މޯލްޑިވިއަން އަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އޭގެ އެއާކްރާފްޓެއްގައި ދެ ކުންފުނީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން
26 ޖުލައި 2024 - 23:18
މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އެއާބަސްތައް ބޭނުންކުރަން ފެށުމަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓްރޫނޯޑް އަކީ ދުނިޔޭގެ އެކި އެއާލައިންތަކަށް އެއާ ކްރާފްޓުތައް ލީޒްކުރާ ކުންފުންޏެކެވެ. މޯލްޑިވިއަން އިން ބުނި ގޮތުގައި މި އެއާބަސް ގެނައުމުން މޯލްޑިވިއަންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވި، އިތުރު ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފެށޭނެ އެވެ. އަދި ފަސިންޖަރުންނަށް މިހާރަށް ވުރެ ފުރިހަމަ ތަޖުރިބާއެއް މި އެއާކްރާފްޓުން ހޯދައިދެވޭނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.
މޯލްޑިވިއަން އަށް އެއާބަސް އޭ330-200 މަރުކާގެ އެއާކްރާފްޓެއް ހޯދަން ޓްރޫނޯޑް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސް ބޭފުޅުން
ޓްރޫނޯޑްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ މި އެއްބަސްވުމަކީ މޯލްޑިވިއަންގެ މަސައްކަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި އެއާބަސް އޭ330 އާ އެކު އެ ކުންފުނީގެ އިންޓަނޭޝަނަލް ނެޓްވޯކް އިތުރަށް ފުޅާކޮށް، މި ރީޖަނުގައި ޓޫރިޒަމާއި ވިޔަފާރިއަށް އާ ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން އަށް ބޮޑެތި އެއާކްރާފްޓުތައް ގެނެސް، އޮޕަރޭޝަންތައް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޑެސްޓިނޭޝަންތަކަށް ދަތުރު ކުރާ އެއާލައިނެކެވެ. މި އެއާލައިނުން ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓަކާއި އިންޑިއާ، ބަންގަލްދޭޝް އަދި ސްރީ ލަންކާއަށް ދަތުރުތައް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯބެ
27 July 2024
ބަލަ އޭ330-ނިއޯއެއްތަ ނޫނީ އޭ330-200 އެއްތަ؟ ފޮޓޯ ސްޓަންޓެއް ޖައްސާލީދޯ
އޮނަރަބްލް އަފީފު ދީދީ
27 July 2024
ދައުލަތުގެ މުއްސަނދިކަމާއި ހުރިހާ ވަސީލަތް ތަކަކީ ހަމައެކަނި ކ.އަތޮޅު މާލެސަރަޙައްދަށާއި އެރަށުގެ ރައްޔިތުންގެމައްޗަށް ޙައްޤުތަކެތިކަމުގައި ނަހަދާ ތަފާތުކުރުމެއްނެތި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ރައްޔިތުންނަށްވެސް ޙިއްސާކުރެވޭ އެމީހުނަށްވެސް އޭގެ މަންފާހޯދޭފަދަ ވަސީލަތްތަކެއް ކަމުގައި ހަދާންޖެހޭ. # ކީއްވެގެންތޯ ކ.މާލޭ އެއަރޕޯޓްގެ އިތުރުން ހަނިމާދުއާއި GAN International Airport އިން ބޭރުގެ މަންޒިލަކަށް ޝެޑިއުލް ދަތުރުކުރުމަށް ބޭނުން ނުވަނީ!؟
ބަނާހްް
27 July 2024
ރައީސް މުއިއްޒު މި ކުޑަ ދުވަސްކޮޅުތެރޭ ދިވެހި ރައްޔިތުންނަށް މި ސާބިތުކޮށްދިނީ ރައީސް މުއިއްޒުގެ މޮޅު ހިންގުންތެރިކަމާއި ވެރިކަން ކުރުމުގެ ގާބިލްކަން. ރައީސް މުއިއްޒު ވެގެންދާނީ ތާރީހުގެ ތެރެއިން ރާއްޖެ އަމިއްލަ ފައިމަށްޗަށް ތެދުކޮށްދިން ރައީސަށް.
އަޝްރަފްް
27 July 2024
މިއީ މޯލްޑިވިއަން އެއާލައިނަށްވެސް އަދި އަޅުގަނޑުމެންގެ ސަރަޙައްދުގެ ފަތުރުވެރިކަމަށްވެސް އެޅިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް.
ޝައުފާ މުހައްމަދު
27 July 2024
މި ޒައާމަތުގަ އަދި ފެންނާނެ ވީހާވެސް ދުރު މަންޒިލްތަކަށް ގައުމީ އެއާލައިން މިސްރާބު ޖަހާފައިވާތަން
މާޒިނާ
27 July 2024
ސާބަހެ މުއިއްޒު. މޯލްޑިވިއަންގެ ފުލީޓު ވީހާވެސް ބޮޑުކޮށް އިތުރު މާކެޓް ތަކަށް މޯލްޑިވިއަން ދަތުރުތައް ފަށަންވީ
ޝިޔާހު އަހްމަދު
27 July 2024
ވަރަށް ރަނގަޅު ކަމެއް. ވެލާނާ އެއާޕޯޓު ރަނގަޅު ވަރަކަށް ތަރައްޤީވަމުން އަންނައިރު މޯލްޑިވިއަންގައި ވައިޑް ބޮޑީގެ އެންމެ ބޯޓެއް އޮތުމަކީ ލަދުގަންނަ ވަރު ކަމެއް. ކުރުކޮށް ބުނަންޏާ އިބޫގެ ވެރިކަމަކީ ލަދެއް
ޓެންގޯ1
27 July 2024
މިހާރަކު އަދިއެއް ވައިޑްބޮޑީ އެއް ނެތް
ޝައްޓު
27 July 2024
ތި ގެންނަން އުޅޭ ބޯޓުވެސް އެމްޑީޕީގެ ވެރިކަމެއް އައިސްއިއްޔާ ފޮނުވާލާނެ އަބުރާ. އެއީ ވާ ބައެއް
ލުޖެއިން.
27 July 2024
ބުނަން ރަނގަޅު ވާހަކައެއް. އިބޫ ވަނީ އޭ 320ގެ ބޯޓަކާ 321 ގެ ބޯޓެއް އޮއްވާ އެތަނުން އޭ321 ގެ ބޯޓު ނުހިންގިގެން ފޮނުވާލާފަ. މިހާރު ވައިޑް ބޮޑީގެ އެންމެ އެއާކްރާފްޓެއް އޮންނާނީ. ލަދުގަންނަން ޖެހޭ. ރައީސް މުއިއްޒުގެ ވެރިކަމުގައި މި ގެނެވޭ 330 މަރުކާގެ ބޯޓު ފިޔަވާ އިތުރު ބޯޓުތަކެއް އަންނާނެ
ހުންނާނެތަ
27 July 2024
ތިޔަ ދުއްވަން އެނގޭނެ ދިވެއްސެއް ނެތިގެން އުޅެންޖެހުނީސް އެމްޑީޕީ ސަރުކާރު އޮތްނަމަ. މިސަރުކާރަށް ވާނެ ގޮތެއް ނޭނގޭ