ރޭގެ ހަފުލާގައި ބައިވެރިވި ފަރާތްތަކަށް 100 ޕްލަސްގެ ރަހަ ދައްކާލަނީ.-- ފޮޓޯ: ރެޑްވޭވް
18 ޖެނުއަރީ 2017 - 22:32
ރެޑްވޭވް އިން ރާއްޖޭގައި ވިއްކާ 100 ޕްލަސް ސްޕޯޓްސް ޑްރިންކަށް ހާއްސަކޮށް ކުރި އަށް ގެންދިޔަ އައިފޯން ޕްރޮމޯޝަންގެ ނަސީބުވެރިޔާ ރޭ ހޮވައިފި އެވެ.
މިދިޔަ މަހުގެ 16 އިން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ފޭސްބުކް މެދުވެރިކޮށް ކުރި އަށް ގެންދިޔަ މި ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނީ މުހައްމަދު މާއިޒެވެ. އޭނާ އަށް ދީފައި ވަނީ އައިފޯން 7 އެއްގެ މެޓް ބްލެކް މޮޑްލްގެ ފޯނެކެވެ.
100 ޕްލަސްގެ އައިފޯން ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނު ފަރާތް ރޭ އިއުލާން ކުރަނީ.-- ފޮޓޯ: ރެޑްވޭވް
ފޭސްބުކް ޕޯސްޓަކަށް ލައިކްކޮށް އަދި ޝެއާކޮށްގެން ބައިވެރިވޭ ގޮތަށް ހިންގި މި ޕްރޮމޯޝަންގެ ގުރުއަތު ނަގަން ރޭ ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ. އެކުވެނި ދުވާ ޓްރެކުގައި ބޭއްވި މި ހަފްލާގައި ގުރުއަތު ނެގުމުގެ އިތުރަށް، 100 ޕްލަސްގެ ރަހަ ދައްކާލުމާއި މި ޑްރިންކުން ލިބޭ ފައިދާތަކާ ބެހޭ މައުލޫމާތު ދިނުން ފަދަ ހަރަކާތްތައް ވެސް ކުރި އަށް ގެންދިޔަ އެވެ.
100 ޕްލަސްގެ އެމްބެސެޑަރުން ރޭގެ ހަފުލާގައި ބައިވެރިވަނީ.-- ފޮޓޯ: ރެޑްވޭވް
ރޭގެ ހަފްލާގައި، 100 ޕްލަސްގެ ރާއްޖޭގެ އެމްބެސަޑަރުން ވެސް ބައިވެރިވި އެވެ.
ކުޅިވަރު ކުޅުންތެރިންނަށް ހާއްސަކޮށް އުފައްދާފައިވާ 100 ޕްލަސްގެ އެމްބެސެޑަރުންނަށް މިދިޔަ މަހު ހަމަޖައްސާފައި ވަނީ، ރާއްޖޭގެ އެއްވަނަ ފެތުންތެރިޔާ އައިމިނަތު ސަޖަން އާއި އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދާއި ގިނަ ފުޓްސަލް މުބާރާތްތަކަކުން އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ހޮވިފައިވާ މުހައްމަދު ނާޝިދު (ނާއްޓެ) އާއި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހުމަދު އަދުހަމް އަދި ރާއްޖޭގެ ފުރަތަމަ ސްކޭޓްބޯޑިން ކޯޗު އަހުމަދު ނާއިޝް އެވެ.
ރެޑްވޭވް އިން ވަނީ 100 ޕްލަސް އަށް ހާއްސަކޮށް، stayhydrated# އަދި #itisnotanenergydrink ހޭޝްޓެގުގެ ދަށުން ކެމްޕޭނެއް ވެސް ފަށައިފަ އެވެ. މި ކެމްޕޭނުގައި، ފަސް އެމްބަސަޑަރުން މެދުވެރިކޮށް، 100 ޕްލަސް އާއި އެނާޖީ ޑްރިންކްތަކާ ދެމެދު ހުރި ތަފާތު ކިޔައިދިނުމުގެ އިތުރަށް، ގިނަ އިން ދިޔާ އެއްޗެހި ބުއިމުގެ މުހިއްމުކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ގިނަ ހަރަކާތްތައް ހިންގަން ވަނީ ނިންމައިފަ އެވެ.
100 ޕްލަސްގެ އެމްބެސެޑަރުން ރޭގެ ހަފުލާގައި ބައިވެރިވަނީ.-- ފޮޓޯ: ރެޑްވޭވް
އެނާޖީ ޑްރިންކްތަކާ ހިލާފަށް، 100 ޕްލަސް އަކީ އައިސޮޓޯނިކް ޑްރިންކެކެވެ. އެނާޖީ ޑްރިންކުތަކުން ހަށިގަނޑަށް ހަކަތަ ލިއްބައި ދެނީ އޭގައި އެކުލެވިގެންވާ ގިނަ އަދަދެއްގެ ހަކުރުގެ ސަބަބުންނެވެ. އެކަމަކު، އައިސޮޓޯނިކް ޑްރިންކުތަކްގައި ހަކުރާއި ލޮނުގެ މިންވަރު ވަރަށް ބޮޑަށް މަދެވެ. މި ވައްތަރުގެ ބުއިންތަކުން ހަށިގަނޑަށް ހަކަތަ ލިއްބައި ދެނީ އޭގައި ހިމަނާފައިވާ އިލެކްޓްރޮލައިޓްސް އާއި އެ ނޫން ވެސް ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަ މާއްދާތަކުންނެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ރެޑްވޭވް އިން މާލޭގައި ހަތަރު ފިހާރަ އަދި ހުޅުމާލޭގައި ފިހާރައެއް ހިންގަ އެވެ. މީގެ އިތުރުން، ފުޅާ ދާއިރާއެއްގައި މުދާ ހޯލްސޭލް ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy