ވިޔަފާރި / ތަކެތީގެ އަގު ބޮޑުވުން

އިންޕްލޭޝަނުން ސަލާމަތެއް ނުވެވޭނެ، ފިޔަވަޅުތައް އެޅުން މުހިއްމު: ފަޒީލް ނަޖީބް

ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ "އިފޯޕްކާ"ގައި ވާހަކަދައްކަވަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފެލުމުންދާ ވަރަކަށް ރާއްޖޭގެ އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެ ކަމަށާއި މިކަމުގައި މުހިއްމު ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ "އިފޯޕްކާ" ފޯރަމްގައި މިއަދު ފަޒީލް ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ އެމްއެމްއޭ އަށް މާބޮޑަށް ކޮންޓްރޯލް ކުރެވޭ ރޭޓެއް ނޫން ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ހުރިހާ ކޮންސްޓްރަކްޝަން ސާމާނާއި އެނޫން ތަކެއްޗަކީ ވެސް ބޭރުން އެތެރެ ކުރާ ތަކެއްޗަށްވާ އިރު ބޭރުން ތަކެތީގެ އަގު ބޮޑުވާ މިންވަރަކަށް ރާއްޖެއިން އެތަކެތި ލިބޭ އަގު ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓްރެސްޓް ރޭޓު ބޮޑުކުރުމުން ލޯނު ނަގާ ވަރު މަދުވާނެ. އެކަމަކު ރާއްޖޭގައި އެގޮތަކަށް މަސައްކަތެއް ނުކުރޭ. އިންޓްރެސްޓް ރޭޓަށް ބަދަލު ގެނެސްގެން އަގު ކޮންޓްރޯލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އަންނަ އަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެވެ.

ފަޒީލް ވިދާޅުވީ، އިންފްލޭޝަންގެ އަސަރު ފެންނަނީ ޑޮލަރުގެ ކަޅު ބާޒާރުން ކަމަށެވެ. އަދި އެކަން މިހާރު ވެސް ފެންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17ރ، އާއި 18ރ. ދެމެދުގެ އަގެއްގަ އެވެ.

އިިފޯޕްކާގެ ބައެއް ބައިވެރިން. މި ކޮންފަރެންސްގައ ގިނަ ގައުމުތަކުގެ މަންދޫބުން ބައިވެރިވި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން އިންފްލޭޝަން ހުރީ ކަންބޮޑުވާ ލެވެލް އެއްގައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބޭރުގެ އެހެން ގައުމުތަކުގެ އިންފްލޭޝަން އިތުރުވަމުން އަންނަ އިރު އެކަމުގެ އަސަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ، މިވަގުތު ފިޔަވަޅެއް ނޭޅި ނަމަވެސް، ކޮންމެވެސް ހިސާބަކުން އެމްއެމްއޭއިން އިންޓަވީން ކުރަން ޖެހޭ ހާލަތެއް އައުން އެކަށީގެންވާ ކަމަށެވެ. އިންޓަވީން ކުރުމުގެ ގޮތުން އެމްއެމްއޭއަށް މާކެޓުގައި ދައުރުވާ ފައިސާ މަދު ކުރެވިދާނެ ކަމަށާއި މިކަން އެގޮތަށް ކުރުމުން ބޭންކްތަކުން ލޯނު ދޫކުރާ މިންވަރު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްލޯބަލް މާކެޓުގައި އިންޕްލޭޝަން އިތުރުވަމުން އަންނަ ނަމަ އެއީ ކަންބޮޑުވާން ޖެހޭނެ މައްސަލައެއް. އެހާލަތުގައި އެމްއެމްއޭއިން ފައިސާ ދައުރުވާ ވަރު ކޮންޓްރޯލު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ފަޒީލު ވިދާޅުވީ، މިފަދަ ހާލަތްތައް ކޮންޓްރޯލުކޮށް، ލިބޭ ގެންލުން ކުޑަކުރުމުގެ ބޮޑު ބާރެއް އޮތީ ސިޔާސީ މީހުންގެ އަތުގައި ކަމަށެވެ.

"ސިޔާސީ ލީޑަރުން މިވާ ވައުދުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓު ބޮޑު ކުރަން އެބަޖެހޭ. އަދި އެއާ އެކު ތަކެތީގެ އަގު އުފުލުމަށް ފުރުސަތު ބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

34 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 44%
icon angry icon angry 22%
icon wow icon wow 6%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިހިސާންބެ

19 November 2022

މިވަރަށް ކަންތަށް ގޯސްވަމުންދާ އިރުވެސް، ކުރީގަ މަޖުލިސް އެއްދައުރު ނިންމި މެންބަރުންނަށްދޭ، 25،000 ރުފިޔާ، ނުކަޑާ، އަދި ދެ ދައުރު ހޮވުނު މެންބަރަކަށް 38،000 ރުފިޔާދޭ، އޮޓުޓުވާސް ޖާބިރަށްވެސް،، ވިލާ ގާސިމްއަށްވެސް ސަންޓުރަވަލް ޝިޔާމަށް ވެސް، ރައިސް ، އިބޫ ސޯލިހުވެސްހިތަށް ކިތަށް ރުފިޔާ އިނާޔެއް ދައުލަތުންދޭން މަޖުބޫރުވެފަ މިއޮތީ، މީ ކިތަށް ސިވިލްސާވިސް މުވަޒަފުންގެ މުސާރަތޯ، ފިހާރައެއްގަ މަސައްކަތް ކުރީމަ 7000 ކިރިޔާ ލިބެނީ.

