ވިޔަފާރި

ބަންކަރިން ހިދުމަތް ފަށަން 20 ވަނަ ދުވަހު ބޯޓަކަށް ތެޔޮ ވިއްކަނީ

ބަންކަރިން ހިދުމަތް ދޭން ބޭނުން ކުރާ ބޯޓު. ދެވަނަ ބޯޓު އަންނަނީ ހުކުރު ދުވަހު -- ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ބަންކަރިން ހިދުމަތް ދޭން ފެށުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާއިރު އެކަމަށް ބޭނުން ކުރާ ފުރަތަމަ ބޯޓު މިހާރު ވަނީ ހދ.ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ. އެ ހިދުމަތް ދޭން ބޭނުން ކުރާ ދެވަނަ ބޯޓު އަންނަ ހުކުރު ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް ވެސް ބުންޏެވެ. މިއީ 3،200 ޓަނުގެ ތެޔޮ އުފުލޭ ބޯޓެކެވެ.

ބަންކަރިން ހިދުމަތް ދޭން ގެންނަ ފުރަތަމަ ބޯޓަކީ "އެމްޓީ މެރިން އޭންޖަލް" އެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ނިންމާފައި އޮތީ މި ހަފްތާގެ ބުރާސްފަތި ވަނަ ދުވަހު އެވެ. ނަމަވެސް މޫސުން ގޯސްވެގެން އުޅަނދުތައް އައުން ލަސްވުމުން ތާރީހު ފަސްކުރަންޖެހުނީ އެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

33 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންނަ

10 September 2024

3200 ޓަނުން އެންމެ ކޮންޓެއިނަރ ޝިޕެއް ފިލް ކުރެވެނީ.

The name is already taken The name is available. Register?

ޣާސިމް

10 September 2024

މި ގައުމުގައި ޓުރިޒަމް ފެށުނުގޮތް ވިސްނާލަބަލަނިކަން . ޖިފުޓީގައި ފުރަތަމަ ޓުވަރިސްޓުން ނިދީވެސް. ކުރިޔަށް އޮތްތާގައި މިކަންވަރަށް ފުޅާވާނެކަން ޔާގީން

The name is already taken The name is available. Register?

އިސްމާލި

10 September 2024

މި ބޯޓުން އެ ސަރަހައްދުގައި އުޅޭ ކަންނެލި އުޅަނދުތަކާއި އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދުތަކަށް ވެސް ތެޔޮ އެޅޭނެ ގޮތް ހަމަޖެހުން ރަނގަޅު.

The name is already taken The name is available. Register?

ޕްރޮޖެކްޓް ބައިވެރިއެއް

10 September 2024

ޚިދުމަތް ފެށުމާއެކު ކަންނެލި ދޯނި ހިމެނޭގޮތުން ދިވެހި އުޅަނދުފަހަރަށްވެސް ތެޔޮ ލިބޭ ގޮތައް އިންތިޒާމް ކުރެވިފައިވަނީ.

The name is already taken The name is available. Register?

އާބަކުރު ކާސިމް ޗޯރޭ

10 September 2024

ބަލަގަ ސައީދު ދެއްވި ތާރީހުއައް ނުފެށުނީ މޫސުންގޯސްވެގެން ތެޔޮބޯޓުތަކައް ރާއްޖެ ނާދެވިގެންނޭ..އައި ހެވަން ކިޔަކިޔާ މައުމޫން 30 އަހަރު އަންނި 3 އަހަރު ވަހިދު 2 އަހަރު ޔާމީން 5 އަހަރު އިބުރޭސޯލް 5 އަހަރު ދިޔައީ..ޑރ މުއިޒް 9 މަސްދުވަހުން މި ފެށީ..ގޯހެއް ނޫނެއްނުންތޯ

The name is already taken The name is available. Register?

ލޮޑަރު ވެހޭނެދޯ

10 September 2024

ކަލޯ ދެން ލޮޑަރު ވެހޭނީ ހެނެއްނޫން ދޯ

The name is already taken The name is available. Register?

