޭޖްތަކާ އެކު، އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ މިއަދު ފަށައިފަ އެވެ. މި ޕްރޮމޯޝަންގައި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންގެ އިތުރުން، އުރީދޫ އަށް ނަމްބަރު ބަދަލުކުރާ ފަރާތްތަކަށް ވެސް ކުރިއަށް އޮތް ހަ މަސްދުވަހު މުޅިން ހިލޭ ވައިބާ އެޕްލިކޭޝަން ބޭނުންކުރެވޭނެ އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ ސަބްމެރިން ކޭބަލް ނެޓްވޯކް ބޭނުންކުރަން ފަށައި މުޅި ރާއްޖެ އަށް 4ޖީ+ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް އަންނަ މަހުގެ 15 ގައި ދޭން ފަށަން ނިންމައިފަ އެވެ. އެގޮތުން، ނެޓްވޯކް އަޕްގްރޭޑް ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން، 4ޖީގެ ހިދުމަތް އިތުރު 40 ރަށަކަށް ފުޅާކުރެވިފައިވާ ކަމަށާއި އާބާދީގެ 55 ޕަސެންޓަށް މިހާރު ވެސް 4ޖީ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން މިއަދު ބުންޏެވެ.

އެކަން ފާހަގަކުރުމަށް ވެސް އުރީދޫން ވަނީ ހަދިޔާއެއް ދިނުމަށް ނިންމައިފަ އެވެ. އެގޮތުން، މި މަސް ނިމުމުގެ ކުރިން އުރީދޫގެ 4ޖީ ނެޓްވޯކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

16 ކޮމެންޓް, 97 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 10%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަރޭ

22 December 2016

1999 ޕެކޭޖްގަ އަންލިމިޓެޓް ލިޔެފައި އެ އޮތީ ވަރަށް ބޮޑަށް އޮޅުވާލަންވެގެން 1999 އަކީވެސް 40 ޖީބީ ލިބޭ ޕެކޭޖެއް އިތުރަށް އަރާނަމަ ޖާރްޖުކުރާ ޕެކޭޖެއް ، މީގަ އަންލިމިޓެޓް ވާގޮތެއް އެއްވެސް ގޮތަކަށް ނުވިސްނުނު މިހާރުން އޫރިދޫއަށް ކޮށްދޭ މާކެޓިން ސުޓަންޓެއް ކަންނޭންގެ ރައްޔަތުން ނަށް އޮޅުވާލަން ވެގެން ، އަދި އެވަ އިނޭ ޖަހާފަ 1499 އަށް 25 ޖީބީ 1999 އަށް ޑޭޓާ އަންލިމިޓެޑް އޭ މީދެން ބޮދު ވަރު

The name is already taken The name is available. Register?

މިންހާސް

21 December 2016

"ސުޕަނެޓް" ގެ ނަމުގައި "ައުރީދޫ" އިން؛ މީީޑިއާ ނެޓާ ގުލިގެން ދޭންފެށި އިންޓަރ ނެޓް ގުޅިފަހުން އެއިން ސަލާމަތް ނުވެގެން މިއުޅެނީ. 24 ގަޑިއިރުތެރޭ އެތައް ފަހަރަކު ކެނޑޭނެ. ގުޅާލީމާ ބުނާނެ، ޓެކްނީޝަނުންނަށް މެސެޖް ޕާސްކޮށްފީމޭ. މޮޅު ކަމަކީ، އެބުނާ މެސެޖް ޕާސްކޮށްގެން ޓެކްނީޝަނަކު އެޓެންޑް ނުވާކަން. ބީ.އެމް.އެލް ޕޭމަންޓް ގޭޓްވޭން ބިލް ޕޭކުރަނީ. ބިލް ނުދައްކާއޭ ކިޔާފައި މިދިޔަ ހަފްތާގައި ނެޓް ކަނޑާލީ. ބިލަށް ޕޭކުރިތާ 2 ހަފްތާ ފަހުން. ބިލްގެ ޕޭމަންޓް ލިބުނުކަން ޔަގީންކޮށް ނެޓް ގުޅައިދިނީ 2 ދުވަސްފަހުން. އެވެސް އަމިއްލަ ފޯނުން ދޮޅު ގަޑިއިރަށްވުރެ ގިނައިރު ގުޅައިގެން އެތައް އާދޭހެއްކުރިފަހުން. މީ ތި ބުނާ އޫރީދޫ އެއްގެ ހާލަކީ. މަކަރުން ފުރިފައިވާ ޕްރޮމޯޝަނެއް މިވެސް. މި މީހުންނާ ވައިއެޅެންވެސް ހެޔޮނުވާނެ. މަވާ ސަލާމް.

The name is already taken The name is available. Register?

ކުރިބޯށި

21 December 2016

"ސުޕަނެޓް" ލައިގެން މަށައްވެސް ޖެހުނީ ތިހާލު. ސަލާމަތް ވެވުނީ ވަރަށް ހާލުން.

The name is already taken The name is available. Register?

ޖައުފަރު

22 December 2016

އަޅުގަނޑު މެންގޭގަ ވެސް ހަމަ ބޭނުން ކުރަނީ ތި ސުޕާ ނެޓް އެކަމަކު އަދި ތިބުނާ ފަދަ އެއްވެސް މައްސަލައެއް ނުޖެހޭ ..ވަރަށް ފާސްޓް ވަރަށް ސަޅި

The name is already taken The name is available. Register?

އުންޑަ ހަސަނު

21 December 2016

ތިޔަބައި މީހުންގެ ޑިކްޝަނަރީގައި އަންލިމިޓެޑް ގެ މާނަ ހާދަ ތަފާތޭ! އެކީއްވެ ތަ؟

The name is already taken The name is available. Register?