The name is already taken The name is available. Register?

ތާކަނި

18 November 2022

ނިކަމެތިން ފޭލާ ސަރުކާރު

The name is already taken The name is available. Register?

މަނީމަނީ

18 November 2022

ކަޅުބާޒާރު ނައްތާލުމައްޓަކައި އެމްއެމްއޭ އިން މަސައްކަތް ނުކުރަނީ ކިއްވެގެންތޯ. ރާއްޖެއަށް ވައްނަންޖެހޭ ހުރިހާ ފައިސާ ރާއްޖޭގެ ބޭންކްތަކަށް ވަދެފެ އެފައިސާ ރާއްޖެއިން ދައުރުވާގޮތް ހެދިއްޖިޔާ ތިކަން ހުއްޓުވިދާނެ. މިހާރު ރިސޯރޓްތަކުގެ އޯނަރުން ކަޅުބާޒާރަށް ޑޮލަރު ވިއްކުން ހުއްޓުވާ އެމްއެމްއޭ އިން ޑޮލަރު ދޫކުރަންވީ. އަދި ދިވެހިފައިސާ ޕްރިންޓްކުރުވުން ވެސް ހުއްޓުވަންވީ.

The name is already taken The name is available. Register?

މަގޭ ހިޔާލު

17 November 2022

މެންބަރުންގެ މުސާރަ ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއްލާން ފެނޭ

The name is already taken The name is available. Register?

ކުޗީ

17 November 2022

ވަގު ޑޮލަރު ވިއްކައިގެން ހަތަރު ފަސް މިލިޔަން ޖައްސާ ގޮޅިތަށް އެބަހުރި އަދި އެއީ 10 ލާރު އާއި 15 ލާރީގެ މާކްއަޕެއްގަ. ބޯކޮށް ޑޮލަރު ލިބޭނީ ރިސޯޓު ގެސްޓް ހައުސް ތަކަށް ދެން މަސް ބޭރުކުރާ މީހުންނަށް ދެން އޭގެ ދަށުން ޓްރެވަލް އޭޖެންޓުން. ޕެގް ކުރުން ދޫނުކޮއްލަން އުޅޭ ސަބަބެއް ކޮންމެވެސް އިކޮނޮމިސްޓެއް މަށަށް ކިޔާދީބަލަ.

The name is already taken The name is available. Register?

ސިމްޕަލް

17 November 2022

ކުޗީގެ މި ކޮމެންޓްގައި ބޭނުންކޮށްފައިވާ "ޑޮލަރު ވިއްކާ ގޮޅި" ދިވެހި ބަހުގެ ރަދީފުގައި ހިމަނަން ކިހިނެއްވާނެބާ؟ "ޑޮލަރު ވިއްކާ ގޮޅި: ޑޮލަރު ގެ ވަގު މާރކޭޓްގައި ޑޮލަރު ވިއްކާ(ސަރުކާރުން ހުއްދަ ނަގައިގެން) ކުދި ކުދި ފިހާރަތައް"

The name is already taken The name is available. Register?

ކޯޓުފަޓުލޫނު

17 November 2022

ރާއްޖޭގެ ސެންޓްރަލް ބޭންކައް އިންފްލޭސްން ކޮންޓްރޯލް ނުކުރެވޭނަމަ’ އެތަނުގެ އެއްމެ އަސާސީ ބޭނުން ދިޔައީ. އެކަން ނުވަނީ ޑޮލަރ ގެ ކަލުބާޒާޒެއް ބާއްވާތީ. ޑޮލަރ ގެ ވަގު މާރކޭޓް ކޮންޓްތޯލް ކުރަން ޖެހިލުންވެތިބެ’ އެމްއެމްއޭ ގަވަރު ނަރުގެ ފަޒީފާއާއި ހަވާލުވުމަކީ ވެސް ކޮރަޕްސަނެއް. ވަގު ޑޮލަރ މާރކެޓް ކޮންޓޮރޯލް ވި އެކަކުވެސް ނެތް. ކޮބާ ޑްރަގް މާރކެޓް އާއި ތަފާތަކީ. ޕޮލިސް ކޮމިސަނަރައް ހަލޭއްލަވާ. ނަމަވެސް އެމްއެމްއޭ ގެ ގަވަރު ނަރުން އޯކޭތާ؟ ވައްސަލާމް

The name is already taken The name is available. Register?

