ވިޔަފާރި / ދުނިޔޭގެ ރެކޯޑް

ނޭވާ ހިފަހައްޓާލުމުގެ ޑައިވް ވޯލްޑް ރެކޯޑް ހާއްސަކުރަނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް

ރިސޯޓްތަކުގެ މުއައްޒިދުން ތަމްރީން ކުރުމަށް ޑައިވް މޯލްޑިވްސްގެ ޓީމު މާލެއިން ފުރުމުގެ ކުރިން ފޮޓޯ އަކަށް ހުއްޓިލައިގެން

އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓައިލުމުގެ ފްރީ ޑައިވް، ދުނިޔޭގެ ރެކޯޑަކަށް ހެދުމަށް ބާއްވާ ހަރަކާތް ހާއްސަ ކުރާނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ކަމަށް އެ ހަރަކާތް އިންތިޒާމުކުރާ ފްރީ ޑައިވް މޯލްޑިވްސް އިން ބުނެފި އެވެ.

އަންނަ އޮކްޓޯބަރު މަހު "ނޭވާ 2" ގެ ނަމުގައި އޮންނަ އެ ހަރަކާތް، ރިސޯޓުތަކުގެ މުވައްޒަފުންނަށް ހާއްސަކުރީ އެއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދާ ކަމަކަށް ވާތީ ކަމަށް ފްރީ ޑައިވް މޯލްޑިވްސް އިން ބުންޏެވެ.

"ގިނަ ފަހަރަށް ރިސޯޓްތަކުގެ މުވައްޒަފުންނަކަށް ނުލިބޭ މި ކަހަލަ ބޮޑު އިވެންޓެއްގައި ބައިވެރިވާކަށް ފުރުސަތެއް. އެ މީހުން ތިބެނީ ޑިއުޓީގައި. މަސައްކަތުގައި. އެހެންވެ އަޅުގަނޑުމެން ހިތަށް އެރީ ޓޫރިޒަމަށް ބައިގަރުނު ފުރޭ އިވެންޓް ވީމާ ސީދާ އިވެންޓް ހާއްސަކުރާނީ ރިސޯޓްތަކުގެ މުވައްޒަފުންނަށޭ،" ފްރީ ޑައިވްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ހަރަކާތުގައި ބައިވެރިވާ މީހުން ތަމްރީނު ކުރުމުގެ ކަންކަން ވެސް ކުރާނެ އެވެ. އެހެންވެ، ޑައިވް މޯލްޑިވްސްގެ ޓީމުން ވަނީ އެ ހަރަކާތަށް ރިސޯޓް މުވައްޒަފުން ތަމްރީން ކުރުމަށް މާލެ އިން ފުރައިފަ އެވެ.

"އެ މުވައްޒަފުން ތިބި ރިސޯޓްތަކަށް ގޮސް އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރިސޯޓްތަކުން މިހާރު ވެސް އިވެންޓްގައި ބައިވެރިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުުވި އެވެ. އެ ހަރަކާތް އޮންނާނީ އެ ރިސޯޓެއްގެ މޫދުގެ ތިލަ ހިސާބުގަ އެވެ.

އާންމުންނަށް ވެސް ބައިވެރިވެވޭނެ

ޑައިވް މޯލްޑިވްސްގެ ދެވަނަ ވޯލްޑް ރެކޯޑްގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އާންމުނަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވައިލާނެ އެވެ. ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން އެ ހަރަކާތުގައި ބައިވެރި ކުރާނީ ނޭވާލުމުގެ ޓެސްޓްތައް ހެއްދުމަށް ފަހު، ރަނގަޅު ކޮންޑިޝަންގައި ތިބި މީހުން ކަމަށް ޑައިވް މޯލްޑިވްސް އިން ބުނެ އެވެ. އާންމުން ބައިވެރިވާ އިވެންޓް ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގެ މޫދުގަ އެވެ.

އެ އިވެންޓްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.

ފްރީ ޑައިވް މޯލްޑިވްސް އިން ކުރިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ވެއެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އެ ހަރަކާތަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި ހަރަކާތް ވެސް މެ އެވެ. އެ ފަހަރުގެ އިވެންޓްގައި 521 މީހަކު ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އެންމެ ބޮޑު ހަރަކާތެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454