ޒަބަރުދަސްތް

21 December 2016

ޕޮކެމޯން ރާއްޖެ އަނެއްކާވެސް އަތުވެއްޖެ! ނިގަބަރު ޖަހާލާ

The name is already taken The name is available. Register?

ަސދ

21 December 2016

ހެޑްލައިނާއި ލިޔެފައި އޮތް އެއްޗެއް ދިމަލެއް ނުވޭ. ހިލޭ ގުޅޭނެ ގޮތެއް ނޭގުނު. ދިރާގުންވެސް ތިކަހަލަ މކރ ހަދައިގެން އުޅޭ. ތިއީ އެއްބައެއް،

The name is already taken The name is available. Register?

ެައަހައްމާ / ހިތަދޫ

21 December 2016

މޯލްޑިވިއަނުން އެއްމެ 8 މިނުޓުގެ އުދުހުމަކައް އާދެ! ފޯއްމުކަކުން އައްޑު ސިޓީ އައް އެބަ ޗާރޖް ކުރޭ ބައިނަލް އަގުވާމީ ދަތުރެއްގެ އަގު، އުރީދޫ ގޮތައް މިއެއަރ ލައިނާއި ޗެކެންޖު ކުރަން މިނިކުތީ ވިލާ އެއަރ، އާދެ! ވިލާ އެއާރ އަކީ މާލީގޮތުން ވަރައްދައްފެންވަރެއްގައި އޮތްތަނެއްކަމުން އުރީދޫގެ ސަވަބުން ރައްޔަތުންނައް. ލިބޭ ފަސޭހަ ތަކެއް ނުލިބޭނެއެވެ... ސޭޓުއަކީ މިއަދު ދަރަނި ވެތިޔެއް will

The name is already taken The name is available. Register?

ަސދ

21 December 2016

އައްޑުއަށް އުދުހެނީ ޝަންގްރިއްލާގެ އެއަރލައިނެއް. ގެސްޓް އެރައިވަލް ލަސްވާ އިރަށް ލަސްވާނެ..އަވަސްވާއިރަށް އަވަސްވާނެ. އެއިން ދަތުރުކުރާ އެހެން މީހުންނަކަށް ބެލުމެއް ނޯންނާނެ. އެތާ ވ.ވ.ވ އިސްވެރިޔަކު ވިދާޅުވީ އެ އެއަރލައިންގެ 3 ނުވަތަ ހަތަރު ފްލައިޓް ގަމަށް ނުދާ ދުވަހެއް ނޯންނަ ކަމަށާއި އެއިން ދަތުރު ކުރެވޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެން އުފުލާ ތަކްލީފްގެ އަޑެއް ނާހާ.

The name is already taken The name is available. Register?

ކުރިބޯށި

21 December 2016

" ސޭޓު " އަދިވެސް އުއްމީދު ކުރަނީ ވެރިކަން ލިބިދާނެ ކަމަށް .. ވެރިކަން ލިބޭ ދުވަހަކުން ވިޔަފާރި ތަނަވަސްވެ ތިޔަބުނާ އެއާލައިނވެސް ހިނދަމާލެވޭނެ. ރައްޔިތުންގެ ހައްޤުގައި އަމިއްލަ ވިޔަފާރި ރަނގަޅުކުރުން.

The name is already taken The name is available. Register?

ޯސަލް

21 December 2016

އަޕްލޯޑުސްޕީޑް ރަގަޅުކުރިނަމަމާރަގަޅުވާނެދޯ ފާޑުފާޑުގެ މޮޅެތި އެޗެތާރަފް ނުކޮ؟

The name is already taken The name is available. Register?

ބޯއީ

21 December 2016

އަޕްލޯޑް ސްޕީޑް ޑައުންލޯޑްއަށްވުރެ ސުލޯވާނެ

The name is already taken The name is available. Register?

ިބބެ

20 December 2016

މޮޅުވާހަކަ. ބިލް އަންނައިރު އެހެނިހެން 300 ރުފިޔާ މާމަ ގެންގުޅޭ ނަންބަރުްވެސް 900 ލޯކަލް އެސްއެމް.އެސް. ޕެކޭޖް ނަގާފަ ސާރވިސް ބަދަލުވިޔަސް ނާންގާ، އެކަމު ވަގުތުން ބިލް ކަނޑާލާނެ

The name is already taken The name is available. Register?

ކައުންސެލަރު

20 December 2016

އޯކޭ އެކަމް މަންތްލީފީ މާކުޑައީދޯ.. މަށަށްދީ މަހަކު 100 މިލިއަން ޑޮލަރު. އޭރުން މިރަށު އެންމެންނަށް އަހަރެން ކާބޯތަކެތި ހޯދަދޭނަން އެއްވެސް އަގަކާނުލާ..... ފުލް އޮފް ކޮމްޕްލިމެންޓަރީ...... އެހެންވީމާ ޚަބަރުގަ އޮތް ވާހަކަތަ ރަނގަޅީ މަގޭ ކޮމެންޓްގަ އޮތްވާހަކަތަ ރަނގަޅީ.!؟!؟!

The name is already taken The name is available. Register?

GAN Island

20 December 2016

އެބަ ރަނގަޅުވޭ.... !! ދައުލަތް ހިއްސާވާ ދިރާގަށް ދެންވާނީ ކިހިނެއް ؟؟ މޯލްޑިވިއަން އަކީ ވެސް ''ހަމަ ދިރާގު'' ފަދަ ކުންފުންޏެއް. ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އަދި އިތުރު ޕާޓީ އެއް ގެންނާންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454