ބޮޑުމީހާ

17 November 2022

މަޖްލިސް އަދި ސިޔާސީ މީހުންގެ މުސާރަތައް ކުޑަކުރޭ. ލައްކައިން މުސާރަ ދީފަ ލިވިންގ އެލަވެންސް އަދި ބޭރުގައުމުތަކުން ހުސްނުވާވަރަށް ބޭސްފަރުވާވެސް މިމީހުންނަށް. 5000ރ ނުޖެހޭ މީހުން ގަނެތެޅެންޖެހޭނީ. މިފަރަގުތައް ނައްތާލުމަށް އެންމެން މުޒާހަރާކުރަންވީ

The name is already taken The name is available. Register?

ހަންނާނުބޭ

17 November 2022

މިހާރު މިއުޅެނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން. އޭގެ ފަހުން ދަރަނިތައް ދައްކަން އުޅޭނީ. މިގައުމުގައި އެސެޓް އެބަހުރި.

The name is already taken The name is available. Register?

އައިމިނާ

17 November 2022

އިޕޯޕްކާގެ ބައްދަލުވުމުގަ މީރާއަށް ދައްކަންޖެހޭ ލާރި ނުދައްކާ ލިސްޓު ކުރެވިފަ ތިބި ފަރާތްތައް. ތިބީމަ ބުނާނެ އެއްޗެއް ނެތް.

The name is already taken The name is available. Register?

ކޮރަލް

17 November 2022

ޑިގްރީ އެއް ނެތް މީހަކަށް މަޖްލީހަށް ކުރިމަތި ނުލެވޭ ގޮތަށް ހަދަން ވީ އެވެ. މިހާރު ގާނޫނުތައް ފާސް ކުރަނީ އަމިއްލަ ފައިދާ ބޮޑުވާ ގޮތަށެވެ.

The name is already taken The name is available. Register?

ކިލޯ

17 November 2022

ތި ޑިގްރީއަކީ އަސްލު ބޭނުން އެއްޗެއް ނޫނެވެ.. ތި އޮންނަމީހާވެސް މަޖްލީހަށް ވަނީމަ ބަދަލުވާނެ. މިހާރު ތިބީ އެންމެ ހާލުގަ އުޅެ ލާރި ހޯދި މީހުން .. އެމީހުންނަށް ނުވިސްނުނު ދައްޗެއް ނޫނީ މީހުންނާ މެދު ނެތް ކުލުނެއް ތި އޭސީ ކޮޓަރީގަ ޑިގްރީ ނަގައިގެން ހުރިހާއެއްޗެއް ހަމަކޮށް ބޮޑުވި ބަޔަކަށް އަމުދަކުން ނޭގޭނެ

The name is already taken The name is available. Register?

ވސނނ

17 November 2022

ވަރަށް ރަނގަޅު ގޮތެއް، އެކަމު ފުންކޮށް ވިސްނާލީމާ އިންގޭ ކިތައްމެ ވަރަކަށް ކިޔެވިޔަސް މީހާގެ ކެރެކްޓާ އާއި އިންޓެގްރިޓީ ނެތިއްޔާ ހަމަ އަމިއްލަ ފައިދާ އަށް ވިސްނާނީ. ގައުމުގެ ފައިދާ އަށް މަސައްކަތް ކުރުމާއި ގައުމުދެކެ ލޯބިވާ "ވެރިން" މިހާރަކު ނެތް. ޕާޓީތަކުގެ ވިސްނުންވެސް އެންބުރެނީ ކޮންމެސް އެކެއްގެ ބޭނުންތަކާއި 'ހައްގު" ތަކަށް. ދެން ވޯޓު ލާ ފަހަރަކުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ހޮވަމާ؟

The name is already taken The name is available. Register?

ނިއުމަތްތަކަށް ހަރާންކޯރުވުން

18 November 2022

ކިލޯ: ކާކު ބުނީ ޑިގްރީ ހެދީ ހާލަކު ނޫނޭ، ހާލުގަ ހިފަަހައްޓޢ ނުލެވޭނެއޭ؟ ޑިގްރީ ހިލޭވީ މި ސަރުކާރުގަ ނޫންތަ؟ ފުރަތަމަ ދިވެހިރާއްޖެ އަށް ޑިގްރީގެ ފުރުސަތު ލިބުނީ ހަމަ އެކަނި ވޯލްޑް ބެންކުން އެވެސް މިނިސްޓަރުންގެ ދަރީންނަށް. ފަހުން ބުރުމާ ގަސިމް ކުދިންނަށް ކިޔަވަދޭން ފެށީމަ، ރައީސް މައުމޫނު ސްކޮލަޝިޕް ފަންޑު ހުޅުވީ އަހަރަކު 50 ފުރުސަތު. ދެން އަހަރަކު 100 އިތުރުކުރަމުން، ކޮންމެ ރައީސަކަށް މަޖުބޫރުވެ ގިނަކުރަމުން މިހާރު ރާއްޖޭގަ ކިޔަވަދެނީ ހިލޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454