ވިޔަފާރި / އަލްހާން ފަހުމީ

އަލްހާން އެންމެ ފަހުން ބޮނޑިބޮއިފި، މިހާރު އުޅެނީ ދަރަނި ދެއްކޭނެ ގޮތެއް ނެތިގެން!

އަލްހާން: އޭނާ ހިންގި ސްކީމް މިހާރު ވަނީ ފްލޮޕް ވެފައި -- މިހާރު ފައިލް ފޮޓޯ

ކަމާ ބެހޭ ފަރާތްތަކަށް ގޮންޖައްސަވައި، "އިންވެސްޓްމެންޓް ފަންޑު" ހިންގާނެ ކަމަށް ބުނަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެންމެ ފަހުން އަމާންދެއްވައިފި އެވެ.

"ކިންގްސް ފޮރެކްސް"ގެ ނަމުގައި، ފޮރެކްސްގައި އިންވެސްޓް ކުރާ ކަމަށް ބުނެ، އަލްހާނާއި އޭނާގެ ކޮއްކޮ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އިސްވެ ތިބެ އުފެއްދެވި ކުންފުނިން އެތައް މިލިއަން ރުފިޔާއެއް ވަނީ ހޯދައިފަ އެވެ. އެކަން ސަރުކާރުގެ މާލީ އިދާރާތަކުގެ ސަމާލު ކަމަށް އައިސް، އެފަދަ ފަންޑުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަކަށް ނުވާތީ، މީގެ ދެ މަހެއްހާ ދުވަސްކުރިން، އެ ފަންޑުތަކާ ދުރަށް ދިއުމަށް އާންމުންނަށް ވަނީ ގޮވައިލައިފަ އެވެ.

އޭގެ ހުރަސްތަކަށް ފަހު، ކިންގް ފޮރެކްސް އިން އިއްޔެ އާންމުކޮށްފައިވާ ގޮތުގައި، އިއްޔެ އިން ފެށިގެން އެ ކުންފުންޏަށް އިންވެސްޓްމަންޓް [ފައިސާ] ބަލައިގަތުން ވަނީ ހުއްޓާލައިފަ އެވެ. އަދި އެކަން އިއުލާންކުރި ޓްވީޓާ އެކު، ކެޕިޓަލް މާކެޓް އޮތޯރިޓީން އާންމުކޮށްފައިވާ އިއުލާނެއް ވެސް ވަނީ އެޓޭޗް ކޮށްފަ އެވެ.

އެ އިއުލާންގައި ބުނެފައިވާ މައިގަނޑު ވާހަކައަކީ، މާލީ ސެކިއުރިޓީސްގެ ގާނޫނުގެ ދަށުން އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތް ކުރުމާއި މާލީ ސެކިއުރިޓީސްގެ މުއާމަލާތްތަކުގައި ކުރާ ނޭދެވޭ އަމަލުތައް ހުއްޓުވުމަކީ އެ އޮތޯރިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެ އިއުލާންގައި ބުނެފައި ވަނީ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެއް ކަމަކަށް ފައިސާ ހޯދައިގެން އެއިން ފައިދާ ލިބޭ ގޮތަށް އިންވެސްޓް ކުރުމަކީ ސެކިއުރިޓީސްގެ ތެރޭގައި ހިނގާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރެވޭނީ އަދި އިޝްތިހާރު ވެސް ކުރެވޭނީ ލައިސަންސް ނަގައިގެން ކަމަށެވެ.

އެ ޓްވީޓްގައި ކިންގްސް ފޮރެކްސް އިން ބުނެފައި ވަނީ، "މިކަން ކުރާން ގާނޫނީ އޮނގަނޑާ އެކީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ" ކަމަށެވެ.

ކިންގް ފޮރެކްސް އަށާއި އާންމުންނަށް ވެސް ބޮޑު ގެއްލުމެއް!

ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަދި ކުރިން އަލްހާން ވެސް ވިދާޅުވެފައިވާ ގޮތުގައި ކިންގްސް ފޮރެކްސް އަށް އިންވެސްޓް ކުރި މީހުންގެ އަތުން 60 ވަރަކަށް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ 2000 އަށް ވުރެ ގިނަ މީހުންގެ ފައިސާ އެވެ.