ހުސް ސުވާލު

10 September 2024

ކޮމެންޓު ތަކަށް ބާލީމާ ވަރައް އުންމީދީ ވާހަކަތަކެއް ހުރީ ޓުއަރިޒަމާ އަޅާކިޔާފަވެސް އެބަހުރި ސުވާލަކީ އެންމެ ދެތިން މަހުގެ މަސަައްކަތުން މިފެށި މަސައްކަތުން އިގްތިސޯދައް ކިހާވަރެއްގެ ކުރިއެރުމެއް އަންނާނެބާއޭ؟ ތީހަމަ ގައުމީލެވެލްގަ ފާހަގަވާރުގެ މެގަ ޕޮރޮޖެކްޓެއްބާއޭ؟ ޑޮލަރު ތިޔާގިވުމާ ދައުމަތް އަރަނި ވުމަށް މިކަމުގެ ހިއްސާ ކިހާވަރެއްވާނެބާއޭ؟

The name is already taken The name is available. Register?

ރަށްއިތުމީހާ

10 September 2024

ރާއްޖެކައިރިން ދުވާލަކު ދަތުރުކުރާ300 ބޯޓަށް ބަންކަރިންގެ ހިދުމަތް ދިނުމަށް 80 ހާސް ޓަނުގެ ޓޭންކަރެއްގެ ފޮޓޯ ދެއްކުމަށްފަހު، ގެނައީ އެންމެ 3 ހާސް ޓަނުގެ ކަންފަތިވެފައި އޮތް ބޯޓެެކެވެ. މިކަންވެސް މިދިޔައީ 36 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން 2 މިލިޔަނަށް ގަންނަން ލިބޭ 2 ޑްރޯން ގެނެސް މެޑަލް ޖެހި ގޮތަށެވެ.

The name is already taken The name is available. Register?

އެނަލިސިސް

10 September 2024

ހަމަ އެކަނި ތެޔޮބޯޓެއް އާގުބޯޓުފަހަރު ދުއްވާ ރޫޓްގައި ބާއްވައިގެން ދެމެހެއްޓެނިވި ގޮތުގައި ތިކަން ކުރެވިދާނެބާ؟ އެއީ ޔޫރަޕުން ސުއޭޒްކެނަލް ހުރަސްކޮށް އޮސްޓްރޭލިޔާ، ނިއުޒީލަންޑް އަދި ސައުތު އީސްޓް އޭޝިޔާއަށް ދަތުރުކުރާ ބޯޓްތަކަށް ސަޢޫދީ ޢަރަބިއްޔާއިން ތެލުގެ އިތުރުން ލޮޖިސްޓިކްސް، ރާއްޖެއާ އަޅާ ބަލާއިރު މާ އަގުހެޔޮކޮށް ލިބޭނެ! ދެން ގަލްފް އަދި ޔޫއޭއީ ކައިރިން ކުރިން (ގަލްފު އަދި ޔޫއޭއީ އިން ވެސް ބަންކަރިން މާ އަގުހެޔޮވާނެ) ބުނި ޑެސްޓިނޭޝަންސް އަށް ދާއިރު ސައުތު އިންޑިޔާ އަދި ސްރިލަންކާ އިން ރާއްޖެއަށް ވުރެ ޚަރަދުކުޑަކޮށް ބަންކަރިން އަދި ލޮޖިސްޓިކްސް ލިބޭނެ! ވީމާ، ރާއްޖޭގައި، އިހަވަންދިއްޕޮޅު ކަހަލަތަނެއް ސީދާ ބަންކަރިންނަށް ތައްޔާރުނުކޮށް ކިހިނެއް ތިޔަކަން ސަސްޓެއިން ނުރާނީ؟

The name is already taken The name is available. Register?

މައާޝް

09 September 2024

މި ސަރަހައްދުން ދާ 1 ޕަސެންޓް ބޯޓް ތެޔޮ އެޅިޔަސް ޖީޑީޕީއަށް 400 މިލިޔަން ޑޮލަރު ވަންނާނޭ. މީތާ ކުރަން ވީ ކަމަމީ

The name is already taken The name is available. Register?

ހުސެން ވަހީދް

09 September 2024

ތަރައްގީގެ ބޮޑެތި މަޝްހޫރޫ މެކުހަށް. މީ އާދައިގެ ސަރުކާރެއް ނޫނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454