ވިޔަފާރި / ހައުސިން މިނިސްޓްރީ

ރަސްފަންނުގައި ބޮޑު ޝޮޕިން މޯލަކާއި ހޮޓަލެއް އަޅަން އިއުލާންކޮށްފި

މާލޭ ހުޅަނގު ފަރާތު ރަސްފަންނު ކުރިމަތިން އޮންނަ ބިމުގައި ތަރައްގީކުރަން ނިިންމާފައި ވަނީ ޝޮޕިން މޯލަކާއި ހޮޓަލެއް ނުވަތަ މަތީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށް. އޭގެ އިތުރުން އެތަނުގައި ޕާކިން އާއި އޮފީސް ބަޔަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހުންނަން ޖެހޭ

ރަސްފަންނު ކުރިމަތިން އޮންނަ ހުސްބިން: އެތަނުގައި ބޮޑު ޝޮޕިން މޯލަކާއި ހޮޓަލެއް ނުވަތަ މަތީ ފެންވަރުގެ އެޕާމަންޓްތަކެއް އަޅަން ވަނީ ބިޑަށް ހުޅުވާލާފައި. ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަސްފަންނު ކުރިމަތިން އޮންނަ ހުސްބިމުގައި ބޮޑު ޝޮޕިން މޯލަކާއި ހޮޓަލެއް ނުވަތަ މަތީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށް ތަރައްގީކުރަން 50 އަހަރަށް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ޓެންޑާ ޑޮކިއުމަންޓްގައި ބުނެފައި ވަނީ ފާއިތުވި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އުމްރާނީ ގޮތުން މާލޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި ހާއްސަކޮށް ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އަދިވެސް ގެދޮރަށް އޮންނަ ޑިމާންޑް އޮންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާލޭގައި މިވަގުތު ރީޓެއިލް ވިޔަފާރިކުރަން ބޮޑު ޝޮޕިން ކޮމްޕްލެކްސްއެއް ނެތް ކަމަށާއި ހާއްސަކޮށް މަތީ ފެންވަރުގެ ބްރޭންޑެޑް ތަކެތި ވިއްކާ ފިހާރަތަކެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލޭގައި ދިރިއުޅޭ ބޮޑު އާބާދީއަށާއި މާލެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އަމާޒުކޮށްގެން މަތީ ފެންވަރު ތަކެތި ވިއްކާ ފިހާރަތަކެއް ހިމެނޭ ގޮތަށް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫއެއް ހިންގަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ދާދިފަހުން ތަރައްގީކުރި ރަސްފަންނު ކުރިމަތިން އައިޖީއެމްއެޗާ ޖެހިގެން އޮންނަ 399 ކޮށީގެ 6،512 އަކަމީޓަރު (ގާތްގަނޑަކަށް 70،000 އަކަފޫޓުގެ ބިމުގައި ޝޮޕިން މޯލާއި ހޮޓާ ނުވަތަ އެޕާޓްމަންޓް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 27ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ޑޮކިއުމަންޓްގައިވާ ގޮތުން އިމާރާތް ހެދޭނީ އެކަމަށް ކަނޑައަޅާފައިވާ ބިމުގެ 80 ޕަސެންޓް ބިމުގަ އެވެ. އަދި އެންމެ އުސްވެގެން އިމާރާތްކުރެވޭނީ 60 މީޓަރަށް (196 ފޫޓު) އަށެވެ. އެ ޑޮކިއުމަންޓްގައިވާ ގޮތުން ގްރައުންޑް ފްލޯއިން ފެށިގެން ނުވަ މީޓަރާ ހަމަޔަށް ހަދަން ޖެހެނީ ސްޕޯޓްސް ކޮމްޕްލެކްސް، އަދި އޭގެ ތެރޭގައި 20 ޕަސެންޓް ސަރަހައްދެއް ހުސްކޮށް ބާއްވަން ޖެހެ އެވެ.

ރަސްފަންނު ކުރިމަތިން އޮންނަ ހުސްބިން: އެތަނުން 70،000 އަކަފޫޓުގެ ބިމުގައި ވަނީ ޝޮޕިން މޯލަކާއި ހޮޓަލެއް އަޅަން ވަނީ ނިންމާފައި. ފޮޓޯ: ނިޝާން އަލީ /މިހާރު

އެ ޕްރޮޖެކްޓްގައި ހިމަނަން ޖެހޭ ބައިތަކާ ބެހޭ ގޮތުން އެ ޑޮކިއުމަންޓްގައި ބުނެފައި ވަނީ އެތަނުގައި ހަދާ މޯލްގައި ރީޓެއިލް ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް، ސުޕަމާކެޓް، ޑިޕާޓްމަންޓް ސްޓޯރުތައް، ކުއްޔަށްދޭ އޮފީސް ބައެއް އަދި ކޮންފަރެންސް ބާއްވާނެ ތަންތަނާއި އޮޑިޓޯރިއަމްތަކާއި ރެކްރިއޭޝަން އަދި މުނިފޫހިފިލުވާނެ ތަންތަން ވެސް ހުންނަން ޖެހެ އެވެ. އަދި އެ ޑޮކިއުމަންޓްގައިވާ ގޮތުން ހޮޓާ ނުވަތަ ލަގްޒަރީ އެޕާޓްމަންޓްގެ ގޮތުގައި ބޭނުންކުރެވޭނީ އިމާރާތުގެ 30 ޕަސެންޓެވެ. އަދި އޭގެ އިތުރުން އޮޓޯ މޮބައިލް ޕާކިން އޭރިއާ ވެސް ހިމަނަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީގެ ޓެންޑާ ޑޮކިއުމަންޓްގައިވާ ގޮތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާތާ ދެ އަހަރުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ޖެހެ އެވެ.