ކިންގް ފޮރެކްސްގެ ޓެލްގްރާމް ގުރޫޕްގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން ނަމަ، އެ ކުންފުންޏަށް ވަނީ ފައިސާ ދިނުމުގައި ދަތިތައް ކުރިމަތިވެފަ އެވެ. އަދި، އިންވެސްޓް ކުރި މީހުންނަށް ބޮޑެތި ފައިދާތަކެއް ދޭން ތަކުރާރުކޮށް ވައުދުވި ކުންފުނިން ފަހަކަށް އައިސް މުޅިން ވެސް ދައްކަމުން އަންނަނީ ދަރަނި ނުދެއްކިގެން އުޅޭ ވާހަކަތަކާއި އެ ދަރަނިތައް ދައްކާނެ ގޮތުގެެ ވާހަކަތަކެވެ.

"އަޅުގަނޑުމެން ފައިސާ ވަގަށް ނަގައިގެން ފިލަކަށް ނޫޅެމު. ކަންބޮޑުވެ ނުލައްވާ!،" ކިންގް ފޮރެކްސް އިން ކުރި އެއް މެސެޖްގައި ވެ އެވެ.

"[މިއީ] ހީނުކުރާ ކަމެއް ބަޔަކު ކުރިމަތިކުރުވުމުން ދިމާވި މައްސަލައެއް! މިދަނީ ޕޭއައުޓް ދިނުމާ އަނބުރާ ފައިސާ ނަންގަވަން އެދިލައްވާ ބޭފުޅުންގެ ކަންކަން ވެސް ވީހާ އަވަހަކަށް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން."

އެހެން މެސެޖެއްގައި ވެ އެވެ: "ކޮޕީ ޓްރޭޑިންގ އަޅުގަނޑުމެން އުންމީދު ކުރި ގޮތަށް ނުގެންދެވޭ ނަމަވެސް އަޅުގަނޑުމެން މިމަސައްކަތް ކުދަނީ ވީހާ އަވަހަކަށް، ޕޭއައުޓް ހެދޭނެ އިންތިޒާމެއް ހަމަޖެެއްސުމަށް ބުރަކޮށް މަސައްކަތް ކުރަމުން. ވަރަށް ގިނަ ބޭފުޅުންނަށް ތަފަތު އެކި ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރައްވާއިރު ހައްލެއް ނުދެވޭތީ ނުހަނު ހިތާމަކުރަން.

"އަޅުގަނޑުމެނަށް ވީ މާލީ ބޮޑު ގެއްލުމުގެ އިތުރުން ވަސީލަތްތަކަށް ވެސް ހުރަސް އެޅި ދަތިތަކާ ކުރިތިމަތިވުމުން މިކަން މިހެން ދިމާވި ނަމަވެސް އަޅުގަނޑުމެން މިކަން ކުރާނަން. އަދި އަނބުރާ [ފައިސާ] ގެންދަވަން ބޭނުންފުޅުވާ ބޭފުޅުންނަށް އަޅުގަނޑުމެނަށް ވީ އެންމެ އަވަހަކަށް ފައިސާ ދޭނެ ވާހަކަ ދަންނަވަން ލަސްވުމަކީ އެކަށީގެންވާ ކަމެެއް، އެހެން ނަމަވެސް ޒިންމާ އަދާކުރާނަން."

ކިންގްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯޔަރުންނާ އެކު އަލްހާން (މ) -- ފައިލް ފޮޓޯ/ މިހާރު

އިންވެސްޓް ކުރި ފައިސާގެ ފައިދާ ބާއްވާފައި، އެ އިންވެސްޓް ކުރި ފައިސާކޮޅު ނުލިބިގެން އުޅޭ އެތައް ބަޔަކު ވެސް ޓްވިޓާގައި އަލްހާން ޓެގްކޮށް މިހާރު އަންނަނީ ހަޅޭއްލަވަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ރުޅިގަދަވެ، އަލްހާނާއި އޭނާގެ އާއިލާ އަށް އަންނަނީ އިންޒާރު ވެސް ދެމުންނެވެ. އެ މައްސަލައިގައި އަލްހާން ވަނީ ދާދިފަހުން އޭގެ ސްކްރީންޝޮޓެއް ވެސް ކިންގް ފޮރެކްސް ގުރޫޕުގައި ހިއްސާކޮށްފަ އެވެ.

"މި މުއާމަލާތާ ގުޅިގެން ބައެއް ފަރާތްތަކުން ނަން ނޭނގޭ ގޮތަށް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އަށް މަރުގެ އިންޒާރުދީ، ސޯޝަލް މީޑިއާގައި ގުރޫޕް ހަދައިގެން ދޮގުފަތުރާ ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރި ހިތާމަހުރި ކަމެއް!،" ކިންގްސް ފޮރެކްސްގެ ޓެލްގްރާމް ގުރޫޕަށް އަލްހާން ފޮނުއްވި މެސެޖެއްގައި ވެ އެވެ.

ބައެއް މީހުން ޓްވިޓާގައި އަލްހާން ޓެގްކޮށް ބުނެފައިވާ ގޮތުގައި އެ މީހުން މިހާރު އުޅެނީ ފައިސާ ލިބޭނެ ގޮތެއް ނެތިގެންނެވެ. އަދި މެސެޖްތަކަށް ޖަވާބު ނުލިބި މާޔޫސްވެފައިވާ ކަމަށާއި ބުނި ގޮތަށް އެ ކުންފުންޏަށް ކަންކަން ކޮށްނުދެވުނު ކަމަށެވެ.

ދެން އޮތް މަގަކީ ކޮބާ؟

ބައެއް މީހުން ބުނާ ގޮތުން ދެން އޮތް މަގަކީ ގެއްލުން ލިބުނު މީހުން ފުލުހަށް ގޮސް މައްސަލަ ޖެއްސުމެވެ. އެކަމަކު، ދަރަނި ދެއްކޭނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އަލްހާން ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

މިއީ ދައުލަތުން އޭނާ އަށް ޖެއްސި ހާލު ކަމަށް ވިދާޅުވެ، ކިންގްސް ފޮރެކްސް އިން ވަނީ "ފޭސް 2"ގެ ނަމުގައި އެހެން ޕްރޮގްރާމެއް ފަށައިފަ އެވެ. އެއީ ބެލެވޭ ގޮތުން އިންވެސްޓަރުން އިންވެސްޓް ކުރި ފައިސާ އަނބުރާ ލިބޭނެ އެހެން މަގެއް އޮތްތޯ ބެލުމެވެ. ފޭސް ދޭއްގައި އިންވެސްޓަރުން ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ އެ މީހެއްގެ އަމިއްލަ އެކައުންޓަށެވެ. އެ އެކައުންޓުން ކުޅޭނީ ކިންގް ފޮރެކްސް އިންނެވެ. މާނައަކީ، ލިބޭ ފައިދާ އަކީ އެކައުންޓްގެ ވެރިފަރާތެވެ.

"އޭގެ މާނައަކީ އިންވެެސްޓަރު ދިން ފައިސާ އަނބުރާ ލިބެންދެން ފޮރެކްސް ކުޅޭނެއޭ،" ފައިނޭންސްގެ ދާއިރާގައި އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު ސުވާލަކީ މިއީ. އަލްހާން އެ ވިދާޅުވި ބޮޑެތި އަދަދުތައް ލިބޭނީ ކިހިނެއް ހެއްޔޭ. އަޅުގަނޑަށް އެއެއް ނުވިސްނޭ."

މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަން އަލްހާނަށް ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލާގައި ލިޔެފައިވާ ލިޔުންތަކުގެ ސަބަބުން އޭނާ "މިހާރު" އާ ވާހަކަ ނުދައްކަވަން ހުންނެވީ ނިންމަވައިގެންނެވެ.

އަލްހާން ވަނީ އޭނާގެ މި "ވިޔަފާރި" އަށް ހުރަސް އެޅި ކަމަށް ބުނެ، ބީއެމްއެލްގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އަނެއްކޮޅުން ފުލުހުން އަންނަނީ މި ސްކީމަކީ ޕޮންޒީ ސްކީމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

Alhan ge investment fund: Bodu gellumakaa kurimathilaan jehidhaane!

Alhan ge investment fund: Bodu gellumakaa kurimathilaan jehidhaane!