11 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 12%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެޑަމް ބިން ކަދުރު ފައުންޑޭޝަން

13 June 2016

ތިތާގަ ގަސް ޕާކެއް ނޫނީ ކުޅޭތަނެއްގެ ގޮތުގައި ހަދާބަ. ބޮޑު އެޕާޓުމެންޓެއް ބީޗުގަ ހެދީމަ ރީއްޗެއްވެސް ނުވާނެ.

The name is already taken The name is available. Register?

އަދުރޭ

13 June 2016

70000 އަކަ ފޫޓް ގައި ސްޕޯޓް ކޮމްފްލެސް އަކާ، ރީޓެއިލް އާއި، ހޮޓަލަކާ،އެޕާޓްމެންޓަކާ...އަހަރަމެންނަކީ ހިނިންތައް

The name is already taken The name is available. Register?

އަހުމަދު

13 June 2016

2018 ގެ ކެމްޕެއިން އަށް ފައިސާ ހޯދުމަށް ޕާޓީ ކުދީންނަށް ވިޔަފާރި ކުތުމަށް ތަނަތަން ދީ ހުސްކުރަނީއެވެ. އިދިކޮޅު ފަރާތް ތައް ކޮބާ ހެއްޔެވެ؟

The name is already taken The name is available. Register?

އަލީ

13 June 2016

ތިޔާ ވަރަށް ބޮޑު ހުސްބިމެއް. ތިތާ އަޅަންވީ މާފަންނު މީހުނަށް ފުޓްބޯޅަ ދަނޑެއް. ދެންއޮތްބައި ދަނޑުވެރިކަންކުރަން 100އަހަރަށް ކުށްޔަށްދީ. ދައްކާވާހަކަޔާ އަމަލާ ދިމާނުވޭ. އެއްއަނގައިން މާލެފުރިއްޖެ. ބުރިޖު ނާޅައިވާކަށްނެތް. އަކަމަކު ލާރިބޮނޑިއެއް ހިފައިގެން އަންނަ އިރަށް ހުރިހާތާކު ބިން. ލާރިފޮއްޓެއް ގެނައްސިއްޔާ މޫދަށްއެރޭ ތަނަށް ވެލިއަޅާފަވެސް ބިން ހޯދަދޭނެ. މިވެރިން ނިކަންދަނޭ ޖީބަށްބޮޑުކުރަން.

The name is already taken The name is available. Register?

މާލެ ގެދޮރު ނެތް މާލެ ރައްޔިތު

13 June 2016

މުއްސަދިންނަށް ހުރިހާ އެއްޗެއް!

The name is already taken The name is available. Register?

އަންޑާދަސީ

13 June 2016

ހުޅަނގު މޫސުމުގާއި ތި ޝޮޕިންގް މޯލް ވާނެ އަންޑާވޯޓާ މޯލް އަކަށް.

The name is already taken The name is available. Register?

އހ

13 June 2016

ހެޔޮ ނުވާނެ މާލެއައް މިހާރު އިމާރާތުން ފުދިއްޖެ ދެން އަޅާ ހުރިޙާތަނެއް ހުޅުމާލޭގަ އަޅާބަ ހެޔޮނުވާނެ ހުޅުމާލެ އިމާރާތުން ފުރާބަ މިހާރު ދެން އެތަން އާބާދުކޮށްބަލަ އާދޭސްކޮށްފަ އާދޭސްކޮށްފަ މިހާރުވެސް މަގަކައް އަރައިފިއްޔާ ކާރާއި ސައިކަލުން މިއުޅެނީ ނުނެއްޓިގެން ގެއިން ނުކުމެ ކުދިންނާއި މާމަމެން ކާރަކައް އަރާއިރު މަގު އޮންނަނީ ދުއްވާ އުޅަންދު ފަހަރުން ބޮޑު މާސިންގާ ކިޔުއެއްގަ ފަހަތުގެ ތިބޭ މީހުން ނުބަލާނެ ކާރަަކައް އަރަނީ މުސްކުޅިން ނުވަތަ ބަލިމީހުންކަމެއް ހަމަ މަޑުކޮށްލުމާ އެކީ ބަރުގޮނުން އަތްނުވެސް ނަގާނެ ،

The name is already taken The name is available. Register?

ޖޭޑް

13 June 2016

އަޅެ ތީނަ ހާދަ އާދޭހެކޭ ތިކުރަނީ. ހަމަޖެހިބަ.

The name is already taken The name is available. Register?

ހާސަރު

13 June 2016

ތޮއްޖެހިފާވާ މާލޭގައި ތިހެން ލިބޭ ހުސް ތަންކޮޅުގަ ކޮން ޝޮޕިން މޯލެއް އަޅާކަށް! މުޅި މާލެ މިއޮތީ ފިހާރައެއް ނޫންތަ!؟ ނޭވާ ލާނެ ހުސްބިންކޮޅެއް އަޅެ ބާއްވާބަލަ.

The name is already taken The name is available. Register?

ނަދާ

13 June 2016

މާލޭ ތޮއްޖެހިގެން ބަންޑުންވާއިރުވެސް ހައްލެއްނެތް.

The name is already taken The name is available. Register?

ފާތުން މެޑަމް

13 June 2016

ކީއްތަވާނީ ތިތަންކޮޅު ތިއޮތްގޮތަށް ބޭއްވީއާ؟ ހެޔޮ ނުވާނެ. މިއުޅެނީ ފައި އަޅާނެ ތަންކޮޅެއް ނެތިގެން މިމާލޭގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454