The most trusted news source in the Maldives

Mihaaru

އަލްހާން ހިންްގި ސްކީމާ ބެހޭ ގޮތުން އިތުރު މައުލޫމާތު

128 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 11%
icon angry icon angry 40%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުއްތަމަ އުސްތާޛް

27 April 2022

އަލްހާނު ޖައްސާ މަކަރުވެރި ގޭމް ނޭގޭ މީހުން މިއޮއް ފަދަ ތަޢުލީމީ ރާއްޖޭގައި ތިބީތީ ހައިރާން ވަން. އަލްހާނަކީ އޭނާގެ ގެ ހަދަން އެސްޓިއޯ އިން ނާއި ބީއެމްއެލް އިން ކުރެޑިޓަށް ނެގި މުދަލާއި ލޯނު ޑިފޯލްޓުވެ ކުރެޑިޓްކާޑުތަކުގެ މިނިމަމް ޕޭމަންޓު ނުދައްކައިގެން ބޭންކު ތަކުން ކޯޓުގެ މަރުހަލާ ކަޑަތުކޮށް އެތައް ސިޔާސީ މީހަކަށް ދަރާވިކިފައި ހުރި މީހެއް. މީނާއަށް ރައްޔިތުންނަށް އުފާވެރިކަން ހޯދާދެވިދާނެކަމަށް މިއަދު ޤަބޫލުކުރާ މީހުން ތިބުމަކީ މައްސަލައެއް.

The name is already taken The name is available. Register?

ޒިންމާ އިން ރެކުން

28 April 2022

ތީގައި އިންވެސްޓް ކުރި މީހުންނަށް ހަމަ އިލްމެއް ނެތީތަ ފޮރެކްސް ޓްރޭޑް ކުރުމުގައި ހުރި ރިސްކުތައް ބޮޑު ކަމެއް. އާންމު ބަހަކުން ބުނާނަމަ އެއީ ޖުވާ ކުޅުމާއި ދާދި އެއްކަމެއް. މިތާނގަ ތަފާތުވެގެން މިއުޅެނީ ޖުވާ ކުޅެން ބޭނުންވި މީހާ ފައިސާ ޚަރަދު ކޮށްފައި ފައިދާ ވެއްޖެ ނަމަ އޭނާ ފައިދާ ނަގައި އޭގެ ހުރިހާ ރިސްކް އަލްހާން ބޮލުގައި އަޅުވަން މަސައްކަތް ކުރުން. ތިމާގެ ކުށް އެހެން މީހެއްގެ ބޮލަށް ދޫކޮށްލުން. ގައުމުގެ ޕޮލިސީ ލެވެލް މީގެ ޒިންމާއެއް ނެތީ؟

The name is already taken The name is available. Register?

ބިލް ކުލިންޓަން

27 April 2022

ބޭންކުން ނުހުއްޓުވިޔަސް ތިކަން ކޮންމެވެސްދުވަހަކުން ނިމޭނެ. އެހާދުވަހަށް އަލްހާނުމިހެން ދޫކޮށްލާފައި ހުރެއްޖެނަމަ އެތަށްބަޔަކު ހަލާކުގެތެރެއަށް ވެއްޓޭނެ.

The name is already taken The name is available. Register?

ޙިނި

27 April 2022

ފޮރެކްސް ތީ އޭގައި ވަރައް ބޮޑު ރިސްކު އެކުލެވޭކަމެއް، (ރަންގަޅު ލޯޔަރެއް ހުރެފަ ކޮންޓުރެކްޓުގަ ފައިން ޕްރިންއިން ޓާމްސް އެން ކޮންޑިޝަން އެވާހަކަ ލިޔެފަ އޮތިއްޔާ) އަލްހާނައް އެފައިސާ އަނަބުރާ ދައްކާކައް ނުޖެހޭނެޔޭ ދިވެހިން ވިސްނަންޖެހޭ ކަމަކީ ރިޓާން ބޮޑުވާވަރަކައް ރިސްކު އޭގެ 100 ގުނައައް ބޮޑުވާކަން. ދަ ހައުސް އޯލްވޭސް ވިންސް. އަލްހާނުވެސް އެހާ ބޮގޯހެއް ނުވާނެ ގެއްލުންވިޔަސް ބަޔަކައް 60 މިލިޔަން ދޭން އެއްބަސްވާނެހެނެއް.

The name is already taken The name is available. Register?

ޛފފމމ

27 April 2022

ބެންކުން ބިރުގަތީމަ ހުރިހާ އުނދަގުލެއް ކުރީ..

The name is already taken The name is available. Register?

ފޭކް ދެޓް ޓިލް ޔޫ މޭކް ދެޓް

27 April 2022

އަލްހާންގެ ވިސްނުން ގޯހެއް ނޫން. ނާކާމިޔާބަކީ ކާމިޔާބުގެ ތަޅުދަނޑި. ނާކާމިޔާބު ވީވަރަކަށް އުނގެނޭ ފިލާވަޅު ގިނަވާނެ. ފޭކް ދެޓް ޓިލް ޔޫ މޭކް ދެޓް. ބިރު ފަހަނަ އަޅާ ރިސްކް ބޯޑަރު ހުރަސް ކުރަންޖެހޭނެ ވިޔަފާރީގައި. އަލްހާނަށް އަދިވެސް ކުރެވިދާނެ ކަމެއް ތިކަމުގައި ޕަބްލިކް ކުންފުންޏެއް ހެދުން. މިއުޗުއަލް ފަންޑަކީވެސް މޮޑެލްއެއް. މަހުޖަނުން އެކަންޏެއް ނޫން ދިވެހި އާދައިގެ ރައްޔިތުން ބޮންޑު ވިޔަފާރިއަށް މިސްރާބު ޖެހޭނެ. އަލްހާނަށް ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

ދގދސެފ×

27 April 2022

ޕޮންޒީއެއް ހިންގާފާ ނުކިޔާ އެއީ ރިސްކޭ. އެއީ ސީދާ ހީލަތާ މަކަރު.

The name is already taken The name is available. Register?

ތުއްތު ކަލޯގެ އިބިރިހިމާ

26 April 2022

2000 މޮޔަ@ ކަލޭމެންގެ 60 މިލިޔަން ފޭރިގަތް ކަލޭގެ އަތުގައި މިހާރު ހުރީ ހަމަ އެކަނި ވަކި ލާރި ކޮޅެއް@

The name is already taken The name is available. Register?

އަފްރާސިޔާބު

27 April 2022

ނޫން. އެމީހުން މޮޔަވީކީ ނޫން. އެފައިސާ އެމީހުންނަށް ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ދީ ޚަލާޞްކުރާނެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލްހާނަށް ދައުލަތުން ފައިސާވެސް ދޭނެ. ކޮބައިތޯ އަތަމާ ލަތީފުގެ ދަރި ހައްޖަށް މީހުން ފޮނުވަން ނެގިފައިސާ. ކޮބައިތޯ ޒިކުރާ މިސަކިތް އަޅަން އެސް.ޖޭއަށް ދިން ފައިސާ. ކޮބައިތޯ ހުޅުމާލެއިން ފްލެޓް އަޅަން މީހުން ދިން ފައިސާ. ކޮބައިތޯ ސަރޫ ލޯންޗް ސެކްޝަން އިން ޑޮލަރު ގަންނަން ދައުލަތުގެ ކުންފުނިތަކުންދިންފައިސާ

The name is already taken The name is available. Register?

އެލޯން

26 April 2022

އެލޯން މަސްކް ހެދެން ދިވެހިން އުޅުނީމާ ވާވަރު،

The name is already taken The name is available. Register?

ދިވެހިންގެ ސިކުނޑި

27 April 2022

އެލޮން މާސްކް ހެދެން ބޭނުން ވާނަމަ، ދިވެހީން ދަސްކުރާންވީ ޓޫރިޒަމްގެ ޖެެކްޕޮޓަކަށް ވުރެ އުފެއްދުން ތެރިކަން އިސްކުރަން. އައިޓީ އަކީ ސިކުނޑި ބޭނުންކޮށްގެން ހުނަރު އިތުރުކޮށްގެން ކުރެވޭނެ ކަމެއް. މޮޅު ފޯނާއި މޮޅު ސައިކަލާއި ކާރުން ދަރަނި ހެދުން އެއްފަރާތްކޮށްލާ ހުނަރުގައި ކުރިއަރާ ދާންވީ. ކީ ސްޓޭޖްތަކުގެ ކުދީންނަށް ހިސާބު ކިޔަވަދޭންވީ އެބަކަސްގެ އެހީގައި. ކެމްބްރިޖް ގަޅި ފޯމެޓެއްގައި ކިޔެވުން ބޭކާރު. އޯލެވެލްގައި ތިހޯދާ އޭ ސްޓާރގެ އަގެއް ނެތް.

The name is already taken The name is available. Register?

ބާބާ

26 April 2022

ވަރަށް އަވަހަށް ފޮރެކްސް ބާބާ އަންނާނެ، އިންވެސްޓް ކުރާނެ ކުދިން ކޮޅެއް ބޭނުން ވޭ،

The name is already taken The name is available. Register?

ދީމާ ސަލީމް

26 April 2022

ނޫސްވެރިކަމުގައި އަބުރު ކަތިލުން އާއްމުވެއްޖެ. އިޝްތިހާރު ހޯދަންވެގެންވެސް ހަގީގަތް ނުބަލައި ވާހަކަތައް ފަތުރާ. ނުސްވެރިން އެކަންޏެއް ނޫން. ސަރުކާރާއި އަމިއްލަ މީހުންވެސް. ފުލުހުންނާ ސިފައިންވެސް ދޮގު ޚަބަރާ ދޮގު މައުލޫމާތު ފަތުރާ. ރައްޖޭގަ އެކަންޏެއް ނޫން. އެހެން ގައުމުތަކުގަވެސް މިކަން އޮތީ މިހެން. ބިރުވެރި ދުވަސް ފެންނަނަމަ ނުވަތަ އެދުވަސް މަތިން ހަނދާންވާނަމަ އެކަހަލަ ވާހަކަތައް އެކަކުވެސް ނުދައްކާނެ. އަނެކާގެ މަސް ނުކާނެ.

The name is already taken The name is available. Register?

ބޮޑު އިއްސޭ

26 April 2022

ރަނގަޅުވާހަކައެއް. ނުހައްގުން މީހެއްގެ ނުވަތަ ބަޔަކުގެ އަބުރު ކަތިލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫން. ނަމަވެސް ރާއްޖޭގައި ހޯދަންވާހުއްދަތައް ނުހޯދައި އެކިގޮތްގޮތަށް އިސްތިހާރު ކޮށްގެން އިންވެސްޓަރުންއަތުން ފައިސާނަގައިގެން ފާޑުފާޑުގެ ސްކީމްތަށް ހިންގާތީވެ އެވާހަކައާއި އެކަމުގައި އިންވެސްޓަރުންނަށް ހުރި ނުރައްކާތައް ސާފުކޮށްދޭން ނޫހެއްގައި ޖެހުމަކީ ބައެއްގެ އަބުރުކަތިލުން ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

The name is already taken The name is available. Register?

ޕޮންޒީ

27 April 2022

ވނވ ސރކރނ ކިންގްސް އާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ފައިސާ ގެނެވެން ހުރިމަގުތައް ބަންދުކުރުމުގެ ކުރީގަ އެއްވެސް މައްސަލައެއް ނުޖެހޭ. ތީގެ ޖަވާބު 2023 ގަ ދޭނަން އިންޝާﷲ. އަހަންނަކީ ތި ސްކީމެއްގަ ބައިވެރި ވި މީހެއްވެސް ނޫން. ނަމަވެސް އެތަކެއް ރައްޔިތުންނަށް ލިބެމުން އައި މަންފާ ބޮޑުގެއްލުމަކަށް ބަދަލު ކުރި މީހުން ވިސްނާ. ޑރ. ވަޙީދު ދިޔަމަގުން ދާނީ އިންޝާﷲ

The name is already taken The name is available. Register?

ބޮނޑިބޮއެފި

26 April 2022

ބޮނޑިބުއީ އަލްހާނެއްނޫންތާ އަސްލު ބޮނޑިބުއީ އިންވެސްޓުކުރި 2000 މީހުންނެއްނު. އަލްހާނުގެ ދަރަނިތަކާ އެއްޗެހި ހަލާސްކޮއް އެކިދިމަދިމާލުގަ އިންވެސްޓުކޮއްފަ ހުންނާނީ މިހާރު. މިކަމައް ހުރަސްތަކެއް ކުރިމަތި ނުކުރިނަމަ އަދި މިއައްވުރެގިނަބަޔަކު ބޮނޑިބުއީސް އަދި އަނެއްކޮޅައް ލިބޭނެ ފައިދާ އިތުރުވީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454